ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލައާ ގުޅިގެން މައުލޫމާތު ދިނުމަށް ފުލުހުން، މިއަދު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާ ގޮތަށް ހަމަޖެހިއްޖެެެއެވެ.

މި ނޫސްވެރިންގެ ބައްދަލުވުން ފެށުމަށް ހަމަޖެހިފައިވަނީ މިއަދު 13:30 ގައެވެ. އޮންލައިންކޮށް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަނީ ކްރިމިނަލް އިންވެސްޓިގޭޝަން ކޮމާންޑުގެ ފަރާތުން ޗީފް ސުޕްރިންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު އަދި ސުޕްރިންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއުއެވެ.

ނަޝީދުގެ ގެކޮޅު ހުންނަ ނީލޯފަރުހިނގުމުން އެމަނިކުފާނު ކާރުކޮޅަށް އަރާވަޑައިގަންނަވަން ހިންގަވާފައި ދަނިކޮށް އައިއީޑީ އެއް ގޮއްވާލައިގެން ހަމަލާ ދީފައިވަނީ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. . އެ ހަމަލާއިން ނަޝީދު ސަލާމަތްވެ ވަޑައިގެންނެވީ ކިރިޔާއެވެ. އޭޑީކޭގައި ފަރުވާ ހޯއްދެވުމަށް ފަހު ނަޝީދު ވަނީ ޖަރުމަނުވިލާތުންވެސް ފަރުވާ ހޯއްދަވާފައެވެ.

މައްސަލައާ ގުޅިގެން މިހާތަނަށް ހަތަރު މީހަކު ވަނީ ފުލުހުން ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އެމީހުންނަކީ ހަރުކަށި ފިކުރާ ގުޅުން އޮންނަ ބައެއް ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

އެ ހަމަލާއަށް ފަހު ފުލުހުން މާލެ އާއި އަތޮޅުތެރޭގެ ބައެއް ރަށްތަކުގައި ހިންގި އެކި އޮޕަރޭޝަންތަކުގައި ހަރުކަށި ފިކުރުގެ ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ. ނަމަވެސް އެއީ މި ހަމަލާއާ ގުޅުން ހުރި ބައެއް ކަމެއް ނުވަތ ނޫން ކަމެއް ފުލުހުން ވިދާޅެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. އަރުމަޑޭ

  2023 ގައި ކަލޭ އަލުން ޖަލައް ލެވޭނެ ދެނެއް ކަލޭ 2 ވަނަ ފަހަރަކައް ބަލިވެގެނޭ ކިޔާފަ ފިލާގެން ބޭރައް ދިޔަކަ ނުދޭނަން ބަލިވީމަ ބޭސް ކުރާނީ ޓުރީޓޮޕުން ނޫނީ ދަރުމަވަންތައިން ގޮނޑިދުއްވަން ނުދެވޭޅެ 😡

  12
 2. Anonymous

  ފުލުސް ނިކުމެވަގުހޯދާ

 3. ސުވާލު

  ފުލުހުން 1 މަންތް އެނިވާސަރީ ފާހަގަ ކުރަނީތަ؟

 4. ޑަރޭ

  މީނަގެ ބަލާ މުސީބާތުން ދިވެހިރާއްޖެ ސަލާމަތްކުރައްވާށި.

 5. މީރާ

  އަސްލު ވީ ޑޯންޓް އީވެން ކެއަރ އެބައުޓް ދިސް ނަޝީދް. ބޭނުންވަނީ މިހާރު މި ކޮވިޑް ކަންތަކުން އަވަހަށް ސަލާމަތްވާން. ކުރެވެން ހުރީ ކޮންކަމެއްތޯ ބަލަން. މިކަމުން އަރައިގަތުން މުހިންމު ނަޝީދަށް ވުރެ. ނުދެއްކިޔަސް އެއްބަޔަކު ފަސޭހައިގައި އުޅުނަސް ގިނަ މީހުން އުޅޭ ހާލެއްވެސް ނޭނގޭ. މީހާ މަރުވާއިރުވެސް އެތަށް ދަރަނިތަކެއް. އާޚިރުގަ ނަޝީދެއްވެސް ޔާމީނެއްވެސް އެކަމުން ސަލާމަތެއް ނުކޮށްދޭނޭ. ދެން ކޮންހާ ކަމެއް. ވަކިބަޔަކަށް ވީމަ އިސްކަންދީފަ އާންމު މީހާ ތެޅޭނެ ހާލެއްގަ ތެޅެން.

 6. ބޮޑުވަޒީރު

  މިހަމަލާގައި އަނިޔާވީ އިންސާނަކީ ހަމައެކަނި ނަޝީދުތޯ؟ ދެން އަނިޔާލިބުނީ ޖަނަވާރުން ތަކަކަށްތޯ؟ މިހެން މިއަހާލީ ނަޝީދަށް ލިބުނުއަނިޔާއާއި އޭނައަށް އެކަނި އިންސާފު ހޯދައިދޭން އުޅޭތީ.