ހދ.ކުޅުދުއްފުށިީގައި ޒުވާނަކު ރަހީނުކޮށް އަނިޔާކޮށްފިއެެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު "ވަގުތު" އަށް ވިދާޅުވީ، ކުޅުދުއްްފުށީގައި މޫނު ނިވާކޮށްގެންް ތިބި ބަޔަކު އުމުރުން 29 އަހަރުގެ ދިވެހި ފިރިހެނަކަށް ރަހީނުކޮށްގެން ގެންްގޮސް އަނިޔާކޮށްފައިވާކަމަށެވެ. އޭނާ ގެންްގޮސްފައި ވަނީ ކާރަކަށް އަރުވައިގެން ކަމަށް ފުލުހުން މައުލޫމާތު ދެއްވިއެެވެ.
މި ހާދިސާ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ ރޭ 20:48 ހާއިރު ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
ފުލުހުން ވިދާޅުވީ މިހާރު އެމީހާ އަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެެމުން ކަމަށާއި، ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ގޮތުގައި މިހާރު އަންނަނީ އިތުރު ފަރުވާއަށް މާލެ ގެންދިިއުމުގެެ މަސައްްކަތް ކުރަމުން ކަމަށެވެ.
''ވަގުތު'' އަށް މައުލޫމާތު ދެއްވަމުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރ އަހުމަދު ދާއޫދު ވިދާޅުވީ، މާރާމާރީގައި އަނިޔާވި ޒުވާނާގެ ބޮލަށް ވަނީ ވަރަށް ބޮޑަށް ގެއްލުން ލިބިފައި ކަމަށެވެ. އޭނާގެ ބޮލުގެ ކަނާތް ފަރާތުގެ ނާށިގަނޑު ފަޅައިގެން ގޮސް ސިކުނޑިއަށް ލޭ އެޅިފައިވާކަމަށާއި، މަސައްކަތް ކުރަމުން އަންނަނީ މިއަދު މެންދުރު އިތުރު ފަރުވާއަށް މާލެ ފޮނުވުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.
މި މައްސަލަ އާއި ގުޅިގެން އަދި އެއްވެެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެެ. ފުލުހުން މިހާރު އަންްނަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.
ތި ނުވާނެ ހަރުކަށި ކަމަކަށް ރަހީނު ދެއްތޯ އާނ ސަބްކޮންޓިނެއްޓެއް ވިއްޔަ ދޯ
ނުރައްޖަ އެއްވެސްނޫން
ނަވާވިސް އަހަރުގެ ފިރިހެނަކީ އަނެއްކާ ކޮންގޮތަކަށް އުޅުންހުރި މީހެއްބާ....އަނިޔާ ލިބިގަތީ،ނުވަތަ އަނިޔާދިނީ ކީއްވެބާ....ތުންތުންމަތިން ކިޔަނީ ކީކޯ
އެމީހަކީ މަސްތުވާތަކެތި ބޮމުން ވައްކަން ކުރަމުން ދުވާ މީހެއް.
ފުލުހުން ވަގުން ހިފާހައްޔަރު ނުކުރާތިވާގޮތް. ބަޔަކު ނުކުމެ ސައިޒުކުރީ.
ތިވާނީ ފުލުހުންގެ ކަމަކަށް
މިގަުމުގެ ސިސްޓަމް ބަދަލުކުރަންވީ ކޮމިއުނިޒަމްއަށް ޑިމޮގްރަސީކަޑަ ދިމޮކުރަސީދޮންވެ ފަށްކާވާވަރަކަށް މިތާނުކުރާކަށް ނުބައިކަމެއްނެތް މެކްސިކޯގެ ސިނަލޯޢާ އަށްތުރެން ކަންތައްހޮނޑި މުށްލާމެން ޗުއްޕުވެސްނުކިޔާނެ މިކަހަކަންތަކަށް އެއީއެމީހުންއަޑީގަ ތިބެގެންކުރުވާކަންތައްވީމަ މިވެސްޖިހާދެކޭބުނާނީ
ކުޅުދުއްފުށީސިޓީގެ ދެމެންބަރުންނައްގޮވާލަން މިމައްސަލައަވަހަށް މަޖިލިސްއަށްހުށަހަޅަން އެހެންނޫނީ މިމައްސަލަފަނުފުލުންހިގައިދާނެ
ވަރަށް ހިތާމަ ހުރި ހަވަރެއް. އެއީ ކޮންމެ ކަހަލަ އަދި ކިތައްމެ އާދައިގެ ޒުވާނަކަށްވިޔަސް އިތުރަށް އިންވެސްޓިގޭޓްކޮށް ސީރިއަސް މައްސަލައެއް ގޮތުގަ ބެލެންވާނެ. އަދި މޑޕ ކުދިން މިކަމުގަ ނަޝީދު އާއި އަޅުވާ ކިއިގެންވެސް ނުވާނެ.
ތިޔަހުރީ ސިޓީއަކައް ވުމުން ފުރިހަމަ ވާންޖެހޭ ސަރުތުތައް. ވަރައްބާރައް ކުރިއަރައިގެން އެބަދޭ.
ކުޅުދުއްފުށި މިހާރުވަނީ ހަލާކުވެފަ.
ރަށުގެ ބޮޑުން ކިތަންމެވަރަކަށް އޮމާންކުރިޔަސް
ޙުރިހާ ރަށްރަށެއްގެ މީހުނަށްވެސް މިކަން އެނގޭ
ހައްޔަރުކުރިއަސް ވާކަމެއް ހަރާން ، ގއ- މާމެންދޫން ދާދި ފަހުން މަރާލި ޒުވާނާގެ ޚަބަރެް ދަބަރެއްވެސް މިހާރަކު ނެތް
ކުޅު ދުއްފުށީގަޢި މިހާރު ތި ފެންނަނީ ސިޓީއެއްގެ ދަރަޖަ
ކޮމަންޓް ކުރުމުގެ ކުރިންްެރަަށުމީހަކާ ގުޅާލާ ޚަބަރު ބަލާލިނަމަ ރަނގަޅުވިސް އަނިޔާވެރިކަމާ އެއްމެން ދެކޮޅު!! އެކިފަރު ދުން ބުރަމަސައްކަތން ހޯ ދާފަ
އަނބި ދަރިންނަށް ޒަރޫރީ އަ ދި ބޯހިޔާ ވަހިކަން ހޯ ދަން ހޯ ދައި ދޭން ހޯ ދާފަ ހުއްނަ ރުފިޔާ ކޮޅު ވައްކަން ކޮށް ގެން ފަތްބޯލާ އިރު އޭގެވެރިފަރާތް ހިތް ދަތި ވާ ނެ ވަރު އަމިއްލައަށް އިހްސާސްކޮށްލަށްވާ! އެއްވެސްމީހަކު މީހަކަށް އަނިޔާ އެއް ދިނުމަކީ ކޮށްގެން ވާނެ ކަމެއްނޫން!
އަޑުއިވޭޒުވާނާ ގެ މަށްޗަ ކުށުގެ ރެކޯޑު ހުރިވަރުވެސް މިހާތަނަށް ކިތަށް ތަނުން ފޭރިފަވޭތޯ އާއި ކިތަށް ބަޔަކަށް ގެއްލުން ދީފާ ވޭތޯ އާއި މުޖުތަމައަށް ހުރިނުރަށް ކަލަކީ ކޮބައިތޯ އާއި! މިފަ ދަ މީހުންތަށް ދޫވެ މުޅިޤަވްމު ފުޑޭއިރު ވެސް ޢަ ދުލު ގެއްލި ފިތުނަ އުފެ ދި މާރާމާރީ އިތުރު ވާއިރު ޤަވްމުގަތިބި މަތިފަޑީ ގެ މީހުން ވެރިކަމާ ބަގުޑިލާއިރު ވާނުވާގަ ކަން މިޔަ ދު ރަޢްޔިތުން ދަންނަން ވެއްޖެ ކަމަށް ފެނޭ
ވަރަށް ސަލާމް!
ބޮމެއްނޫން ، އެއޯކޭވާނެ
ކުޅުދުއްފުށީގަ ކިޔަވަންއުޅުނު އެތައް ކުއްޖަކަށް މީގެ ކުރިންވެސް އެރަށުމީހުން ވަނީ ތިހެން ހަދާފަ. ދުވަހަކުވެސް ފިޔަވަޅެއް ނޭޅޭނެ.