ރާއްޖެއަށް އިންޑިއާއިން ދީފައިވާ ދެ ހެލިކަޕްޓަރު ގެންދަން އެންގި މައްސަލާގައި ހައްލެއް ހޯދަން މަޝްވަރާ ކުރަން ނިންމައިފިއެވެ.
ދަ ހިންދޫއިން ބުނެފައިވާ ގޮތުގައި ދެ ގައުމުގެ ދެމެދުގައި މިމަހުގެ ފަހުކޮޅު މަޝްވަރާ ބައްދަލުވުންތަކެއް ބާއްވަން ހަމަޖެހިފައިވާ ކަމަށެވެ. އެ މައްސަލާގައި ވާހަކަ ދެއްކުމަށް ދެ ގައުމުގެ ދިފާއީ އިސްވެރިންތަކެއް މިމަހުގެ ފަހުކޮޅު ބައްދަލު ކުރާނެއެވެ.
އިންޑިއާއާއި ރާއްޖޭގެ ގުޅުން ވަރަށް ބޮޑަށް ހީނަރުވެފައިވާ އިރު ރާއްޖެއިން ބުނެފައިވަނީ ދެ ހެލިކަޕްޓަރު ގެންދަން އަންގާފައިވަނީ ރާއްޖެއިން ޑޯނިއާ ފްލައިޓެއް ބޭނުންވާތީއެވެ. އިންޑިއާއިން ވަނީ ޑޯނިއާ ފްލައިޓެއް ދޭނެ ކަމަށް ކުރިން ބުނެފައެވެ.
މީގެ ކުރިން ވަނީ އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރު ގެންދަން އެންގި މައްސަލާގައި އިންޑިއާއިން އަމަލު ކުރާނެ ގޮތަކާ މެދު މަޝްވަރާކޮށްފައެވެ.
މި މަޝްވަރާތަށް ބާއްވާފައިވަނީ އިންޑިއާގެ ހާރިޖީ ވަޒީރު ޝުޝްމާ ސުވަރާޖެވެ. ދަ ހިންދޫއިން ބުނެފައިވާ ގޮތުގައި މަޝްވަރާކޮށްފައިވަނީ އިންޑިއާއިން ދެން އަމަލު ކުރާނެ ގޮތްތަކަކާ މެދުއެވެ.
އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒްގެ ދެ އޮފިޝަލަކާއި ހަވާލާދީ އެ ނޫހުން ބުނެފައިވާ ގޮތުގައި މަޝްވަރާކޮށްފައިވަނީ މި މަހުގެ ނިޔަލަށް ދެ ހެލިކަޕްޓަރު ގެންދަން އަންގާފައިވާތީއެވެ.
އެނޫހުގައި އިތުރަށް ބުނެފައިވަނީ މި ހެލިކޮޕްޓަރު ރާއްޖޭގައި ބޭއްވުމަށް ހެދުނު އެއްބަސްވުމުގެ މުއްދަތު މިދިޔަ މަހު ހަމަވިއިރުވެސް އެ އެއްބަސްވުން އާ ކުރަން ރާއްޖެއިން ބޭނުން ނުވާކަމަށާއި ރާއްޖެއިން ބޭނުންވަނީ އިންޑިއާއިން ހަދިޔާކުރި ދެ ހެލިކޮޕްޓަރު ވެސް ޖޫން މަސް ނިމުމުން އަބުރާ ފޮނުވާލަން ކަމަށެވެ.
އިންޑިއާއިން ރާއްޖެއަށް ދީފައިވާ ދެ ހެލިކޮޕްޓާރުގެ ތެރެއިން އެއް ހެލިކޮޕްޓަރު ބާއްވާފައި އޮންނަނީ އައްޑޫގައެވެ. ދެވަނަ ހެލިކޮޕްޓަރު އޮންނަނީ ލ އަތޮޅުގައެވެ.
ދިވެހި ސަރުކާރުން ބުނެފައިވާ ގޮތުގައި ދެ ހެލިކަޕްޓަރު ގެންދަން އަންގާފައިވަނީ ރާއްޖެއިން ޑޯނިއާ މެރިޓައިމް ސަވައިލެންސް އެއާކްރާފްޓެއް ބޭނުންވާތީއެވެ.
މީގެ ކުރިން ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ރާއްޖެއަށް އިންޑިއާ އިން ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރު އަނބުރާ ފޮނުވާލަން ރާއްޖެ އިން ބޭނުން ވަނީ ހެލިކޮޕްޓަރު ދުއްވުމުގައި އެއްވެސް ވަރަކަށް ދިވެހި ސިފައިން ބައިވެރި ނުކުރާތީ އެކަމާއި ހިތްހަމަނުޖެހިގެންނެވެ.
ތިޔާ މަޝްވަރާ ކުރި ނަމަވެސް ތިޔާ ދެ ހެލިކޮޕްޓަރު ރާއްޖޭގައި ބާއްވަން އިންޑިއާ އިން ބޭނުން ނަމަ ތިޔާ ދެ ހެލި ކޮޕްޓަރު މާލެ އާއި ވިލިގިލި އާއި ދެމެދު ކަނޑުއޮޅި އަށް ފައްތާލާ. ފައްތާލާ އިރު އިންޑިއާ އެމްބަސޭ އަށް ވެސް ދައުވަތު ދިނުމުން ހުންނާނީ ރަނގަޅަށެވެ.
ގެންދާށޭ ބުނީމަ ދެން ގެންދަންވީނުން.
ރަނގަޅު ނިންމުމެއް އިންޑިޔާ އިން ބޭނުންހާ ގޮތަކަށް ރާއްޖެއާ ދޭތެރޭ ކަން ކަން ކުރުމުގެ ފުރުސަތު ދެވިގެން ނުވާނެ 2 ހެލިކޮޕްޓަރުވެސް ފޮނުވާލަން ފެނޭ!
ތި އެއްޗެއް ތިހާ ވަރުން ނުގެންދަން އުޅޭ ކަމުގެ ފަހަތުގައި ފޮރިވިފައިވާ ބޮޑު ސިއްރެއް ވާނެ
ތިބުނާ ދެހެލިކޮޕްޓަރަާއި 30 ސީކްރެޓް ސަރވިސް އިންޑިޔާސިފައިން މިގައުމުގަ ތިބެންޖެހޭ ސަބަބެއް އެބައޮތްތޯ!؟
އިންޑިއާގެ މަކަރުވެރިކަމާމެދު ދިވެހިން ހޭވެރިވާންވާނެއެވެ. އަނެއްކާ ތިއުޅެނީ ތިޔައެތިގަނޑެއް ބޮލުގަ އަޅުވައިގެން މިރާއްޖެއަށް ޖާސޫސްކުރެވޭތޯއެވެ. މިފަހަރު ވާނީ ތިޔަ ހެލިކޮޕްޓަރ ފޮނުވާލާށެވެ. މިކަހަލަ ދެވަނަ ފުރުސަތެއް ދެން ނުލިބިދާނެއެވެ.
ޢަރަތް:-އިޑިޔާއިން ހަދިޔާކުރި ހެލިކެޕްތަރެއް އެގްރިމަންޓް ައާނުވެގެން ޕައިލެޓުންގެ ވިސާއަ ނުވެގެން ދިވެހިން އަތައް ދުއްވާކަ ދޭން ބޭނުމެއބޭނުމެއް ނުން މނޑފ ލޯގޯ ޖަހާފަ
ޖ:-ޖާސޫސްކުރުން ، އަތްގަދަކުން ،
ޙެހެ ރަޔިތުން ބޭނުން (ހަދިޔާ)ގެމާނަ އެހެންކިޔާފަ ގަޔައް ބޮލަ ހަމައަރަން ވީތޯ
މިއީ ބޭނުން އެއްޗެއް ނޫން. މިއީ ޖާސޫސް ކުރާ އެއްޗެއް.
މަޝްވަރާއެއް ކުރާނެ ކަމެއް ނެތް. ތި އެއްޗިހިތައް މިތަނަކަށް ގެންނާނެ ކަމެއްވެސް ނެތް.
ހެލިކަޕްޓަރު ބަލަހައްޓަން ކިޔާފަ 50 ވަރަކަށް އިންޑިއާ ސިފައިން ރާއްޖޭގައި ޙަރަކާތްތެރިވޭ.. ދިވެހި ސިފައިން ހެލިކަޕްޓަރ އޮޕަރޭޓް ކުރަން އިންޑިއާ ސިފައިން ބޭނުމެއްނުވޭ.. އެ ފުރުސަތެއް ނުދޭ.. އެމީހުން އެ ބަލަހައްޓަން ޖެހެނީ.. ހިޔަޅުވެގެން ކަންތަކެއް ނުވާނެ.. ދެފަރާތުގެވެސް އިޚްލާސްތެރިކަން އޮންނަން ވާނެ.. ދުނިޔޭގެ އެއްވެސް ގައުމެއްގަ އިންޑިއާއިން ބޭނުންވާ ގޮތަށް ކަންކަން ކުރަން ފުރުސަތެއް ނުދޭނެ..
އެމެރިކާ ހަދާހެން ދުނިޔޭގެއެކިގައުމުތަކުގަ އެމީހުންގެ ރިޒާވް ފޯސް ގައުމުގެ ބަޖެޓަށް ބާރުބޮޑު ނުވާނެހެން ބޭއްވުމަށް އެހެން ގައުމުތަކަށް މިފކނުވާލަނީ. ހަނގުރާމަ ކުރަންވީމަ ބޮޑު ފޯސްއެއްއޮންނާނެ ގޮތަށް ކުރާކަމެއް އެއީ
އެއީ ހަދިޔާ ކޮށްފައޮތް އެއްޗެއްނޫން އެއީ ޖުޙާ ގެ ވިއްކި ގޮތަށް ދީފައޮތް އެއްޗެއެް ބޭނުމަކީ އިންޑިއާ ސިފައިން މިތާ ތިބެގެން ޖާސޫސްކުރުން
ޖާސޫސީ އެއްޗެހި ބަހައްޓާނެ ކަމެއްނެތް. ފޮނުވާލާ.
ކިހާދެރަކަމެއް. ގެންދިޔާމަ އިންޑިޔާއަށް އިތުރު 2 ހެލިކޮޕްޓަރ ލިބުނީނު. ކީއްވެތަ މިދޭތިދިވެހިރާއްޖޭގަ ބޭއްވުމަށް މިވަރަށް މިބޭނުންވަނީ.
ބޭނުމެއް ނޫނޭ ބުނީމަވެސް ގަދަކަމުން ދިވެހިރާއްޖޭގަ މިބާއްވަންޖެހޭތަ؟
ކާކުބުނީ ހަދިޔާ ކޮށްފައޭ.... އިންޑިޔާއިން ހަދިޔާކުރި ހެލިކޮޕްޓަރެއް ދިވެހި ފަސްގަނޑަކު ނޯންނާނެ... އެއީ ރައްޖޭގަ އިންޑިޔާ ސިފައިން ހިންގާ އޮޕަރޭޝަންއެއް. ވާނުވާ ނޭގޭގޮތަށް ޚަބަރު ނުޖަހާ....
ބޮޑުވެއްޖެ ކަމެށްތީ ކީއްކުރަން ރާއްޖޭގަ ބާއްވާ ހެލިކޮޕުޓަރެއް އަހަރެމެން ބޭނުމެއްނޫން އިންޑިއާ މީހުން ހަމަ އެކަނި ދުއްވާ ގޮތަށް ތީތި ރާއްޖޭގަބާއްވާކަށް. ޢަވަހައް ފޮނުވާލާ ..