ސްކޫލް ކުދިންގެ ބޮޑު ޗުއްޓީގައި ވެސް މާލެ އިން އަތޮޅުތެރޭގެ ރަށްތަކަށް ދަތުރުނުކުރެވޭ ގޮތައް އެޗްޕީއޭގެ އުސޫލު ހަރުކަށި ކޮށްފިއެވެ.
އެޗްޕީއޭ އިން މިރޭ އާއްމުކުރި އުސޫލު ބުނާ ގޮތުން މާލެ އިން ރަށްތަކަށް ދެވޭނީ ޒަރޫރީ ސަބަބެއް އޮވެގެންނެވެ. ޒަރޫރީ ސަބަބުތައް އެޗްޕީއޭގެ އުސޫލުގައި ބަޔާންކޮށްފައި އެބައޮތެވެ. އޭގެތެރޭގައި މާލެއަށް ތައުލީމު ޙާޞިލުކުރުމަށް އައިސް ތައުލީމު ޙާޞިލުކުރުން މުޅިން ނިމިފައިވުމުން ރަށަށް އެނބުރި ދާންޖެހިފައިވުން ހިމެނެއެވެ ނަމަވެސް މީގެ ތެރޭގައި ޗުއްޓީ ލިބުން ނުވަތަ ކިޔެވުން ވަގުތީގޮތުން މެދުކެނޑިފައިވުން ނުހިމެނޭނެ ކަމަށް އުސޫލުގައި ބުނެފައި ވެއެވެ.
ޗުއްޓީ އަށް ވެސް ރަށަށް ނުދެވޭ ގޮތައް އުސޫލު ހަރުކަށި މިކުރީ ސުކޫލްތަކުގެ ބޮޑު ޗުއްޓީ ފެށެން ކައިރިވެފައި ވަނިކޮށެވެ. މިމަހުގެ ފަހުކޮޅު ސްކޫލްތައް ބަންދު ކުރުމަށް ފަހު ދެން އަލުން ހުޅުވުމަށް ހަމަޖެހިފައި ވަނީ އަންނަ އޮގަސްޓް މަހުގެ ކުރީކޮޅުއެވެ. ނަމަވެސް އުސޫލަށް ގެނައި ބަދަލުގެ ސަބަބުން ސްކޫލް ޗުއްޓީގައި ރަށްރަށަށް ދަތުރެއް ނުކުރެވޭނެއެވެ.
މާލެ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދުތައް އިތުރުވާން ފެށުމާއިއެކު ގިނަ ވަގުތުތަކުގައި ކާފިއު އިއުލާން ކޮށްފައި އޮންނަތާ އަންނަ ހަފްތާއަށް އެއްމަސް ދުވަސް ހަމަވާނެއެވެ. އެހެންކަމުން މާލޭގައި ގެއިން ބޭރަށް ނުނިކުމެވި ތިބި ގިނަ ބަޔަކު އަންނަނީ ސްކޫލް ބަންދުވުމާއިއެކު ރަށްތަކަށް ދަތުރު ކުރުމަށް ރާވަމުންނެވެ. ނަމަވެސް މިނިންމުމާއިއެކު އަނެއްކާވެސް އެފަދަ މީހުންގެ ދަތުރުތައް ޖެހޭނީ ކެންސަލް ކުރާށެވެ.
ކޮވިޑާއި ގުޅިގެން ރަށްތަކަށް ދަތުރުނުކުރެވި މިހާރު ވެސް "މާލޭ ބަންދުގައި" ގިނަ ބަޔަކު ތިބޭތާ ދޮޅު އަހަރު ވާން ވަނީ ކައިރިވެފައެވެ.
ރަށައް ގޮސް 14 ދުވަހު ގެ ކަރަންޓީނެއް ފުރިހަމަ ކުރާއިރުވެސް ތިހުރިހާ ހާސަރުތަކެއްބަލަން ޖެހޭތަ. އިއުލާނު ގައިވާ ގޮތައް ކަރަންޓީނު ވާން ޖެހޭމީހުން ދަނީ މާލެއިން ކަމު ގަ ވާނަމަ މާލޭ ގަ ދިރިއުޅޭމީޙާއައް ނުދެވެންވީ ސަބަބެއް ނެތް
ހުރިހާ މޮޅެއް ނުލިބޭނެ! މިފަހަރަކު ރަށަކަށް ނުދެވޭނެ! މަވެސް މިހުރީ ގޭބަންދުގަ! މައިތިރިވެގެން ތިބޭ!
ޢަހަރުމެންނަށް ރަށަށް ނުދެވެންޏާ ކަލޭ އޮންނަންވާނީ ޖަލުގަ. ގޭބަންދަކު ނުއޮވޭނެ. ޢެނގިއްޖެތަ.
މިކަމާ ދެކޮޅަށް އަޑުއުފުލާ ލުއި ހޯދައިގެން އަނެއްކާ ބަލި ފަތުރާލާށެވެ. މަޖިލީހުން މާދަމާ ތިކަމާ ބެހިގަންނާނެއެވެ.
14 ދުވަހުގެ ކަރަންޓީން އޮންނަނި ކަމެއް ވެގެން
ކޮވިޑްޖެހިފަހުރެގެން ވޯޓްލާންދެވޭ ނަމަވެސް އަމިއްލަރަށައް ޗުއްޓީއައްދިއުންމަނާ. މައިމޫނާ މިކޮންވައްތަރުހުންނަނީ
އަޅެ ކޮވިޑް ނުފެތުރިތަ އޮތީ މިއީ ހަމަ އަނިޔާ މިތާ ބަންދު ވެގެން ތިބުން
ހެޔޮނުވާނެ މިހެން ހަދަން
ވޯޓްލާން މީހުން ގެންދެވުން ދެން ކޮން ކަމެއްތަ އޭން؟؟؟؟؟؟ 14 ދުވަހު ކަރަންޓީނު ވީމާ ނިމުނީނު އަޖައިބެއް😐😐😐 ކަލޭމެންވެސް ދާހިތްވަންޏާ ދާނީ😐😐 ކޮންމެހެން ބަލިވީމަ އެމަޖެންސީ ހާލަތުގަ އެމްބިއުލެންސް ގަނޑެއްވެސް ނުފޮނުވޭ ތަނެއްގަ އަހަރުމެން ދަރިން ބައިތިއްބައިގެން ހަލާކު ކުރާނެ ކަމެއްނެތް😠 ނުވަންޏާ އިސްތިއުފާ ދީފަ ގެޔަށް ދިޔައީމަ ނިމުނީނު😐
މިހާރު ވަރައް ގިނަމީހުން އެބަ ތައްޔާރުވޭ ޗުއްޓީ ތެރޭގަ ރަށައް ދާން! އޭގެ ތެރެއިން ގިނަބަޔަކު އުޒުރެއްގެ ގޮތުގައި ދައްކަނީ ދިރިއުޅޭ ގެއިން ނެރެލީމަ މާލޭގަ ދިރިއުޅެވެން ނެތީކަމަށް! މިއުޒުރު ދައްކައިގެން ރައްތަކަށް ކޮވިޑު ފެތުރުމުގެ ފުރުސަތު ދީގެންނުވާނެ! ސަރުކާރުން މިކަމުގަ ލުއި ދީގެން ނިވާނެ! މިއީ ބަޔަކު ހިންގަންއުޅޭ ބޮޑު ޖަރީމާއެއް! މިކަން ވަރައް ރަނގަޅައް ބަލަންޖެހޭއެބަ !!!
ސާދަ ދުވަސް ކޮއްފަ ޓެސްޓް ހަދާފަ ނައްސި ވީމަތާ ބޭރަށް ނިކުމެވޭނީ ދެންކޮބާބާ މައްސަލަޔަކީ....
މަާދަންވެސް ވޯޓުލާން ދާންވެއްޖެތަ ހުރިހާ ދަތުރު ތަކެއް ހުއްދަވާނެ. އާއިލާއާ ދުރުގަ އެތައް ދުވަހެއް ވަންދެން ހުރެފަ އާއިލާ އައް އެހީތެރިވެދީ މައިން ބަފައިން ދެކެލުމައް ރަށައް ދިއުމަކީ ޒަރުރީ ބޭނުމެއްނޫން އެކަމު ވޯޓުލާން ދިއުމަކީ ޒަރޫރީ ބޭނުމެއް.
ވަޓް ދަ ހެކް
ކޮރަޕްޝަން އަދި ވައްކަން ބޮޑު ގައުމުތަކުގަ ކޮވިޑް ނުފިލުން މީ އިއްތިފާގެއްބާ؟
ކީކޭ ބުނާނީ. ފުރަތަމަ ހަދާފައިވާ ޤަވާޢިދު ތައް ތަންފީޒު ކޮށް ބަލަ. ބިދޭސީން ވިޔަފާރި ކުރަނީ މަނާ ގަޑި ތަކުގައި ވެސް ފިހާރަ ހުޅުވިގެން ހަމަ. ބޯ ކޮށާ ތަން ތަން އެބަހުރި ބަރާ ބާރަށް ޚިދުމަތް ދެ.. މިހެން ގޮސް ކިޔާން ވަކި ކ
ކީކޭ ބުނާނީ. ފުރަތަމަ ހަދާފައިވާ ޤަވާޢިދު ތައް ތަންފީޒު ކޮށް ބަލަ. ބިދޭސީން ވިޔަފާރި ކުރަނީ މަނާ ގަޑި ތަކުގައި ވެސް ފިހާރަ ހުޅުވިގެން ހަމަ. ބޯ ކޮށާ ތަން ތަން އެބަހުރި ބަރާ ބާރަށް ޚިދުމަތް ދެ.. މިހެން ގޮސް ކިޔާން ވަކި ކަމެއް ވެސް ނެތް. މުޅިން ތަފާތު ކުރުން.
ސަރުކާރުން ކަރަންޓީނުވާން ވަކި ރިސޯޓެއް ހަމަޖައްސާފަ 14 ދުވަސް ފަހުން ރަށްރަށަށް ދެވޭނެ ގޮތަށްއް ހަމަޖައްސަދީ މީހުންތަށް ނަފްސާނީވެދާނެ ރާއްޖޭއްޖޭ ގެ ވަސީލަތްތަށް ދިވެހިންނަށްޓަކައި ގުރުބާން ކުރެވެންޖެހޭނެ މި ހާލަތު ގައި ޢާންމު މަންފާއަށް ދިވެހި ރަށްތަށް ބަދަލު ދިނުމަކާއި ނުލައިވެސް ސަރުކާރަށް ބޭނުން ކުރެވެންވާނެ ގައުމު ގެ ހަރުމީހުން މިފަދަ ޕްލޭންތަށް އެކަށައެޅުމު ގައި ސަރުކާރަށް އެހީތެރިވެދީ ސިޔާސީ މަންފާނެ ގުން ހުއްޓާލާ ކުށްވެރިން ގެ ތެރެއިން ލުއި ދެވެންތިބި މީހުނަށް ލުއިވެސްދީ ކަންކަން ރިވިއު ކުރައްވާ.ހަރުދަނާ އުސޫލުތަށް ވަރު ގަދަ ކުރައްވާ.
ތިިިިިއީ ކުދިންނަައްދެވޭ ވަރަށް ބޮޑު އަނިޔާއެެއް
ނަމުގަ މުސްލިމް، ކަމުގަ ބޮޑުކާފަރު ވިސްނުން، ފިތުނަ އުފެއްދުމަކީ ނަރަކައިގެ އަނދާ އަލިފާނެވެ. މިބުނީ ވަރައް ކުރުކޮއް!!!!
ބޮޑުންގެ ދަރީންނަށް ދެވޭނެ ދެއްތޯ ރާއްޖެ ތެރެއަށާ ރާއްޖެއިން ބޭރަށްވެސް...
ސަރުކާރު ބޮޑުންގެ ދަރިން ފިޔަވާ އެންމެނަށް ހަދާފަ ހުންނަ ޤަވާއިދު. ގޮތްކުޑަ ކަމުގެ އިންތިހާ!
ޢެކުދިންނަކަށް ވޯޓެއް ނުލެވޭނެ ވިއްޔާ! ޢެކުދިން އެހެން ތިބެ ތިބެ ސިކުނޑި ސުމަކަށއ ދިޔަސް ސަރުކާރަށް ނޫނީ ސިޔާސީ މީހުނަށް ލިބޭނެ ދެރައެއް ނޯންނާނެ ވިއްޔާ! މާދަން ވެސް ވޯޓެއް ލާންޖެހިއްޖިޔާ ހެޔޮ 2000ގަ ކޭސްތައް ހުއްޓަސް، އެންމެނަށް ރަށަށް ދެވޭނެ!
މިއޮތީ ވާ ބައެއް! ޢަހަރުމެނަށް ވެސް ދުވަހެއް އަންނާނެކަން ހަނދާންކުރާތި. ނިކަމެތިންގެ ދުޢާ އިޖާބަ ކުރައްވާނެކަންވެސް ހަނދާންކުރާތި!
ހުރިހާ ބާރަކާއާރެއް ފެށިގެން އަންނަނީ ރައްާޔިތުންގެ ފަރާތުން ބާރުތައް ނިމެނީ މައިމޫނާގެ ފަރާތުން
މިހެންއަންނަ ބަލިތައް ކޮންޓުރޯލް ކުރަން މާލެ އިން މީހުން މަދުކުރަން ވިސްނަންތޯ. ނޫނީ ވިސްނަނީ ސިޔާސީ ފައިދާ އަށް މާލެ ހަލާކު ކޮށްލަންތޯ. މުޅިދިވެހިރާއްޖެ އަދި ބަންގުލަދޭޝް އެއްކޮށް މާލެ އަށް ޖަމާ ކުރުމުގެ ވިސްނުން ދޫކޮލަން ވެއްޖެއެއްނު.
ކަލޭމެން ދެން ރޮއެ
އޯގާތެރިކަމުގެ އިންތިހާ މިސަރުކާރަކީ ރައްޔިތުންނަށް ހިޔޮއެދޭ ސަރުކާރެއް ސަރުކާރުގެ އިސްބޭބޭފުޅުންނަށް ޖެހޭ އޮއެއްވައެއްނެތް މިގޮތްވެސް އެމްޑީޕީ ސަޕޯޓަރުންނަށް އޯކޭ
ދަތުރު ފަތުރު ކުރުމާއި ޗުއްޓީ ހޭދަކުރުމުގެ ހައްޤަކީ ޤާނޫނުއަސާސީގައި ކަންޑައަޅާފައިވާ އަސާސީ ހައްޤުތަކެއް، އެއްވެސް ހާލެއްގައި ނިގުޅައި ނުގަނެވޭނެ ހައްޤުތަކެއް، ދައުލަތުގެ އިދާރާއަކުން ކުރާ އިއުލާނަކުން މިފަދަ ހައްޤުތަކެއް ހިފަނުހެއްޓޭނެ، އެއީ މުޅިން ޤާނޫނު އަސާސީއާއި ހިލާފު އިޢުލާން ތަކެއް !
އެޗްޕީއޭގެ ޑައިރެކްޓާ ޖެނެރަލް އަކަށްވެސް ޤާނޫނުއަސާސީޔާއި ހިލާފަށް އަސާސީ ހައްޤު ނިގުޅައިނުގަނެވޭނެ، ރައްޔުތުންގެ އަސާސީ ހައްޤު އެއީ އެޗްޕީއޭ ދޭހައްޤުތަކެއްނޫން އޮޅުވާލައިގެން ޤާނޫނުއަސާސީގެ ބާރުކަނޑުވާލުމަކީ ބޮޑުކުށެއްކަން ނޭގެނީތޯ ؟