22:03

މާލެ އިން 373 މީހުންނާއިއެކު ޖުމްލަ 768 މީހުން ފައްސިވެއްޖެ.

21:38

މެއި މަސް ތެރޭގައި އެއް އަހަރުން ދަށުގެ 381 ކުއްޖަކު ކޮވިޑް-19 އަށް ފައްސިވިކަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހާމަކޮށްފި.

21:26

މިހާރު ވެސް މާލޭގެ 37 މިސްކިތެއްގައި ނަމާދު ކުރެވޭނެ އިންތިޒާމް އެބަހުރި - މިނިސްޓްރީ

21:08

ކޮވިޑް-19ގައި އިތުރު ދެ މީހަކު ނިޔާވެ މިއަދުގެ ޖުމްލަ އަދަދު 8 އަށް އަރައިފި.

20:56

އައްޑޫ ސިޓީން އިތުރު ހަތަރު މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ.

18:03

ޅ. ކުރެންދޫން ފްލޫ ކްލިނިކަށް ދެއްކި ކުޑަ ކުއްޖަކު ކޮވިޑް-19 އަށް ފައްސިވެއްޖެ..

16:24

ކޮވިޑް-19ގެ ތިން ވަނަ ރާޅެއް އަރާފައިވާ ތައިލޭންޑުގެ ފުކެޓް ފަތުރުވެރިންނަށް ހުޅުވާލަން ނިންމައިފި.

16:13

ހއ. ދިއްދޫން އިތުރު ހަތް މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ.

15:23

މެލޭޝިއާ ބޮޑުވަޒީރު މުހިއްދީން ޔާސިން އާއި ކެބިނެޓުގެ އިތުރު މިނިސްޓަރުން ޖޫން މަހުން ފެށިގެން ތިންމަސް ވަންދެން މުސާރަ ނުނަންގަވާނެކަން އިއުލާން ކޮށްފި.

15:21

ކޮވިޑް-19 ޖެހިގެން ރާއްޖެ އިން މިއަދު ފަސް ވަނަ މީހަކު ނިޔާވެއްޖެ.

14:38

ކޮވިޑް-19 ޖެހިގެން ރާއްޖެ އިން މިއަދު ފަސް ވަނަ މީހަކު ނިޔާވެއްޖެ.

08:46

ކޮވިޑް ޖެހިގެން އިތުރު ހަތަރު މީހަކު ނިޔާވެއްޖެ.

ކޮވިޑް-19 ގައި ދިވެހިން ތަޖުރިބާކުރި 14 ވަރަކަށް މަސް ދުވަހުގެ ތެރޭގައި ވެސް ފާއިތުވި މެއި މަސްހައި ބިރުވެރި މަހެއް ނާދެއެވެ. ރާއްޖެ އިން މިހާތަނަށް ކޮވިޑަށް ފައްސިވި މީހުންގެ ދެބައި ކުޅައެއްބަޔަކަށްވުރެ ގިނަ މީހުން ފައްސިވީ ހަމައެކަނި މެއި މަހުއެވެ. މިހާތަނަށް ފައްސިވި 64396 މީހުންގެ ތެރެއިން 34561 މީހަކު ފައްސިވީ މެއި މަހުއެވެ. އެހެންކަމުން ރާއްޖެ އިން މިހާތަނަށް ފައްސިވި މީހުންގެ %54 މީހުން ފައްސިވެފައި ވަނީ މެއި މަހުއެވެ.

މެއި މަހު ރާއްޖެ އިން ކޮވިޑް-19 އަށް ދުވާލަކު އެވްރެޖްކޮށް 1100 މީހުން ވަނީ ފައްސިވެފައެވެ. އެންމެ ދުވަހެއްގެ ތެރޭގައި ފައްސިވި މީހުންގެ އަދަދު 2000 ފަހަނައަޅައި ވެސް ދިޔައެވެ. ގިނަ ދުވަސް ދުވަހު ހާހަކަށްވުރެ ގިނަ މީހުން ފައްސިވިއެވެ. ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދޭން ޖެހުނު މީހުންގެ އަދަދު 293 އަށް އަރައި، ހޮސްޕިޓަލްތަކުގެ ޖާގަ ގާތްގަނޑަކަށް އެއްކޮށް ހުސްވިއެވެ.

ކޮވިޑް ޖެހިގެން ރާއްޖެ އިން މިހާތަނަށް 161 މީހަކު ނިޔާވެފައި ވާއިރު އޭގެ ތެރެއިން 88 މީހުން ނިޔާވީ މެއި މަހުއެވެ.

ނަމަވެސް މެއި މަސް ނިމިގެން މިދިޔައީ ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމަކާއި އެކުއެވެ. މެއި މަހުގެ 31 ވަނަ ދުވަހު ކޮވިޑަށް ފައްސިވީ 710 މީހުންނެވެ. މިހާރު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ގެންދަނީ 204 މީހުންނަށެވެ.

މިހާރު ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު މަދުވި ނަމަވެސް އަދި މިއީ މާބޮޑު ހިތްހަމަ ޖެހުމަކަށް ނުވެދާނެއެވެ. މިހާރު މާލެ ފުރަބަންދު ކޮށްފައި އޮތުމުން ބަލީގެ އަލާމާތްތައް ހުންނަ އެތައް ބަޔަކު ޓެސްޓް ކުރަން ނުގޮސް ތިބުން ވެސް އެކަށީގެންވެއެވެ. އެހެންކަމުން މާލެ ހުޅުވާލުމާއިއެކު އަނެއްކާ ވެސް އަދަދުތައް މައްޗަށް ދިއުމުގެ ފުރުސަތު އެބައޮތެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު