ކޮވިޑް-19 ޖެހިގެން ރާއްޖޭގައި ފަރުވާ ދެމުން ގެންދިޔަ ދެމީހަކު ނިޔާވެއްޖެއެވެ.

އެޗްޕީއޭ އިން ވިދާޅުވީ ކޮވިޑް ޖެހިގެން ރޭ މެންދަމު އެކަކު އަދި ރޭ ފަތިހު އެކަކު ނިޔާވެފައިވާ ކަމަށެވެ.

ރޭ 01:30 ގައި ނިޔާވެފައި ވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ގެންދިޔަ 55 އަހަރުގެ އިންޑިއާ ރައްޔިތެކެވެ. ފަތިހު 05:19 ގައި ނިޔާވެފައި ވަނީ 41 އަހަރުގެ ދިވެހިއްސެކެވެ. ކޮވިޑްގައި ނިޔާވި ދެމީހުންނަކީ ވެސް ފިރިހެނުންނެވެ.

ކޮވިޑް ޖެހިގެން ރާއްޖެ އިން ނިޔާވި މީހުންގެ އަދަދު މިހާރު ވަނީ 205 އަށް އަރާފައެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު މިހާރު ވަމުން އައި ނަމަވެސް ކޮވިޑް ޖެހިގެން ނިޔާވާ މީހުންގެ އަދަދު އަދިވެސް މަދެއް ނުވެއެވެ. ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ވެސް ކޮވިޑް ޖެހިގެން ތިން މީހުން ވަނީ ނިޔާވެފައެވެ.