22:49

ފުވައްމުލައް ސިޓީގައި ކޮވިޑް-19 ޖެހިފައި 202 މީހަކު ތިބިކަން އެ ސިޓީގެ ހޮސްޕިޓަލުން އާއްމުކޮށްފައިވާ މައުލޫމާތުން ދައްކައިފި

21:12

ކޮވިޑް-19 ޖެހިގެން ފަރުވާހޯދަމުންދިޔަ އިތުރު މީހަކު ނިޔާވެއްޖެ.

20:05

އައްޑޫ ސިޓީން އިތުރު ހަތް މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ.

19:35

އާއްމުންގެ ފަރާތުން އަހަން ބޭނުންވާ ސުވާލުތަކާއި ހުރި ކަންބޮޑުވުންތައް ފަސޭހައިން ހިއްސާ ކުރެވޭނެ ގޮތަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ލައިވް ޗެޓް ތައާރަފް ކޮށްފި.

 

17:08

އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ކޮވިޑް-19 އަށް ފައްސިވެެއްޖެ.

10:33

ކޮވިޑް ޖެހިގެން 100 އަހަރުގެ ދިވެއްސަކު ނިޔާވެއްޖެ.

01:05

ކޮވިޑް-19 ޖެހިގެން ފަރުވާ ހޯދަމުންދިޔަ އިތުރު މީހަކު ނިޔާވެއްޖެ.

ކޮވިޑް-19 އަށް ފައްސިވާ މީހުންނާއި، ކޮވިޑް ޖެހިގެން ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާ މީހުންގެ އަދަދު މިވަނީ ފާއިތުވި މަސް ދުވަހުގެ ތެރޭގައި ވެސް ދަށަށް ނުދާ މިންވަރަށް ދަށަށް ގޮސްފައެވެ. ނަމެވެސް ކޮވިޑްގެ ނުރައްކާ ކުޑައެއް ނުވެއެވެ. ކޮވިޑް ޖެހިގެން ނިޔާވާ މީހުންގެ އަދަދު މަދެއް ނުވެއެވެ. ކޮވިޑް ޖެހިގެން ހާލު ދެރަވާ ޒުވާނުންގެ އަދަދު ވެސް ހުރީ މަތީގައެވެ. ކޮވިޑް ޖެހިފައި ތިބި ކުޑަކުދިންގެ އަދަދު ވެސް 3000 އަށްވުރެ މައްޗަށް އަރައެވެ.

މުޅި ދުނިޔޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު ވެސް ފާއިތުވި ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ވަނީ މަދުވެފައެވެ. އިންޑިއާގެ ހާލަތު މިހާރު ކޮންމެވެސް ވަރަކަށް ރަނގަޅު ވަމުން އަންނާތީ އެގައުމު އަންނަނީ އަނެއްކާ ވެސް ހުޅުވާލަން ތައްޔާރުވަމުންނެވެ. އެއާއިއެކު އަނެއްކާވެސް ފައްސިވާ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވެގެން ދިއުމުގެ ބިރު އެބައޮތެވެ.

ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު މަދުވި ނަމަވެސް ބަލީގެ ނުރައްކާ ކުޑައެއް ނުވެއެވެ. އެހެންކަމުން ކޮވިޑުން ރައްކާތެރިވުމަށް އަޅަން ޖެހޭ ފިޔަވަޅުތަކަށް އަދިވެސް ސަމާލުކަން ދޭން ޖެހޭނެއެވެ.

https://twitter.com/VaguthuOnline/status/1401589742303543299

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނުލިޔެެއޯކޭ

    ރައްޔަތުން ބިރުނުގަންނުވަބަލަ ހެޔޮނުވާނެ މީޑިއާ ތަކާ!!!