ދައުރު ނިމެންވާއިރަށް ގިނަ މީހުންނަށް ބޯހިޔާވަހިކަން ލިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
"ގެދޮރުވެރިޔާ ލޯނު ސްކީމް" ޕްރޮގްރާމް އިފްތިތާޙު ކުރައްވައި، ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ އެމަނިކުފާނު ރައްޔިތުންނަށް ވީ ވަޢުދާ އެއްގޮތަށް، މި ދައުރު ނިމޭއިރުގައި، ރާއްޖޭގެ ބޯހިޔާވަހިކަން ބޭނުންވެފައިވާ ގިނަ ފަރާތްތަކަކަށް އެކަން ހާސިލުވެގެންދާނެ ކަމަށެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢަކީ މުޅިރާއްޖޭގެ އެކި ކަންކޮޅުތަކަށް އަމާޒުކޮށްގެން ހިންގާ މަޝްރޫޢެއް ކަމަށެވެ. ފްލެޓް އެޅުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތައް އަލިއަޅުއްވާލައްވާ ރައީސް ވިދާޅުވީ 7000 ފްލެޓްގެ މަސައްކަތް ފަށަން ވަނީ ތައްޔާރުވެފައި ކަމަށެވެ.
"ޚާއްޞަކޮށް، މާލޭގައި ބޯހިޔާވަހިކަން ބޭނުންވެފައިވާ ފަރާތްތަކަށް، ގެދޮރުވެރިކުރުމަށްޓައި ފަށާފައިވާ މަޝްރޫޢު އިރާދަކުރެއްވިއްޔާ، ކުރިއަށް އެބަދޭ. މިހާރު ސޮއިކުރެވި، މަސައްކަތް ފެށުމަށްޓަކައި 7000 ފްލެޓްގެ މަސައްކަތް ވަނީ ތައްޔާރުވެފައި. އޭގެ އިތުރުން 4000 ޔުނިޓެއް އެޅުމުގައި ބޭނުންވާ ފައިސާ ހަމަޖެހި، އެކަމަށް ބޭނުންވާ ކޮންސްޓްރަކްޝަން ކުންފުނިތައް ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަދޭ." ރައީސް ވިދާޅުވިއެވެ.
މާލޭ ސަރަހައްދުގައި 20000 ހައުސިން ޔުނިޓް އެޅުމަކީ ރައީސް ސޯލިހްގެ ރިޔާސީ ވައުދެކެވެ. ނަމަވެސް އަދި މިސަރުކާރުގެ މަޝްރޫއެއްގެ ދަށުން އެންމެ ސޯޝަލް ހައުސިން މަޝްރޫއެއްގެ މަސައްކަތް ވެސް ނުފެށެއެވެ. ކުރީ ސަރުކާރުގެ މަޝްރޫއެއްގެ ނަން ބަދަލުކޮށްގެން 1700 ހައުސިން ޔުނިޓެއްގެ މަސައްކަތް ކުރިއަށް އެބަދެއެވެ.
ރައީސް ސޯލިހް ވެރިކަމަށް ވަޑައިގެންނެވިއިރު ވެސް މަސައްކަތް ނިމިފައި ހުރި ހިޔާ ފްލެޓްތައް އަދިވެސް ހަވާލު ނުކުރެވޭތީ ވެސް ސަރުކާރަށް ވަނީ ފާޑުކިޔުން އަމާޒުވަމުންނެވެ. ފާއިތުވި ހަތަރު ވަރަކަށް މަހު ވެސް ސަރުކާރުން ކޮންމެ މަހަކު ބުނަމުން އަންނަނީ އަންނަ މަހު ހިޔާ ފްލެޓްތަކަށް ވަދެވޭނެ ކަމަށެވެ.
ޢެއްވެސް ކަމެއް ނުކޮށްދެވޭނެ އަވަހަށް މިކަމުން ސަލާމަތްވޭ.
ހެޔޮނުވާނެ ތިޔަ އެމްޑީއެން އައް ފިޔަވަޅު އަޅާބަލަ، ވެރިކަން ނިމުމުގެ ކުރިން
އަންނަމަސް އަންނަމަސް ފަސްއަހަރު ހަމަކުރާނީމިގޮތައް މިމީހުންނަކައް ފުލެޓެއްނޭޅޭނެ މީދައްކާ ދަޅަ
ދަތުރު ފަށައިގެން މިއުޅެނީ ހުންގާނު ނެތް އޮޑިއެއްގަ ދަތުރު ނިމޭއިރު ވަގުތު ފާއިތުވެފަ އޮންނަނީ .
ޜައްޔިތުން ރުޅިގަދަވެ އެއްޗެހި ބުނަންފެށީމަ ނުކުމެވަޑައިގެން އަނެއްކާ ދެބޯގެރިދުއްވަންފެށީ
ހިޔާލީ މޯލްޑިވިއަންސް ބީ ލައިކް...
ދައުރު ނިމެންވާއިރަށް ޤައުމުގެ ކަރާމާތާއި އިސްތި ޤް ލާލު ބޭރުގެ އަޅުވެތިކަމަށް ގޮސް ހަމަޖެހޭނެ ބުރާންތި ލަދެއް ހަޔާތެއްނެތް އަނގަކޮފަން.....
ދައުރު ނިމުމުގެކުރިން ވެރިކަން ވެއްޓޭނެ އިންޝާﷲ. އަނގަޔާ އަތާ ދިމާނުވެގެން އުޅޭއިރު އަދި އަލާފަ ހުރި ތަނެއް ބަޔަޔަކާ ހަވާލު ނުކުރެވިގެންއުޅޭއިރު ކޮންކަމެއް ކުރެވޭނީ ، ރޮއެހޭރިގެން އިންޑިޔާއަށް ދަރާވިކިގެން ކޮން ބޯހިޔާވަހިކަމެއް ، އިސްތިއުފާ ދީފަ ފިލާ ނުވާނެ ނުވާނެ ދެންވެސް ނުވާނެ.
ދައުރުނިމެންވާއިރައް ޝަރީއަތައް ތައްޔާރުވެ ހުންނާށެވެ.
ދައުރުނިމެންވާއިރަށް ގަވްމު އިންޑިއާގެ ސްޓޭޓަކަށް ބަދަލުކޮށް ނިމޭނެ ހެހެހެ !؟!؟!؟!؟!؟!؟!؟!؟!؟!؟!؟!؟!؟
ދައުރު ނިމޭނީ ކޮން ދުވަހަކު؟ މި ރ އްޖޭގެ ކުރީގެ ދައުރެއް ވެސް ނިމުނީ 30 އަހަރުން
އަންނި ވެރިކަމުގަ ހުރިއިރު ވެސް ތި ފަރެސްމާތޮޑާ އަސްލަމް އަތޮޅުތެރޭ މީހުންނަށް ތިގޮތަށް އަތުރާގެ އަޅާދޭން އުޅުނު. ހީވީ ދެންމެ ދެންމެ އެކަން ކޮއްފާނެހެން. ފަހުން އެކަން ނިމި ދިޔައީ އޭނާގެ ރައްޓެއްސަކު ތީސީސް ލިޔަން ހެދި ދިރާސާއަކަށް ވެގެން. މިފަހަރު މިކަން ނިމިދާނީ ފަރެސްމާތޮޑާ ނޫން އެހެން ރައްރަށުގެ މީހިންގެ ޝަރުތު ފުރިހަމަ ނުވާ ހިސާ ބުން
މިދައުރު ނިމެންދެން މީނަބައިންދައިފިއްޔާ އަަރެމެން މިގައުމުައިވާނީ ރެފިއުޖީންނަށް .
ގައުމު ވިއްކާލާ ވާހަކަ އޮށްބާލަން މޮޅު ވާހަކަ ދައްކާނެކަމެއް ނެތް. ވެރިކަމަށް އރި އަހަރު ބުނީ 20000 ހާްސް ފްލެޓް އަޅަން މި ސޮއިކުރީއޭ. ޖެހިގެން އައި އަހަރު ބުނެެ 10000 ފަލްޓް އަޅަނީޔޭ. ހަމަ އެއަހަރު ބުނީ 5000 ފްލެޓް އަޅަނީޔޭ. މިހާރު ތިކިޔަނީ 7000 ހާސް އަޅަނީޔޭ ހަމަ އެނޭވާގަ ތިކިޔަނީ އޭގެ އިތުރުން 4000 ހާހޭ. ވެރިކަމަށް އައީ އެތައް ބުުތާނު ދޮގެއް ހަދައިގެން ވެރިކަމަށް އަރާވެސް ތިކިޔާ އެއްޗެއް ގަބޫލެއް ނުކުރާނަން. ގަޅިހެދޭ ބައެއްކު އެބަތިބި. ނަމަވެސް ހޭލާތިބި މީހުން ތިބީ ހޭލާ
ބޯގޯސް ވެއްޖެ. ބުއއދި ފިލައިފި. ވަލަށް ވަދެވިްޖެ. ދެން އަވަހަށް ދީބަލަ ވާގަނފެެއް.ނޫނީ ކަތިވަޅިއެއް
ނުވާނެ ތިކަމެއް.
ހަސަންތަކުރުގެ އިބިރިހިމާތޯދޮގޮނިހަދަ!!!
ތިޔަވިދާޅުވާބޯހިޔާވަހިކަންދެއްވާނީ ދުނިޔޭންބޭރުންތޯ؟ ތިންއަހަރުވާންދާއިރު އަޅާފަހުރިބޯހިޔާވަހިކަމެއް ރައިއްޔަތުންނާ ހަވާލުނުކުރެވުނުބަޔަކަށް ބާކީމިއޮތްދެއަހަރުން ދިވެހިރައިއްޔަތަކަށް ބޯހިޔާވަހިކަމެއްފައިހިޔާވަހިކަމެއް ހޯދަދެވިދާނެކަމަށް ޤަބޫލުކުރަންތިބި 197 ބޭފުޅުން މިފަނާވެދަނިވިދުނިޔެ ދޫކުރަށްވައިފި! އެމަރުޙޫމުންނަށް ރަޙްމަތްލަށްވާށި!އާމީން! ދެން؟؟؟؟؟؟؟؟؟؟؟؟
މިސަރުކާރަކީ އޮޅުވާލުމާއި މަކަރާއި ހީލަތުގެ ސަރުކާރެއް.
ހިޔާ މަޝްރޫއުގެ ތެރެއިން ވުޖޫދުން ގެއްލުވާނުލެވުނު 7000 ފްލެޓްގެ ތެރެއިން އެއްބައި ކާލާފަ ދެން އޮތް ބައި ހަހާހެއްހާ މީހުނަށް ދެވޭނެ. މަދެއް ނޫންތާ! ހެޔޮކޮށް އެވިދާޅުވީ!
މިސަރުކާރުން އައިރުވެސް ނިމިފައި ހުރި ހިޔާ ފްލެޓްތައް ކުރީ ސަރުކާރު ދިއުމުގެ ކުރިން ހަވާލުކޮށް އެތަނަށް މީހުން ނުވެއްދީ ކީއްވެތޯ ހިތަށްއަރާ
ރަންގަޅު މާލޭގަ ގެދޮރު ހުރި މީހުންނަށާ ޕާޓީގެ ފޫ ސާފު ކޮއްދޭ މީހުންނަ ދިނީމަ ހަމަވާނެ . މާލޭގަ ހާލުގަ އުޅޭ މީހާ ހަމަ ހަލާކު ވާން ޖެހޭނި . އިންސާފުން ބަލާގެ ދޭނެ އެއްވެސް ވެރިއެ އަދި ނެއް.
މާތްކަލާކޯ. ﷲގެ ރަސްކަން ފުޅަށް ޓަކައި ދެން އިސްތިއުފާ ދެއްވާ . ފުދިއްޖެ. ފުދި އިތުރުވެސް ވެއްޖެ. ކީއްވެގެންތޯ ދެންއަންނަ ދައުރުގައި އޭ ވިދާޅުނުވި. ބަޔަކު ހަދާފައި ހުރިތަނެއްވެސް ނުވިތާކަށް މުއްޓެއް ނެތޭ ދޮރެއް ނެތޭ ކިޔާފައި އެގޮތަށް ވެސް ނުދެވުނު. ކުރެވޭ ކަމަކީ އިންޑިޔާ އަށް ބައި އެޅުން. އިބިލީހު ކާވެނި ދިވެހިންނަށް އެނގޭ.
އަމިއްލަ ދަތުރުތަކަށް 40 މިލިއަން ރުފިޔާ ޝަހުދުގެ އަމިއްލަ އެޖެންޑާ އެއް ޙާޞިލް ކުރުމަށް 4 މިލިއަން ރުފިޔާއަށް ވުރެ އިތުރަށް ޚަރަދު ކުރި އިރު ހުޅުމާލެއިން ފުލެޓް ލިބުނު ދިވެހިރައްޔިތުން ނަށް ޓަކައި އެ ފުލެޓް ތަކުގައި ދޮރުފަތް ހަރުކޮށް ފާޚާނާގައި މުށިކޮޅު ޖަހާނުލެވުނު، ދެން ކޮންކަމެއްތޯ ރައްޔިތުން ނަށް ކޮށްދެވޭނީ
ޔާމީން ސަރުކާރުން އެޅި ކޮތަރު ކޮށި ތަކަށް ވަންނަން ެެއެދޭ ރައްޔިތުން ނަށް އެތަނަށް ވަދެވޭނެ ގޮތެއް . ފަހިކޮށް ނުދެވުނު ކިހާދެރަތޯ؟
އިންޑިޔާ މީހުންނައް ތޯ ބޯހިޔާވަހިކަން ހޯދައިދެނީ. އަހަރުމެން ސޯލިހައް ވޯޓް ދިނީ ގައުމު އިންޑިޔާ މީހުންނައް ދޭކައް ނޫން. ހެޔޮވެރިކަމެއް ދިވެހިންނައް ކޮއްދެއްވުމައް.
ދައުރު ނިމެންވާއިރަށް ރާއްޖެ އޮންނަނީ އިންޑިޔާ އަތްދަަށުވެފަ. މޮޔަ ވާހަކަ ނުދައްކާ ސޯލުހޫ
ބިންގާ އެޅިކަމުގެ ނުވަތަ މަސައްކަތް ހަވާލުކޮށްފިކަމަށް ބުނެފައިވާ 2000+2000+1700 ފްލެޓާއި، ފެށުމަށް ތައްޔާރުވެފައިވާ 7000 ފްލެޓާއި ފައިސާ ހަމަޖެހިފައިވާ 4000 ފްލެޓާއެކު އަޅާ 16700 ފްލެޓް ރައްޔިތުންނަށް ލިބޭއިރު އިންޑިޔާއަށް ލިބެނީ؟
މިހާރު މަ ގަބޫލުކުރަން 20000 ފްލެޓް އެޅޭނެކަން. ވަރަށް ސިމްޕަލް. 10000 އަޅަން ބިމެއްދައްކާފަ ބުނާނީ ސޯސަލްއަށް އެޕްލިކޭޝަން ހުށަހަޅާ އެންމެންވެގެން ފްލެޓް އަޅާށޭ. ދެން 6000 ފްލެޓްގެ ބިންގާ އަޅާފަ ބުނާނީ އާދައިގެ ފަންތިއަށް ހުށަހެޅިމީހުންވެގެން ފްލެޓް އަޅާށޭ. ދެން 4000 ފްލެޓްގެ ކޮންކްރީޓް މަސައްކަތް ނިންމާފަ ބުނާނީ މެދުފަންތި މީހުންވެގެން ނިންމާލާށޭ. ދެން އެޑްވާންސް ނުނަގައި، ހަދަން 3 މަސްދިނީމަ މަހެއްހާ ދުވަސްތެރޭ ވައުދު ފުދޭނެ.
ސިފައިން ނާއި ފުލުހުންގެ ފުލެޓްތަށް އަދިވެސް ނުނިމޭ !
ހަސަންތަކުރުގެ އިބިރަާ 20000 ފުލެޓް 2އަހަރުން ، އެ
ދައުރުނިމޭއިރު ބޯހިޔާވާހިކަން ހޯދަން ދުނިޔޭގެ ބަޔަކު އުޅޭނެ ބާ؟! އެންމެން ޔޫގެ ދައުރުގަމަޜާހުސްކުރަނީ ނޫންތަ؟ ކޮވިޑަށްދީ، ރައްޔިތުންނައްކަމެއްކޮއްދޭނެ ނަމަ އިސްތިއުފާދީފަ ގެއަށްދޭ
ރައިީސުލްޖުމުހުޫރިއްޔަާ ގޮޑިކޮޅުގަ ކަލެޭ އިނުމަކިީ ދިވެހިން ލަދުގަންނަކަމެއް
ހެޔޮނުވާނެ. އަދުލުވެރި ވެރިއެއް ނޫން ތިޔައީ. ބިރުވެތިވެ އަވަހަށް އިސްތިއުފާދީ
ދައުރު ނިމެންވާއިރަށް އިންޑިޔާގެ އަޅުވެތިކަމަށް ދާނެތޯ؟
ދައުރު ދެބައިވެ އިތުރުވިއިރު ، ރައީސް ޔާމީންގެ ވެރިކަމުގައި ޕްލޭންކޮށް ފަންޑުހަމަޖައްސާފަ ނުވަތަ ފަށާފައޮތް ކަމެއްނޫނީ ނުކުރެވުނު~، ...!!!! ވެރިކަމާ ޙަވާލުވެފަ ކަންކުރވޭކަންދެއްކުމަށް ކުރިކަމަކީ އެއީ! މި ސަރުކާރުން ފަންޑުހޯދައިގެން ޕްލޭންކޮށް ކުރި އެއްވެސް މަސއްކަތެއް މިހާތަނަކަށްވެސް ނޯންނާނެ! ދެންވެސް ނުވާނެ!
ހުސްދޮގު
ތިވާހަކަވެސް މުހިއްމު. ނަމަވެސް ރާއްޖޭގެ ބިންތައް އިންޑިއާއަށް ދޭ ދިނުމުގެ ވާހަކަ ހުއްޓާލެވޭކަށްނެތް.
ދެން އަންނަ ދައުރެއްގައި ހަމަޔަގީނުންވެސް ނާގާބިލު މީހުންނަށް ވޯޓެއް ނުލިބޭނެ.
ރޔ އަކީ އަހަރުމެންގެ އުއްމީދު. އަޅުވެތިކަމުން ސަލާމަތް ކޮއްދިން އަދި ކޮއްދެވޭނެ މީހަކީވެސް އެއީ.
ބޯހިޔާވަހިކަމެއްވެސް އެކައްޗެއްވެސް ބޭނުމެއްނޫން އަވަހައް ފާބާ
ދައުރު ނިމެންވާއިރަށް ޤައުމާއި ދީން ވިއްކާލާތި.
ޔެސް ރައީސް ދާއިމީ ބޯހިޔާ ވަހިކަން ދެއްތޯ އެއީ ގަބުރުސްތާން އިން ދެއްތޯ؟ ވަރައްހީވޭ މިދާވަރުން ދަންޏާ ތިވައުދު ފުއްދޭނެހެން. ސުވާލަކީ 2023 ހަމަ އަށް އިބޫ އަށް ރައީސް ކަމުގާ ހުރެވޭނެތޯ؟ މީނު މިހާރު ބޮޑު ސުވާލަކީ. މާދަމާ ނަޝީދު އަޔަސް އެމްޑީޕީ ވަކަރުގޭ ކުދިން ގޮވައިގެން މަގުމައްޗަށް ނުކުތުންގާތީ.
ދައުރު ނިމެން ވާއިރަށް ބޯހިޔާވަހި ކަމެއް ވެސް ނޫން ލިބޭނީ. ރައްޔިތުން ބަނޑަށް ޖެހޭނީ.
އަޅުގަނޑަ ކީ ދުނިޔޭގަމިވަގުތުހުރި އެންމެމުސްސަދި ބިލިޔަނަރުއަނގައިން އެ ކަމަ ކު އެއްވެސް މިލް ކިއްޔާތެ ފައިސާއެއްނެތް މިއާ މިސަރު ކާރާ ހުރިތަފާތެެއް ރައްޔަތުންބުނެދީ
ސާބަސް ރައީސް