ކޮރަޕްޝަންގެ ތުހުމަތުގައި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު މަގާމުން ވަކިކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަތައް ރައީސް އޮފީހުން މިއަދު ދޮގުކޮށްފިއެވެ.
ސައީދު މަގާމުން ވަކި ކުރަން އުޅޭ ކަމުގެ ވާހަކަތަކެއް ދަނީ ފަތުރުމުންނެވެ. އަދި އަންނަ ހަފްތާގައި ސައީދު ވަކިކުރަން ނިންމާފައިވާ ކަމަށް ބުނެވެސް ބައެއް މީޑީއާތަކުން ރިޕޯޓް ކޮށްފައެވެ.
އެ ވާހަކަތަކުގެ ހަގީގަތް ބެލުމަށް "ވަގުތު" އިން ގުޅާލުމުން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، އެފަދަ އެއްވެސް އަދި މިހާތަނަށް ނިންމާފައިނުވާ ކަމަށެވެ. އެފަދަ ނިންމުމެއް ނިންމާފައިވާނަމަ އެކަން ހާމަކުރައްވާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
ސައީދު " ވަގުތު" އަށް ވިދާޅުވީ، އެފަދަ އިޝާރާތެއް އަދި މިހާތަނަށް ލިބިފައިނުވާ ކަމަށެވެ.
ފެނަކައާ ކުންފުނީގެ އެމްޑީއާ ގުޅޭ ގޮތުން ދޮގު ހަބަރު ފަތުރާ ކަމަށް ބުނެ ފުލުހަށް ވަނީ މައްސަލަ އެއް ހުށައަޅާފައެވެ.
ފެނައިކައިން ފޮނުވި ސިޓީގައި ވިދާޅުވީ ހިޔާލު ފާޅުކުރުގެ މިނިވަންކަން އޭގެ އެންމެ ފުޅާމިނުގައި ގާނޫނީ ނިޒާމުގެ ތެރޭގައި ލިބިދީފައި އޮންނަ އޮތުމަކީ، އާންމު ފަރުދުންނާއި ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރުގެ ކުންފުނިތައް ހިންގަން ތިބި އިސް ފަރާތްތަކުގެ އަބުރު ކަތިލައި އަގު ވެއްޓޭގޮތަށް އަމަލު ކުރުމަށް އެއްވެސް ރައްޔިތަކަށް ލިބިދީފައިވާ އިހްތިޔާރީ ހައްގެއް ނޫންކަމުގައި އެ ކުންފުނިން ދެކޭ ކަމަށެވެ.
ކުންފުންނާ މެދު ކަމާއި ހުށައެޅޭ ޝަކުވާތަކަށް ކަމާއި ގުޅުންހުރި ކޮންމެ މުއައްސަސާކުން އެދޭ ގޮތަށް ފުރިހަމަ އިޖާބަދީ އެއްބާރުލުން ދެމުންދާ ފަދައިން ކުރިއަތް އޮތް ތަނުގައިވެސް ސާބިތުކަމާއެކު އެ ފަރާތްތަކާއެކު މަސައްކަތް ކުރަމުންދާނެ ކަމަށް ފެނައިކަައިން ވިދާޅުވިއެވެ.
އާއްމު ރައްޔިތުންގެ މެދުގައި އެ ކުންފުންޏާ މެދުގައި ނުރަނގަޅު ތަސައްވުރެއް އުފެދޭ ގޮތަށް ފިތުނަ ފަސާދައަށް ޖާގަދެވި އާންމު މުޖުތަމައުގެ މަސަލްހަތަށް ބުރޫއަރާ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށް ބުނެ ފެނަކައިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ސައީދު މަގާމުން ވަކިކުރަން އުޅޭ ކަމުގެ ވާހަކަތައް ސަރުކާރުން ދޮގުކޮށްފައިވާއިރު އިލެކްޝަން ކޮމިޝަންގެ ރައީސްކަމުން އިސްތިއުފާ ދެއްވި އަހުމަދު ޝަރީފް ފެނަކައިގެ އިސްމަގާމަކަށް އައްޔަން ކުރަން އުޅޭ ކަމުގެ އަޑުތަކެއްވެސް ވަނީ ފެތުރިފައެވެ.
.ނުކެރޭނެ ވަކިކުރާކަ އް
އެކަން އަބަބަލަން