ރާއްޖެ އިން ކޮވިޑް-19 ޖެހިފައިވާ މީހުންގެ ތެރެއިން ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާ މީހުންގެ އަދަދު ފާއިތުވި އެއްހަފްތާ ދުވަހުގެ ތެރޭގައި ވެސް މަދުނުވާ މިންވަރަށް މިއަދު މަދުވެފައިވާ ކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އެޗްޕީއޭ އިން މިރޭ އާއްމުކުރި ތަފާސް ހިސާބަށް ބަލާއިރު ކޮވިޑް ޖެހިފައިވާ މީހުންގެ ތެރެއިން މިހާރު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާ މީހުންގެ އަދަދަކީ 270 އެވެ. އެހެންކަމުން މިއަދަކީ މެއި މަހުގެ 19 ވަނަ ދުވަހަށް ފަހު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާދޭ މީހުންގެ އަދަދު މިހައި ބޮޑަށް ދަށަށް ދިޔަ ފުރަތަމަ ދުވަހެވެ.
ރޭ އެޗްޕީއޭ އިން އިއުލާން ކުރި މައުލޫމާތައް ބަލާއިރު އިއްޔެ އިރުއޮއްސުމާއި ހަމައަށް 285 މީހަކަށް އައީ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ. އެހެންކަމުން ހޮސްޕިޓަލްގައި ފަރުވާ ދެމުންދިޔަ މީހުންގެ ޖުމްލަ އަދަދު މިއަދު 15 މީހަކު ވަނީ މަދުވެފައެވެ. އިއްޔެ އިރުއޮއްސުނު ފަހުން މިއަދު އިރުއޮއްސުމާއި ދެމެދު ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ގެންދިޔަ ތިން މީހަކު ވަނީ ނިޔާވެފައެވެ.
މިހާރު ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ މީހުން އެޑްމިޓް ކޮށްފައިވާ ހޮސްޕިޓަލްތަކުގެ ތަފްސީލެއް އަދި ނުލިބެއެވެ.
މެއި މަހަކީ އެންމެ ގިނަ ބަޔަކަށް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދޭން ޖެހުނު މަހެވެ. މިމަހު އެންމެ ގިނަ މީހުންނަށް ފަރުވާ ދިނީ މެއި މަހުގެ 22 ވަނަ ދުވަހު އެވެ. އެދުވަހު 294 މީހަކު އެޑްމިޓް ކޮށްގެން ފަރުވާ ދިން ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
މެއި މަސް ފެށުނުއިރު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ގެންދިޔައީ 160 މީހުންނަށެވެ. އޭގެ ފަހުން އަދަދުތައް އިތުރުވަމުން އައިސް މަހުގެ ފަހު ހަފްތާއަށް އެޅުނުއިރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 07 މީހަކު ހޮސްޕިޓަލްގައި އެޑްމިޓް ކުރަން ޖެހުނެވެ.
މިއަދު ރާއްޖެ އިން 1299 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އޭގެތެރެއިން މާލެ އިން ފައްސިވީ 799 މީހުންނެވެ. އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކާއި ރިސޯޓްތަކުން 500 މީހުން ފައްސިވިއެވެ.
މީހުންތައް މަރުވީމާ މަދުވާނެ ދޯ
މިވާގޮތެއް ނޭންގުނު މިހީވަނީ ބަޔަކު އޮޅުކޮއްގެން ގެންގުޅޭ
މީހުން މަރުވަންޏާ މަދުވާނެ އެންނު.
މީހުންތަކަށް އެކަށީގެންވާ އަޅާލުން ނުލިބި މަ ރުވެގެން ދިޔައީމަ މަދުވާނެ ދޯ
މީހުންނަށް އަޅާނުލާތިއްބާމަރުވާތީ މީހުންތައް ބިރުންތިތަނަށް ނުދަނީ. ހާލުބޮޑުނުވަނީކީއެއްނޫން
ސަބަބު ވަ ރައް ސާފު ފަ ރުވާކުޱަވިމަ މީހުން ނުދަނި ގެތައް ފުރިއްޖެ
ޝައްވާލުމަސް ނިމޭއިރު ތިޔަކަން އޮންނާނީ އާދައިގެ ހާލަތެއްގައި. މިއީ ކޮންމެ އަހަރަކުވެސް މިކަން އޮންނަ ގޮތް. ކޮވިޑް އުޅޭތީ މިއަހަރު މާބޮޑުކަމަކަށް ހަދައިގެން އުޅެނީ. ގޭގައި ތިބެގެން ފަރުވާދިނަސް ރަނގަޅުވާ މީހާ ރަނގަޅުވާނެ. ކޮންމެހެން ތިޔަ ތަނަށް ނުގެންދިޔަސް ވާނީ މިހެން. ތިތަނަށް ގެންދިޔައިމާ އިތުރު ބަލިތައް ޖެހިގެން އިތުރު ކަންކަން މެދުވެރިވާނެ.
ވާގޮތް ނޭގޭތަ މިހާރު ދަރުބާރުގޭގައި ތިބޭ މީހުންނަށް ގުޅީމާ ޑރ ލައްވާ ބަލިމީހާއަށް ގުޅާދަ ހަދަންވީގޮތް ކިޔާދެނީ ގޭގަ ދޭނެ ދަރުވާ އަދި އެބުނާ ފެސިލިޓީއަށް ހޭވެރިކަން ހުރިއްޔާ ނުދާށޭ ބުނޭ ބިރުން މިހާރު އެތަނަށް ނުދަނީ ބަލުވިޔަސް ޓެސްޓްކުރާކަށް ބޭނުމެއްނޫން ގޭގައި ތަޅުއެޅުވޭނެތީ
ފަޒުނާ ފެސިލިޓިއަށްގޮސް އެތަން ހަމަޔަކަށް އަޅުވީ އަނެއްކޮޅުން އިބޫވެސް ރައްޔިތުންނަށް އެވަރަށް ނަސޭހަތްދީފި ﷲއަށް ޙަމްދުހުރި ދުނިޔެއިން ވަކިވާ މީހުންގެ އަދަދު ދަށަށް ދިޔާމަ
މިހާރު އަބައަށް އެގޭނު ރައްޔިތުން ނުކުމެ ހަޅޭލެވީމާ ކަންވާކަން އަދި ނޫސްތަކުން ކުރާމަސައްކަތް ރައީސް ބަލާގެންފިކަން
ފަޒުނާ ދިޔަ ދުވަހުއޭ 13 މީހަކު ފުލުފުލުން ނިޔާވީ.
ދެންއެންމެއަވަހަށްމަދުވެގެންދާނީހުޅުމާލޭފެސިލިޓީގައެޑްމިޓްކުރެވޭއަދަދު! ކިރިޔާވެސްވެގެންވަންޏާއެކަކުވެސްމުސްކުޅިމައިންބަފައިންދެނެއްއެތަނަކަށްނުފޮނުވާނެ!