ޝަހްސު އޮޅުވާލުމުގެ މައްސަލަ ކުރިއަށް ގެންދަނީ އޭނާގެ ހައްގުތަކަށް އުނިކަން އަންނަ ގޮތައް ކަމަށާއި، އޭނާއަށް ދިފާއުވުމަށް ޝަރީއަތުން ފުރުސަތު ނުދޭނަމަ ކޯޓަށް ހާޒިރު ކުރުމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށް ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު ކްރިމިނަލް ކޯޓުގައި ހެނދުނު 11:00 އަށް ތާވަލުކޮށްގެން ކުރިއަށް ގެންދިޔަ ފާރިސްގެ ޝަހްސު އޮޅުވާލުމުގެ މައްސަލައިގެ އަޑުއެހުމަކީ އޭނާގެ ފަރާތުން ހުށަހަޅާފައިވާ 47 ހެކިންގެ ތެރެއިން ބައެއް ހެކިންގެ ހެކިބަސް ނެގުމަށް ބޭއްވި އަޑުއެހުމެކެވެ.
އެ މައްސަލައިގެ އަޑުހުމެއް ހަތަރު މަސް ފަހުން މީގެ ހަފްތާއެއްހާ ދުވަސް ކުރިން ބާއްވާފައިވާއިރު އެ އަޑުއެހުމުގައި ފާރިސް ވިދާޅުވީ އޭނާއަށް ވަކީލުންނާއި ބައްދަލު ކުރެވިފައި ނުވާތީ މައްސަލައަށް ތައްޔާރުވެވިފައި ނުވާ ކަމަށެވެ. އެހެން ކަމުން ގާޒީ ވަނީ އޭނާއަށް ވަކީލުންނާއި ބައްދަލު ކުރުމަށް ފުރުސަތު ދިނުމަށް ފަހު މައްސަލަ ކުރިއަށް ގެންދިޔުމަށް ފުރުސަތު ދެއްވާފައެވެ. އަދި އޭނާ ހުށަހަޅާފައިވާ ހުރިހާ ހެކިންގެ ހެކިބަސް ހުށަހަޅަނޭޅޭނެ ކަމަށާއި އެހެން ކަމުން މުހިންމު ހެކިންގެ ލިސްޓެއް ކޯޓަށް ހުށަހެޅުމަށް ގާޒީ އެންގެވިއެވެ.
މިހެން އަންގާފައި ވަނިކޮށް ކޯޓުން ވަނީ ފާރިސްއަށް އެންގުމެއް ނެތި 10 މީހުންނަށް ހެކިބަސް ހުށަހެޅުމަށް ކޯޓަށް ހާޒިރުވުމަށް ޗިޓު ފޮނުވާފައެވެ. އަދި މިއަދުގެ އަޑުއެހުން ބާއްވާފައި ވަނީ އަނެއްކާވެސް އޭނާއަށް ވަކީލުންނާއި ބައްދަލުކޮށް މައްސަލައަށް ތައްޔާރުވުމަށް ފުރުސަތު ލިބިފައި ނުވަނިކޮށެވެ.
އެހެން ކަމުން މިއަދުގެ އަޑުއެހުމުގައި ފާރިސް ވަނީ ކޯފާވެ އޭނާގެ އުދާސްތައް ކޯޓުގައި ބޭރުކޮށްލާފައެވެ. މިއަދުގެ އަޑުއެހުން ފެށުމާއެކު ގާޒީގެ ހުއްދައާއި އެކު ވާހަކަ ދައްކަވަމުން ފާރިސް ވިދާޅުވީ އޭނާ ކޯޓަށް ހާޒިރު ކުރަން ބޭނުންވަނީ ކޮން ހެކިނެއްނެއް ކަން ކަނޑައެޅުމަށް ކޯޓުން މީގެ ކުރިން ފުރުސަތު ދިނުމުން އެކަމަށް މަރުހަބާ ވިދާޅުވި ކަމަށެވެ. ނަމަވެސް އޭނާ "ހައްޔަރުކޮށް، ވާނުވާ ނާންގާ"، އޭނާ އިސްކަން ދޭން ބޭނުންވި މީހުން ކަނޑައެޅުމަށް ފުރުސަތު ނުދީ ވަކި ލިސްޓެއް ކޯޓުން ހަދައި ޗިޓު ފޮނުވިކަން މި މަހުގެ 13 ވަނަ ދުވަހު އޭނާއަށް އެނގިފައިވާ ކަމަށެވެ.
މީގެ އިތުރުން ކުރިން އަޑުއެހުމުގައި ވަކީލުންނާއި ބައްދަލު ކުރަން ފުރުސަތު ދެއްވާނެ ކަމަށާއި، ކޯޓު ތެރޭގައި ވެސް ބައްދަލު ކުރެވޭނެ އިންތިިޒާމު ހަމަޖެހޭނެ ކަމަށް ގާޒީ ވިދާޅުވި އިރު އަޑުއެހުމަށް ފަހު ކޯޓުގައި ބައްދަލު ކުރެއްވުމަށް ކޯޓުގެ އޮފިޝަލުން ފުރުސަތު ނުދެއްވި ކަމަށް ފާރިސް ވިދާޅުވިއެވެ. އޭނާ ގެންދެވީ ޝަރީއަތް ކުރިއަށް ގެންދަނީ އޭނާގެ ހައްގުތަކަށް އުނިވާގޮތަށް ކަމަށް ތަކުރާރުކޮށް ވިދާޅުވަމުންނެވެ.
އަދި އެކަށީގެންވާ ވަރަށް ތައްޔާރުވެވިފައި ނުވާ އިރު މާދަމާ 13:00 އަށް އެ މައްސަލައިގެ އަޑުއެހުމެއް ތާވަލު ކުރާނެ ކަމަށް ވިދާޅުވުމުން ފާރިސް އިތުރަށް ޝުއޫރު ފާޅު ކުރެއްވިއެވެ. އޭނާ ވިދާޅުވީ، މުހިންމު ހެކިންގެ ލިސްޓެއް ތައްޔާރުކޮށް، ކުރާނެ ސުވާާލުތައް ތައްޔާރުކޮށް، ހެކިން ކޯޓަށް ހާޒިރު ކުރުމަށް މަސައްކަތް ކޮށް، ހުލާސާ ބަޔާން ހުށަހެޅުމަށް ތައްޔާރު ވުމަކީ ޖަލު ބަންދުގައި ހުރި މީހަކަށާއި، ބުރަކޮށް އުޅުއްވާ ގާނޫނީ ވަކީލުންނަށް 24 ގަޑިއިރު ތެރޭގައި ކުރެއްވޭނެ ކަމެއް ނޫން ކަމަށެވެ.
އަދި ފަސް މަސް ދުވަސް ވަންދެން އަޑުއެހުމެއް ތާވަލު ނުކޮށް މައްސަލަ ބާރު ސްޕީޑުގައި ކުރިއަށް ގެންދަނީ ކޮން މަޖުބޫރީ ހާލަތެއް ދިމާވެގެންތޯ ފާރިސް ސުވާލު ކުރެއްވިއެވެ. މީގެ އިތުރުން އޭނާގެ ހެކިން ކޯޓަށް ހާޒިރު ކުރުމަށް އެކަށީގެންވާ މަސައްކަތް ކޯޓުން ކޮށްފައިވާ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށާއި ހެކިން ހާޒިރު ނުކުރަން އުޅެނީ ވަކި ކަމެއް ފަޅާ އަރާފާނެތީ ކަމަށް ވިދާޅުވިއެވެ. އަދި އޭނާއަށް ދިފާއުވުމުގެ ފުރުސަތު ނުދެއްވާނަމަ ކޯޓަށް ހާޒިރު ކުރުމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށް ވެސް ފާރިސް ވިދާޅިއެވެ. ފާރިސް ވިދާޅުވީ ކޯޓުން މަސައްކަތް ކުރަމުން ގެންދަވަނީ އޭނާ އަށް އެކަށީގެންވާ ފުރުސަތު ދެއްވިކަން ބޭރުފުށުން ދައްކަން އެކަނި ކަމަށެވެ.
މިއަދު ބޭއްވި އަޑުއެހުމަކީ ހެކިބަސް ނެގުމަށް ބޭއްވި އަޑުއެހުމެއް ކަމަށްވާއިރު ޗިޓު ފޮނުވި 10 ހެކިންގެ ތެރެއިން ކޯޓަށް ހާޒިރުވީ ހަމައެކަނި ރައްޔިތުންގެ މަޖިލީހުގެ ހެންވެއިރު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުލް ކަރީމް (ރުކުމާ) އެވެ. މިއަދު ވަނީ އޭނާގެ ހެކިބަސް ނަގާފައެވެ.
ދޮންކަލޯ! ގާލީ އަށް ހެދޭނީ ބޮޑޭ ބުނާގޮތް .. ދެނޯ..
މިއަދު އެހެން އުޅެވިދާނެ ﷲ ގެ ހަޟްރަތުން ދެނޯ؟
ގަޑުވަރު ގަދިވެހިންގެ ފަސާއިން ނާޖާއިޒު ބޭނުން ކުރިއިރު އަހަރުމެން ވެސް ވަރައް ކޯފާ ވެފަ މިތިބީ
މަ ހީކުރީ 30 އަހަރުގެ ރަން އުދާސްތައްކަމަށް. އޭނައަށް ވިސްނާދީބަލަ މިއީ ރަން 30 އަހަރު ނޫންކަމަށް!
ފާރިސްގެ އިހްސާސްތަށްވެސް ގިނަމީހުންނަށް އަންޑަރސްޑޭންވާނެ...30 އަހަރު ގަނޑުވަރުގަ އުޅުމަކީ އާދައިގެ ކަމެއްނޫން، އެހެންނަމަވެސް ހާލަތުބަދަލުވެ ފާރިއަސްވެސް ކަންކަން ގޯސްކޮށް ކުރެވިފަ އޮތީއްޔާ ތީގެއެންމެ މޮޅުގޮތަކީ އަވަހަށް ތިކަމުން ސަލާމަަތްވާން އެއްބާރުން ދިނުން..،
އަންނިބޭގެ މަކަރުވެރި ދަލުގައިބެދި ބައްޕާފުޅާއި މުޅި ޢާއިލާ ހަލާކުވެދާއިރުވެސް ގޮތުގައިތިބޭ! އަންނިބޭ ޕާޓިބާއްވާ ބައްޕާފުޅު ޖަލަށްލެވިއްޖެކަމުގެއުފާ އެބަ ފާޅުކުރޭ! ވިސްނުންކޮށީތޯ ނުވަތަ ހަމަ ޑޮލަރުލިބުންލެއް ގިނައީތޯ؟
ބަލަ ފަސްމަސްވީއޭ އަޑުއެހުމެއް ނުބާއްވާތާ އަދިވެސް ވަގުތެއް ނުދެވޭތަ. ލުއްޗާ