ހުޅުމާލެ ފޭސް ދޭއްގައި އިތުރު 2000 ހައުސިންގ ޔުނިޓް އެޅުމަށް އިންޑިއާ ކުންފުންޏަކާއި ހަވާލުކޮށް އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މީގެ ކުރިން ފޭސް ދޭއްގައި ހައުސިންގ ޔުނިޓް އެޅުމަށް އިތުރު ދެ ކުންފުންޏަކާއެކު ވަނީ އެއްބަސް ވުމެއްގައި ސޮއިކޮށްފައެވެ. އެހެންކަމުން މިހާރު ފޭސް ދޭއްގައި ޖުމްލަ 6000 ހައުސިންގ ޔުނިޓް އެޅުމަށް ބަޔަކާއި ހަވާލު ކުރެވިފައި ވެއެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވިދާޅުވީ، އިއްޔެ ވެވުނު އެއްބަސްވުމަކީ ހުޅުމާލޭގައި 2000 ހައުސިންގ ޔުނިޓް އެޅުމަށް އަޝޯކާ ބިލްޑިންގ ލިމިޓެޑާއެކު ވެވުނު އެއްބަސްވުމެއް ކަމަށެވެ.
އެ އެއްބަސްވުމުގެ ދަށުން ހުޅުމާލެ ފޭސް ދޭއްގައި އަޅަނީ 650 އަކަފޫޓުގެ ދެ ކޮޓަރީގެ 500 ޔުނިޓާއި، 900 އަކަފޫޓުގެ ތިން ކޮޓަރީގެ 1500 ޔުނިޓާއި ޔުނިޓް ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވިދާޅުވެފައި ވެއެވެ.
މި ޕްރޮޖެކްޓްގެ ޖުމްލަ އަގަކީ 140 މިލިއަން އެެމެރިކާ ޑޮލަރެވެ. މިއީ އިންޑިއާގެ އެގްޒިމް ބޭންކްގެ ލޯންގެ އެހީގައި އަޅާ ހައުސިންގ ޔުނިޓްތަކެެވެ.
މި ޕްރޮޖެކްޓް ނިންމުމަށް ކަނޑައަޅާފައިވާ ތާރީހަކީ ތިން އަހަރެވެ.
އަޝޯކާ ކުންފުންްޏަކީ އިންޑިއާގެ މަޝްހޫރު ކޮންސްޓްރަކްޝަން ކުންފުންޏެކެވެ. އެ ކުންފުނިން ދުނިޔޭގެ 21 ސަރަހައްދެއްގައި މިފަދަ ޕްރޮޖެކްޓްތައް ހިންގާފައި ވެއެވެ.
لاحول ولا قوة الا باالله،
އިންޑިޔާ ކުންފުންޏަށް ދިން ބިމެއް މަޖީދިއްޔާ ކައިރީ އޮވެ ގަސްފަޅާ ބިޔަ ގަސްތަކަކަށް އެގަސްތައް ވުންފިޔަވާ ވިކަމެއް ނެތް.
ދެކޮޓަރި 650އަކަފޫޓުވީމަ ކިޔާނީ ކޮތަރު ގުއި ތޯ؟؟؟
އިންޑިއާ ބޭންކުން ލޯނު ނަގާގެން އިންޑިއާ ކުންފުޏަކަށް ތަން ހަވާލުކޮށް އިންޑިއާމީހުންނަށް ދިރިއުޅޭން ނުދީފިއްޔަ ވާ ރަނގަޅު
ވިލިމާލޭ ބުރިޖު ކޮބާ؟
ތީ ހާދަ ބޮޑެތި ގަނޑުވަރުތަކެކޭ...ދެކޮޓަރި 650އަކަފޫޓުވީމަ ކިޔާނީ ކޯޗެކޭ ޖަމަލު ހޮ ހަޅަތަ. 900އަކަފޫޓު ތިންކޮޓަރި.....ޕިސްޕިސް...ސިނަމާލޭގެ ދެކޮޓަރި އެޕާޓްމަޓެއްގެ ބޮޑުމިނަކީ 950އަކަފޫޓު....މިސަރުކާރަށް އެހެ ހެން ބަޔަކު ނާޅާވަރުގެ ގަނޑުވަރެ އެޅިއްޖެތަ..
އަހަރެމެންގެ ގައުމުގެ ސަލާމަތާ ރައްކާތެރިކަމާއި މިނިވަންކަމާ ދީނާ ވިއްކާފަ ގެ އަޅާކަށް އަހަރެން ބޭނުމެއް ނޫން...މިހާރު އުޅެމުން މިދާ ހާލުވެސް އެއަށްވުރެ ހިތަށްހެޔޮ...ސިޔާސީ މީހުންގެ އަމިއްލަ މަންފާއަށްޓަކައި ކުރާ މިކަހަލަ ކަންތަކައް ރައްޔިތުން ފާރަވެރިވާން އެބަޖެހޭ....މައުމޫނު މިކަންކަން ނުކުރީ ގައުމުތަކުން ކޮށްދޭން ނެތީމަ އެއް ނޫން....އެއީ މިގައުމުގެ ދީނާ އެއްބައިވަންތަކަމާއި ރައްކާތެރިކަމާއި މިނިވަންކަން ގެއްލިގެންދާނެތީ....ގައުމުގެ ހިންގުމާއިގުޅޭ މުހިންމު މަގާމުތަކަށް އެހެން ގައުމުތަކުން މީހުން ގެނެސް އެމީހުންގެ ބާރާއި ނުފޫޒުން ގައުމު ސަލާމަތް ކުރާނެ މަގެއް ނޯންނާނެ....މަޑުމަޑުން ގޮސް މުޅިގައުމުގެ ހިންގުން ބޭރު ބަޔަކާ ހަވާލު ކުރަނީތޯ....ގައުމުގެ 50 ޕަސެންޓް ހިންގުން މިހާރުވެސް ހަވާލުތިކުރެވެނީ ފަރަންޖީއަކާ...ދެންވާނީ ކިހިނެއްބާ...
އިންޑިއާ އަށް ގައުމު ވިއްކާލީ ވެރިކަމުގެ އާރާއި ބާރު ހޯދަން ދެން ސޯލިހު އަށް އަބަދު ވެރިކަމުގަ ހުރެވޭނެތޯ ހަމަހިލާ ނުހުރެވޭނެ ޖަލުގެ ތޭރިތަށް މަރުހަބާ ކިއުމަށް އަތަށް ދަތްކޮޅު ލައިގެން ހެވިފަ އެބަތިބި.
ހުޅުމާލެ ފޭސް ދޭއްގައި އިތުރު 2000 ހައުސިންގ ޔުނިޓް އެޅުމަށް އިންޑިއާ ކުންފުންޏަކަށް
މިފަހަރު ކިތަށް ބިން މޯގޭޖް ކޮށްފަބާ؟
މީ މިބުނާ ވާހަކަ. މީގެން ވެސް ދޭހަވާނީ. ދިވެހި ސަރުކާރު އިންޑިޔާގެ ދަށުވެފާ ވާވަރު. ސޭވް މޯލްޑިވްސް ފުރޮމް އިންޑިޔާ