ނޫސްވެރިޔަކަށް ސަލާމަތީ ސިއްރު މައުލޫމާތުތަކެއް ޚިއްސާ ކުރި ސިފައިންގެ އޮފިޝަލަކު ނިރުބަވެރިންނަށް ވެސް އެފަދަ މައުލޫމާތެއް ދިނުމަށް ޖެހިލުން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ (އިންތި) ވިދާޅުވެއްޖެއެވެ.
"ކެނެރީގޭގައި ސެކިއުރިޓީ ނުދެވޭނެ ކަމާއި ނުރައްކާ އޮތް ކަން ނަޝީދަށް އެމްއެންޑީއެފުން އެންގި" ސުރުޚީގެ ދަށުން "މިހާރު" ނޫހުގައި ޝާއިއުކޮށްފައިވާ ރިޕޯޓެއްގައި ނަޝީދުގެ ސެކިއުރިޓީ އާއި އެމަނިކުފާނުގެ ގެކޮޅު ކަމަށްވާ ގ.ކެނެރީގެ ސަލާމަތާ ގުޅުން ހުރި މައުލޫމާތުތަކެއް ހާމަކޮށްފައިވާތީ އެ މައްސަލަ 241 ކޮމިޓީން ދަނީ ބަލަމުންނެވެ.
އެ މައްސަލައަށް މަޖިލީހުގެ މެންބަރުންގެ ޚިޔާލު ފާޅު ކުރެއްވުމަށް މިއަދުގެ ޖަލްސާގައި ވަނީ ހުޅުވާލާފައެވެ.
މި ގޮތަށް ހުޅުވާލި ފުރުސަތުގައި ވާހަކަ ދައްކަވަމުން އިންތި ވިދާޅުވީ، ނޫހަށް ސިފައިންގެ އޮފިޝަލަކު މަސްދަރު ހާމަ ނުރާ ގޮތަށް ދީފައިވާ މައުލޫމާތަކީ ރައީސް ނަޝީދުގެ ސެކުއިރިޓީއާ ގުޅުން ހުރި އެންމެ ބޮޑަށް ފޮރުވި ސިއްރު ކުރެވިފައި ހުންނަން ޖެހޭ މައުލޫމާތުތައް ކަމަށެވެ.
އިންތި ވިދާޅުވީ މިފަދަ މައުލޫމާތެއް އެ އޮފިޝަލަކު ނިރުބަވެރިންނަށް ވެސް ދޭން ޖެހިލުން ނުވާނެ ކަމަށެވެ. އެހެންވެ ނަޝީދަށް ހަމަލާ ދިން ނިރުބަރިވެރިންނަށް ވެސް މައުލޫމާތުތައް ދިނީ މި އޮފިޝަލް ނޫން ކަމާ މެދު މިހާރު ސުވާލު އުފެދިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ރައީސް ނަޝީދުގެ ސެކުއިރިޓީ ބްރީޗްވީ މި ނޫހަށް މައުލޫމާތު ލީކު ކޮށްލި މީހާ ނޫންބާއޭ ހިތަށް އަރާ، އެއީ ނިރުބަވެރިންނަށް ވެސް ސެކުއިރިޓީގެ ސިއްރު މައުލޫމާތުތައް ދިން މީހާ ކަމަށް އެބަ ޝައްކު ކުރެވޭ، މަޖިލީހުގެ 241 ކޮމިޓީން ހިންގާ އިންކުއައިރީގައި ބެލުމަށް އަޅުގަނޑު އެދެން،" އިންތި ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ ސެކިއުރިޓީއާ ގުޅޭ އެތައް މައުލޫމާތެއް ހިމެނޭ ރިޕޯޓެއް ނޫހެއްގައި ޝާއިއު ކޮށްފައި މި ވަނީ، މި މަހުގެ ހަވަނަ ދުވަހުގެ ރޭ އެމަނިކުފާނު އަވަހަރާކޮށްލަން ބޮމުގެ ހަމަލާއެއް ދީފައި ވަނިކޮށް ސަލާމަތީ ޚިދުމަތްތަކަށް ވަރަށް ބޮޑެތި ފާޑުކިއުންތައް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.
ތިއިން އެންމެ ވާހަކައަކުންވެސް އިންތިމެންގެ ހުރި ހަރުކަށި ވިސްނުން ބުއްދިވެރިއަކަށް ހާމަވާނެ! އަދި މިމީހުންގެ އިންސާނީ ވިސްނުމުގެ މިންގަނޑުތައް ވެސް ނޭނގޭކަން މިއިން އެނގެނީ! ނޫނީ ހަމަގަސްދުގަ އެނގޭކަމަށް ނަހަދަނީ ފިތުނަފަސާދަ އުފައްދަންވެގެން. ނޫހަށް ޚަބަރު ދޭމީހަކާ ނިރުބަވެރިންނަށް ޚަބަރުދޭން މީހުންނަކީ އުޑާބިމާހާ ތަފާތު ދެބައެއް އަދި ދެކަމެއް. ސާފުކޮށް އެނގޭ ނޫހަށް އެޚަބަރުދިން ބޭފުޅަކު ދީފައި އެއޮތީ ތަކުރާރުކޮށް މިމީހުން އެމްއެންޑީއެފް ގެ ބޭފުޅުން ބާޒާރުވާގޮތަށް ވާހަކަ ދައްކާދައްކާ ބޮލަށް އުނދަގޫވެގެން އެކަމާމެދު ކޮންމެވެސް އެއްޗެއް ރައްޔިތުންނަށް ވިސްނައިދޭންވެގެން ދެއްކިވާހަކައެއްކަން. އަސްލުގައި އެކަންކަން އެއީ ގިނަބަޔަކަށް އެނގޭވެސް ކަމެއް އަންނި އުޅޭ ކުޅޭކުޅޭ ގޮތް
ހެހެ ބޯގޯސް އިންތި ކަލެއަކައްނޭގޭތަ ސީޕީ ހަމީދު އެއީކޮންކަހަލަމައުލޫމާއެއްލީކްކުރިމީހެއްކަން ގުދޯގުދޯ ނުކިޔާ
ތިމަގެ އަމިއްލަ ނަފްސައް ގައްދާރުވާ މީހަކު ރައްޔެތުންނައްވެސް ގައްދާރުވާން ޖެހިލުމެއްނުވާނެ. މި މޑޕ މީހުން ހެދި ހުރިހާ ބުހުތާނު ދޮގެއް މިމީހުންގެ އަގަޔައް ހަމަރީތިކޮއް ވަދެއްޖެ.
މަށަށް ހީވަނީ ނިރުބަވެރިންނަށް މައުޅޫމާތު ދީ މިހާރު ނޫހަށް ވެސް މަލޫމާތުދިނީ އިންތިއާ އެމްޑީޕީން ހެން. ފުލުހުން މިކަން ތަހުގީގު ކޮށްދިނުން އެދެން.
ސަލާމަތީ ޚިދުމަތުގެ އަގުވައްޓާލުމަ ކީ އެ ކަމުގެ ނުރައް ކާ
ދިގުމުއްދަ ކަށް ދެމިގެންދާނެ ސީރިއަސް މައްސަލައެ ެކވެ
އަމިއްލަ މަސްލަހަތަށްވުރެ ގައުމު އިސް ކުރުމަ ކީ ޒިއްމާ
ދާރު މަގާމުތަ ކުގައި ތިބި އަދި ދައުލަތުން ބޮޑު މުސާރަ އާއި އިނާޔަތްތައް ލިބޭމީހުންގެ ޒިއްމާއެ ކެވެ.
ދިވެހިރާއްޖޭގެ ސަލާމަތީ ޚިދުމަތުން ނަޝީދަށް ފޯރުކޮށްދިނުމަށް ޤާނޫނުން ލާޒިމުކޮށްފައިވާ ސެކިއުރިޓީދިނުމުގައި ނަޝީދުގެ ހުންނަ ބޯހަރު އަދި ނޭއްގާނީ ކަމުގެ ސަބަބުން ސަލާމަތާއި ރައްކާތެރިކަމާއި ހިމާޔަތް ދިނުން އުނދަގޫ ކަން ދިވެހި ރައްޔިތުންނަށް ހާމަކޮށްދިނުމަކީ ކުށެއް ކަމަށް ދައްކަން އުޅުނަކަސް ރައްޔިތުން ތިޔަ ކަމެއް ބަލައެއް ނުގަންނާނެ. މައުލޫމާތު ދެއްވި އޮފިސަރަށް ހަމަ އައްސަރިބަހާއި ސާބަސް. ރައްޔިތުންގެ ޓެކްސް ފައިސާއިން ޚަރަދުކޮށް ދެމުސާރަ އާއި، ދެއިނާޔަތާއި، ދެކާރާއި، އެތައް ހަށިފާރަވެރިންނެއް ދީފައި ހުއްޓާ ސެކިއުރިޓީ އަށް ފިލައިގެން ގޮސް ސައިހޮޓަލެއްގައި ސައިބޯން އިނުމަކީ ކުށެއް ނޫންކަމަށް ދައްކާށާއި، ސެކިއުރިޓީ ބްރީޗް ވާގޮތަށް ނަޝީދު ކުރާ ނޭއްގާނީ ބޯހަރު ކަންކަން ފޮރުވަން ސަލާމަތީ ޚިދުމަތުގެ އަގުވައްޓާނެ ކަމެއް ވެސް ނެތް. ސިޔާސީ މަމްފާ ނަގަން ނަޝީދު ރާވައި ހިންގާ ކަންކަމުގެ ތެރެއިން ލިބޭ ގެއްލުމާއި އަދި ހޯދާ އަނިޔާއާއި ގެއްލުން ފޮރުވަން ދިވެހި އަސްކަރިއްޔާ ޤުރުބާންކުރާނެކަމެއް ނެތް. އަސްކަރީ ތަމްރީނާއި ތަޖުރިބާ ލިބިގެން ތިބި އެސްޕީޖީގެ އިރުޝާދާއި ލަފާ ބޮލާލާ ޖަހާފައި މުސަޅު ހޮރެއް ކަހަލަ ކެނެރީގެއަށް ބަދަލުވެ ހަށިފާރަވެރިންނާއި ނަޝީދުއާއި ދެމެދަށް ގޮތްނޭގޭ އިނގިރޭސި ރައްޔިތުން ވައްދައިގެން ނަޝީދު އަމިއްލަ އަށް ނަޝީދުގެ ސެކިއުރިޓީ ބްރީޗްކުރުމަށްފަހު އެއިގެ ޒިއްމާ ސިފައިންގެ ބޮލުގައި އަޅުވާ ދިވެހި އަސްކަރިއްޔާގެ އަގު ވައްޓާލާ ކަމުގައި ވަނީނަމަ އެކަން ދިވެހި ރައްޔިތުންނަށް އެނގެން ޖެހޭ. މައުލޫމާތު ދިން އޮފިސަރަށް ހަމަ އައްސަރިބަހާއި ސާބަސް.
ވެރިކަން ވެއްޓުނީމަވެސް އެހެންމިހުންގެ ބޮލުގަ އެއްނު އެޅުވީ
ޢިންތިމެނައް ކަންކަން ތިޔަފެންނަނީ ކާޅުގެލޮލުން މިހާރުގެ ޕޮލިސްކޮމިސަނަރު ވަޒީފާގަހުރެ ސިއްރުމައުލޫމާތުތަކެއް ލީކުކޮއްލައިގެން ވަޒާފާއިންވަކިކުރިމީހެން ނަމަވެސް ތިޔަބޭފުޅުން އެއީނުވާކަމަކައްހަދާ ވަޒީފާދީ ކޮމިސަނަރުކަމައްވެސް އިސްކޮއްފަ
ދެރަ ކަމެއް. އެއި ކާކަށ ްނޭނގޭ ސިއްރެއް ތަ ބޭޒާރުކޮށްގެން މިއުލެނީ
ނޫހުގައި ޖަހާފައިވަނީ ރައްޔިތުންނަށް އެނގޭ މައުލޫމާތު ކެނެރީގެއަކީ އެސަރަހައްދުގެ މީހުންނަށް އެގޭ ހަދާފައިހުރިގޮތް ނޭނގޭ ބޮޑު ސިއްރެއްނޫން. އުސްއިމާރާތްތަކުން ގޯތިތެރެ ފެންނަން އޮތްއިރު ދެން ކޮން ސެކިއުރިޓީއެއް.
މިދެން މާބޮޑަށް އިނގޭ މީހެއް...
މީިހަކު ހަތަރެސް ފައޭ ކިޔާބަލަ!
ނިރުބަވެރިން އޮޅާލަބަލަ ކަލޭ ރައްޔިތުން ނިކަމެތިވެ ހަލާކު ވާއިރުވެސް މި ކާފަރު ޑިމޮކްރަސީ ކަލޭގެ ރައްޔިތަކަށް ކޮށްދޭނެ ކަމެއް ނެތިގެން އެ އުޅެނީ
ކިހާބޯޑު ކާމެއް ނަޝީދް ނޫންމީހެއް މިގައުމުގަ ނޫޅެނީބާ، ދެންއަންނަ އިންތިހާބެއްގައި ކަލޭމެނއް ވަރައް ރީތިކޮއް ހޮވޭނެ.......
ނޫހާ ހަމަޔަށް އެކަހަލަ ވާހަކަ ދަނީ އަންނިގެ ހުރި ބަސްނާހާކަން ތިއިން އެކަކުވެސް ގަބޫލުކުރަން ބޭނުންނުވާތީ. ސެކިއުރިޓީގެ މައްސަލައިގަ އެންމެ އަޑުގަދަކޮށް ގޮވަނީ މާރިޔާގެ އިސްތިއުފާއަށް. އެހެންވީމަ އޭނަ އެކަމުން ސަލާމަތްވާން ކޮށްގެން އުޅޭ ކަމަކާ ބޮޑަށް ވައްތަރީ.
ރާއްޖޭގެ ރިޔާސީ ގަނޑުވަރު ތީމުގެ އެންމެންނަށް ހާމަކޮށް ދެއްކި މީ ހެއްގެ މައްސަލަ ބަލަންޖެ ހޭ.
ނިރުބަ ވެރިން ތިބީ ތިމީހުންތެރޭގަ. ބަޔެއްގެ ބޮލުގަ އަޅުވަން އުޅޭނެ ކަމެއްނެތް.
މި ގައުމުގަ ދިރި އުޅެނީ އަނނި އެކަނިތަ ؟ ކަމެއެ މެދުވެރިވާން ވީމަ ބޮޑުފޮއްޓައް އެެިއޮތަކސް ވާނެ.
ތީގަ އެބައޮތްތަ ސިއްރެއް؟!