މާލޭ ސަރަހައްދުގެ މިސްކިތްތަކުގައި މަސްތުވާތަކެތި ބޭނުން ކުރާ މީހުން އެތަކެތި ބޭނުން ކުރަން ވަންނަ މައްސަލަ ފަހަކަށް އައިސް ވަނީ ބޮޑުވެފައެވެ. މިފަދަ މަންޒަރުތައް ބައެއް ފަރާތްތަކަށް ފެނުނު ނަމަވެސް، ގިނަ ފަހަރު އަޅާ ނުލާ ދަނީ އެމީހުންގެ ނުލަފާކަން ދައްކާލާނެތީއެވެ.

އެހެން ނަމަވެސް ހަގީގަތަކީ އެފަދަ ހާލަތުގައި ތިބޭ ބަޔަކަށް ގިނަ ފަހަރު އެކަމެއް ކޮށްގެން ނުކުންނަ ވަގުތު އާންމުންގެ ރަނގަޅު ބައެއްގެ ކުރި މައްޗަށް ޖެހޭއިރު، "ސައިޒް" ވާނެ ކަމެވެ.

މީސްމީޑިއާގައި ދައުރުވަމުން މިހާރު އަންނަނީ އެފަދަ ގޮތަކަށް ނުބައި އަމަލެއް ކުރުމަށް މިސްކިތަކަށް ވަދެގެން އުޅެނިކޮށް ބަޔަކު ޒުވާން އުމުރުގެ މީހަކު އޭނާ ހިފަހައްޓާ މަންޒަރެވެ.

އެވީޑިއޯއިން ފެނިގެން ދަނީ 3-4 މީހަކު މިސްކިތަށް މަސްތުވާން ވެގެން ވަން މީހަކު ހިފަހައްޓައިގެން ކޮށްގެން މާލޭ މަގުމަތީގައި ތިބޭ މަންޒަރެކެވެ. އަދި އޭނާ މަސްތުވާން ގެންގުޅުނު އެއްޗެހިވެސް އެ ވީޑިއޯއިން ފެނިގެން ދެއެވެ.

އެވީޑިއޯގައި ވާހަކަ ދެއްކި މީހަކު ބުނާ ގޮތުން ނަމަ އޭނާ ނެރެފައިވަނީ މާލޭ ވިޔަފާރިވެރިންގެ މިސްކިތުގެ ފާހަނާ ތެރެއިންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހުން ހިފެހެއްޓި އެ ޒުވާނާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް އެވަގުތު ގެންގޮސްފައެވެ.

މިފަދަ ވީޑިއޯއެއް މީސްމީޑިއާގައި އާއްމުވެފައިވާއިރު، މި ފަހުން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މިސްކިތުގައި މަސްތުވެގެން ތިބި 15 މީހަކު ވަނީ ހައްޔަރު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޙަސަނުގެދަރި

    ކޮބާތަ ވީޑިއޯ

  2. ފޯކައިދޫ އިބްރާ

    ހަގީގަތުގަ މިސްކިއްތައް ބަންދު މިކުރަނީ މިކަހަލަ އަމަލު ހިންގާމީހުންނައް ފުރުސަތުދީ އެކަން ކުރުމައްކަމައް ލަފާކުރެވެނީ އެއީ ސިސަލް ކަހަލަ ގައުމުތަކުގެ ތަޖްރިބާގެ އަލީގަކަމައް ލަފާ ކުރެވެނީ މައްކާ މަދީނާގައިވެސް އެދައްކަނީ ދުރު ދުރުގަ ތިބެގެން ނަމާދް ކުރެވޭގޮތައް މިސްކިއަތަކުގަ ނަމާދު ކުރެވޭގޮތައް

    3
    1
  3. ޢބްދުއްﷲ

    މިސްކިތަށް މަސްތުވާތަކެތި ބޭނުން ކުރަން ވަން މީހަކު އާއްމުން ހިފަހައްޓާ މަންޒަރު!

    9 ގަޑިއިރު ކުރިން ( ޖޫން 19, 2021 )

    ހާދަ ކަށިމަޑޭދޯ؟