ކޮވިޑް ޖެހިގެން ލ.އަތޮޅު ގަމުން މީހަކު ނިޔާވެއްޖެއެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކޮވިޑް ޖެހިގެން ނިޔާވެފައި ވަނީ އަންހެނެކެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކޮވިޑް ޖެހިގެން ގަމުން ނިޔާވެފައި ވަނީ ބޮޑު ބައްޔަކަށް ބޭސް ކުރަމުން އައި މީހެކެވެ. އޭނާ ނިޔާވީ ދާދިފަހުން އިންޑިއާ އިން އައިސް ކަރަންޓީންގައި ހުއްޓާ ހާލު ދެރަވެގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ކަމަށް މައުލޫމާތު ލިބެއެވެ.

މާލެ ފިޔަވައި ކޮވިޑް ޖެހިގެން އެންމެ ގިނަ މީހުން ނިޔާވެފައި ވަނީ ލ.އަތޮޅުންނެވެ.

ގަމުގައި ހުންނަ ކޮވިޑް ފެސިލިޓީގައި މިހާތަނަށް ހަމީހަކު ނިޔާވެފައި ވެއެވެ. އަދި ލ.އަތޮޅުން ކޮވިޑް ޖެހުނު މީހަކު މާލެ ގެނައި ފަހުން ނިޔާވެފައި ވެއެވެ.

ކޮވިޑް ޖެހިގެން ރާއްޖެ އިން ނިޔާވި މީހުންގެ ޖުމްލަ އަދަދު މިހާރު 199 އަށް އަރައެވެ.

ކިޔުންތެރިންގެ ހިޔާލު