އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމް ކުރުމާ ދެކޮޅަށް ފަށާފައިވާ "ސޭވް އައްޑޫ، އިންޑިއާ އައުޓް" ގެ ކެމްޕޭންގައި ބައިވެރިވާން އައްޑޫ ޑިވެލޮޕްމަންޓް ކޮމިޓީގެ ނަމުގައި އެ ސިޓީގައި އޮންނަ ޖަމިއްޔާއިން ނިންމައިފިއެވެ.
އައްޑޫ ތަރައްގީ ކޮމިޓީން އިއްޔެ ކުރި ޓްވީޓެއްގައި ބުނީ މުޅި އައްޑޫ ސިޓީގެ ޒުވާނުން އެ ކަމާ ދެކޮޅަށް ތެދުވެއްޖެ ކަމަށެވެ. އެހެންކަމުން އައްޑޫ ތަރައްގީ ކޮމިޓީން ވެސް ޒުވާނުން ކުރިއަށް ގެންދާ "ސޭވް އައްޑޫ" ކެމްޕޭނަށް ތާއީދު ކުރަން ނިންމާފައިވާ ކަމަށް އެ ޓްވީޓްގައި ލިޔެފައިވެއެވެ.
"މިއީ ސިޔާސީ ކަމެއް ނޫން، އައްޑޫ ތަރައްގީ ކޮމިޓީއަކީ މިނިވަން ޖަމިއްޔާއެއް،" އައްޑޫ ތަރައްގީ ކޮމިޓީން ކުރި ޓްވީޓްގައި ލިޔެފައިވެއެވެ.
Mulhi #AdduCity ge zuvaanun thedhu vehjje. Dheneh nuhuhtuveyne. Miee siyaasee kameh noon. Addu Development Committee in #SaveAddu campaign ah thaaidhu kuran nihmaifi. #ADC in beynumeh nuvaane raajjeyge ehves rahyathakah mikamugai rahdhu dheykasheh. ADC akee varah minivan #NGO eh. pic.twitter.com/Zf2rhGdb1y
— Addu Development Committee (ADC) (@AdcAdduCity) May 26, 2021
އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމް ކުރަން އިންޑިއާގެ ސަރުކާރުގެ ކެބިނެޓުން ވަނީ ފާސްކޮށްފަައެވެ. އެ ކަމުގައި ދިވެހި ސަރުކާރުން އަދި ވަކި ގޮތެއް ނުނިންމާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފައެވެ.
"ސޭވް އައްޑޫ" މި ހޭޝްޓެގްގައި މީސް މީޑިއާގައި ޕޯސްޓް ކުރަމުން ދަނީ، މީގެ ކުރިން ވެސް އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރާ ވެފައިވާ ބައެއް އެއްބަސްވުންތަކާ މެދު ކަންބޮޑުވުން ފާޅުކޮށް "އިންޑިއާ އައުޓް" ގެ ކެމްޕޭނެއް ކުރަން ފެށި ޒުވާނުންނެވެ.
"އިންޑިއާ އައުޓް" ގެ ކެމްޕޭނުގައި އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ އިސް ބޭފުޅުންނާއި ސަޕޯޓަރުން ބައިވެރިވިއިރު، "ސޭވް އައްޑޫ" ގެ ހޭޝްޓެގާއެކު އެ ކޯލިޝަންގެ އިސް ބޭފުޅުންތަކެއް ވެސް ގެންދަވަނީ ޓްވިޓާގައި ޚިޔާލު ފާޅު ކުރައްވަމުންނެވެ.
އައްޑޫ ސިޓީއަށް ނިސްބަތްވާ ދިވެހި ރައްޔިތުން ކަމަށް ބުނެ ގިނަ ޓްވީޓާ އެކައުންޓްތަކަކުން ދަނީ އިންޑިއާ ސަރުކާރުގެ މި ނިންމުމާ ދެކޮޅަށް ޓްވީޓް ކުރަމުންނެވެ.
މި ޓްވީޓްތަކުގައި ބޭނުންކޮށްފައި ވަނީ އެއް ޖުމުލަތަކެކެވެ. އެ ގޮތުން އެ މީހެއްގެ ނަން ލިޔުމަށް ފަހު، އެ މީހަކީ ދިވެެއްސެއް ނުވަތަ އައްޑޫ ސިޓީ މީހެއް ކަމާއި އައްޑޫ ސިޓީއަށް އުފަން މީހެއްގެ ހައިސިއްޔަތުން އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމް ކުރަން ދެކޮޅު ކަމަށް ލިޔެފައި ހުރެއެވެ.
މި ކަމާ ގުޅިގެން ދިވެހި ސަރުކާރުގެ އިސް ބޭފުޅުން އަދި މާ ބޮޑު އެއްޗެއް ވިދާޅެއް ނުވެއެވެ. އައްޑޫ ސިޓީ ކައުންސިލުން ވެސް އަދި ވަކި އެއްޗެއް މި ކަމާ ގުޅޭ ގޮތުން ވިދާޅެއް ނުވެއެވެ.
އެކަމަކު މަޖިލީހުގެ އައްޑޫ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވަނީ މި ކަމުގެ ސަބަބުން އައްޑޫގެ ވިޔަފާރިތައް ވަރުގަދަ ވާނެ ކަމަށް ވިދާޅުވެ އެ ކަމުގެ ދިފާއުގައި ވާހަކަ ދައްކަވައިފައެވެ.
ރައީސް ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އެންމެ ގާތް ގުޅުމެއް ބާއްވަވަނީ އިންޑިއާއާ އެކުގައެވެ.
ކަސްމީރަށް ޖެއްސި ހާލާ މެދު ވިސްނާލާ. އިންޑިޔާ ..އައުޓް..
ކިތަންމެގަދަޔަށް ތިޔަކެމްޕޭންޖެއްސިނަމަވެސް ތިޔަކަމަކީމިހާރު ވާހަކަދައްކާނިމިފައިވާކަމެއްކަން ޔަގީން ނުސީދާގޮތަކަށް ސޯލިހް ނޫސްކޮންފްރެންސްގަ ބުނީއިންޑިއާގެ ދިއްލީގެއިތުރަށް ޓްރެވަންޑްރަމްގަ ރާއްޖޭގެ ކޮންސިއުލޭޓެއްހުންނަކަމަށް މީގެދޭހަވަނީ އެމީހުންބޭނުންވެއްޖެނަމަ މިތަނުގަވެސް ހުޅުވޭނެޔޭ ގަބޫލުކުރަންޖެހެނީ ބޭރުގައުމެއްގެ ކެބިނެޓުން އެވަރުކަމެއް ނުނިންމާނޭ އެގައުމަކާ މަސްވަރާކޮށްފަނޫނީ އަސްލަމުގެވާހަކައިންވެސް އެކަންވަރައްސާފު #އިންޑިއާ އައުޓް