ސަރުކާރުގެ ފަރާތުން ރައްޔިތުން މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ހުށަހެޅުއްވި ނަފްރަތުގެ ބިލް މަޖިލިހުން ބޭރުކުރުމަށް ގޮވާލައި ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފިއެވެ.
"ބޭން ސެކިއުލާ ބިލް" ގެ ނަމުގައި ހަދައިގެން އުޅޭ މި ޕެޓިޝަން މީސްމީޑިއާގައި އެންމެ ގަދައަށް ޝެއާ ކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރުކަން ކުރެއްވި އަލްހާން ފަހުމީއެވެ.
މި ޕެޓިޝަންގައި ސޮއި ކުރައްވާ!
ސެކިޔުލަރ ބިލު މަޖްލިހުން ބޭރުކުރުމަށް ގޮވާލައްވާ!
People's Majilis : #BanSecularBill - Sign the Petition! https://t.co/PKEeah20VR via @Change#BanSecularBill— Alhan Fahmy (@AlhanFahmy) June 19, 2021
އެ ޕެޓިޝަނުގައި ވަނީ ރާއްޖެއަށް ޒަމާނީ ޑިމޮކްރެސީގެ ނިޒާމް ތައާރަފްވުމާ އެކު ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ވަރަށް ބޮޑަށް ފުޅާވެގެން ދިޔަ ކަމަށް ބުނެފައެވެ. ނަމަވެސް އެ މިނިވަންކަމުގެ ނާޖާއިޒް ފައިދާ ހިފައިގެން ދީނާ ދެކޮޅަށް އޭރުން ފެށިގެން ބަޔަކު ޝުއޫރު ފާޅުކުރަމުންދާ ކަމަށް ބުނެފައިވެއެވެ.
އެގޮތުން އެންމެ ފާޅުކަން ބޮޑު ގޮތެއްގައި ދީނާއި ދެކޮޅަށް ވާހަކަދައްކަމުންދާ އެއް ބޭފުޅަކީ ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ކަމަށް އެ ޕެޓިޝަނުގައި ބުނެފައި ވާއިރު ގުރުއާނާއި ސުންތާއި ފުށުއަރާ އެތައް ވާހަކައެއް އެމަނިކުފާނު ދައްކާފައިވާކަން ފާހަގަކޮށްފައިވެއެވެ
ރާއްޖޭގެ ދީނަކީ އިސްލާމް ދީން ކަމަށާއި، ގާނޫނުތަކާއި ގަވާއިދުތައް ބިނާވާން ޖެހޭނީ އިސްލާމީ ޝަރީއަތުގެ މައްޗަށް ކަމަށް ގާނޫނުއަސާސީގައި ބުނެފައިވާ އިރު ދީނާ ދެކޮޅަށް ޝުއޫރު ފާޅުކުރުމުގެ މިނިވަންކަން ލިބިގެން ނުވާނެ ކަމަށް ބުނެ މި ޕެޓިޝަނުގައި ވަނީ ލާދިނީ ގޮވުން މަނާކޮށް، ގާނޫނީ ކުށަކަށް ހަދަން ހުށަހަޅާފައިވާ މި ބިލް ބޭރު ކުރުމަށް ގޮވާލައިފައެވެ.
އަދި މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ބިލް ގާނޫނަކަށް ވެއްޖެ ނަމަ ރާއްޖޭގެ އިސްލާމީ ވަހުދަތު ނެތި ދިއުމުގެ ބިރުވެރިކަމާ ކުރިމަތިލާން ޖެހޭނެ ކަމަށް ބުނެފައިވެއެވެ. އަދި އެ ބިލް މަޖިލީހުގެ ތަޅުމުން ބޭރުކުރުމަށް ވެސް ގޮވާލާފައިވެއެވެ.
އެ ބިލާ ދެކޮޅަށް މިހާތަނަށް 80 އަށް ވުރެ ގިނަ ކައުންސިލުން ވެސް ބަޔާންތައް ނެރެފައިވާއިރު، އެ ބިލު އަނބުރާ ގެންދިޔުމަށް ގޮވާލާ ރާއްޖޭގެ 101 އިލްމުވެރިޔަކު ސޮއިކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަނީ ޕެޓިޝަނެއް ވެސް ފޮނުވައިފައެވެ.
ތި ޕެޓިޝަން އޮޅާލާ ހިމަކޮށް
ދުލާއި ގަލަމުގެ މިނިވަން ކަން ހޯދަން އެންމެ ބޮޑަށް ވަކާލާތު ކުރިމީހުން މިއަދު އެކަން އެކޮޅު ކޮޅުން ޖަހަނީތޯ ؟ ކުއްވެ ރިން ކު ރާ ކުށުގެ ބަހަނާ ދައްކައިގެން !
އެދުވަހު އެ މިނިވަން ކަން ހޯދީ އަދި މިހާރު އެ މިނިވަން ކަން ނަގާލަން އެ އުޅެނީ އެއް ސަބަބަށްޓަކައި. އެއީ މިތާ ލާދީނިއްޔަތު ފެތުރުން
މިވެރިކަމަކައްވެސް އެއްބަހެއްނޫން އަލްހާނަކައްވެސް އެއްބަހެއްނޫން.
ﷲ އާއި ރަސޫލާ އައް ބަދު ބަސް ބުނާ މީހާ މިނިވަން. އެއީ ލާދީނީ ކަމެކޭ ބުނެލިކަމައްޓަކާ ޝޭހު ޖަލުގަ. މިކަން ބަލައި ނުގެނެވޭނެ. އެންމެނަށް މީގައި ސޮއެ ކުރަން ނަސޭހަތް ތެރިވަން
ނަފުތަތު އިފެއްދުމާއި ހަރުކަށިފިކުރަށް ލޯބިވާމީހުން އެނގޭނެ
މ މީ ސޮއިކުރަންޖެހޭ ކަ މައް އަޅުގަނޑު ނުދެކެން ސަބަކީ މަޖުލިުގައި ތިބީ ރައްޔިތުން ހޮވާފަތިބި މުސްލިމުން މީ 100% މުސްލި މު ގައު މެއް...ސި މްޕަލް...ވަރައްސާފު...