މާލޭގެ ގެއެއްގައި ބާބަކިޔު ހަދަން އުޅެނިކޮށް އަލިފާނުގެ ހާދިސާއެއް ހިނގައި މީހެއްގެ ފައި ފިހިއްޖެއެވެ.

އެމްއެންޑީއެފް އިން މިއަދު ވިދާޅުވި ގޮތުގައި އަލިފާން ރޯވީ ހ. ފައިންޕާކް ގޭގެ ފުރަތަމަ ފަންގިފިލާގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން ހާދިސާގައި ފިހުނީ ސިފައިންގެ މީހެއްގެ ފަޔެވެ.

އެމީހާ އަށް އޭޑީކޭ ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ.

މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު އަށް ލިބިފައިވަނީ މިއަދު ބާރަ ޖަހަން އުޅެނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު