ކޮވިޑް-19 ގައި މިއަދު ތިން ވަނަ މީހަކު ނިޔާވެއްޖެ އެވެ.

ނިޔާވެފައި ވަނީ އުމުރުން 58 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އެ މީހާއަކީ އައިޖީއެމްއެޗްގެ އެމާޖެންސީއަށް ގެންދިޔަ މީހެކެވެ.

މިއީ މިއަދު ކޮވިޑްގައި ނިޔާވި ތިން މީހާ އެވެ. މިއަދު އެންމެ ފުރަތަަމަ ކޮވިޑްގައި ނިޔާވެފައި ވަނީ، ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ގެންދިޔަ އުމުރުން 83 އަހަރުގެ އަންހެނެކެވެ. ދެން ނިޔާވެފައި ވަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި ފަރުވާދެމުންދިޔަ 62 އަހަރުގެ މީހެކެވެ.

މިއާއިއެކު ރާއްޖެ އިން ކޮވިޑް ޖެހިގެން ނިޔާވި މީހުންގެ ޖުމްލަ އަދަދު ވަނީ 161 އަށް އަރާފައެވެ.

މި ބަލީގައި މިހާތަނަށް އެންމެ ގިނަބަޔަކު ނިޔާވި މަހަކަށް މެއި މަސް މި ވަނީ ވެފައެވެ. އެގޮތުން މި މަހު ރާއްޖެ އިން ނިޔާވި މީހުންގެ އަދަދު ވަނީ 89 އަށް އަރައިފައެވެ.

ރާއްޖެއިން ކޮވިޑް ބަލީގައި ނިޔާވާ މީހުންގެ އަދަދުތައް އިތުރުވެފައިވާއިރު، އެބައްޔަށް ފައްސިވާ މިހުންގެ އަދަދުތައްވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު