މާލޭގައި އިއުލާންކޮށްފައި އޮންނަ ކާފިއު ހަވީރު 18:00 އިން ފަތިހު 04:00 އަށް ބަދަލުކުރަން ނިންމައިފިއެވެ.

އެހެންކަމުން މިހާރު ކާފިއު އޮންނަ ވަގުތުން ދެގަޑިއިރު މިބަދަލުގެ ސަބަބުން މަދުވެގެން ދާނެއެވެ.

މިހާރު އަމަލު ކުރަމުން އަންނަ އުސޫލަކީ ހަވީރު 16:00 އިން ފަތިހު 04:00 އަށް ކާފިއު ހިންގުމެވެ. އަދި ފަތިހު 4:00 އިން 8:00 އަށް އެކަނި ކަސްރަތު ކުރުމަށް ޕާމިޓާއި ނުލާ ބޭރުގައި އުޅެވޭނެއެވެ.

ކާފިއު ގަޑި ފިޔަވައި އެހެން ގަޑިތަކުގައި ކޮންމެ ގެއަކަށް ދޫކޮށްފައިވާ މީޓަރު ހުއްދައާއިއެކު ގެއިން ބޭރަށް ނިކުމެވޭނެއެވެ.

ރައީސް އޮފީހުން މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ، މި ގެނެވުނު ބަދަލާއެކު އިތުރު ދެ ގަޑިއިރު ވިޔަފާރި ކުރުމުގައި އުޅެންް ލިބޭނެ ކަމަށެވެ.

"އެހެންވީމަ ހެނދުނު 8:00 އިން ފެށިގެން ހަވީރު 18:00 އާ ހަމައަށް އެ ލިބޭ ވަގުތުގެ ތެރޭގައި މިހާރެކޭ އެއްގޮތަށް ޕާމިޓާއި އެކީގައި ވިޔަފާރި ކުރުމުގެ ހުއްދަ ހުޅުވާލަނީ".މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ، މިއީ ވިޔަފާރި ކުރުމަށް އިތުރު ވަގުތު ލިބޭނެ ކަމެއް ކަމަށެވެ. އެގޮތުން އޮފީސް ނިންމާފައި މިހާރު ވިޔަފާރި ކުރަން މީހުންނަށް ފުރުސަތު ލިބޭނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި ވިޔަފާރިތަކަށާއި، ރެސްޓޯރެންޓް ހިންގާ ފަރާތްތަކަށްވެސް ލިބިގެން ދާނެ ރަނގަޅު ފުުރުސަތެއް ކަން މަބްރޫކް ފާހަގަކުރެއްވިއެވެ.

ކޮވިޑާއި ގުޅިގެން މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަަވަޅުތަކަށް ލުއިދޭން ނިންމީ، މާލެ ސަރަހައްދުގައި ކޮވިޑަށް ފައްސިވާ މީހުންގެ އަދަދުތައްް މަދުވާން ފެށުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަހުމަދު ނީޒް

    މިހާރު ދީފަ އިންނަނީ ގަަޑި ކަނޑަ އަޅާފަ. ދެން ކާޑުގަ އިން ގަޑި ބަދަލުވާނެ ގޮތެ އް ބަލަން ޖެހޭ

  2. އިބްރާހިމް

    ކޮވިޑުގެ ނަމުގަ ރައްޔިތުން އަލުވެތި ކުރުން ނިންމަން ވެއްޖެއްނު
    އިބޫއަށް ނުވައްޏާ އިސްތިއުފާދީ

    13
    1
  3. ސާފެއް ނުވޭ

    "އެހެންވީމަ ހެނދުނު 8:00 އިން ފެށިގެން ހަވީރު 18:00 އާ ހަމައަށް އެ ލިބޭ ވަގުތުގެ ތެރޭގައި މިހާރެކޭ އެއްގޮތަށް ޕާމިޓާއި އެކީގައި ވިޔަފާރި ކުރުމުގެ ހުއްދަ ހުޅުވާލަނީ".މަބްރޫކް ވިދާޅުވިއެވެ. މަބްރޫކް ވިދާޅުވީ، މިއީ ވިޔަފާރި ކުރުމަށް އިތުރު ވަގުތު ލިބޭނެ ކަމެއް ކަމަށެވެ. "
    ޕާރމިޓް އޮންނަނީ ކޮންމެ ދުވަހަކު 4 ގަޑި އިރަށް. 2 ދުވަހުން 1 ދުަވހު ހެނދުނު 8 - 12 އަށް. އަނެއްދުވަހު 12- 4 އަށް. 18:00 އަށް ހެދުމަކުން ލިބުނު އިތުރު ވަގުތެއް ނޭނގޭ.

  4. މާމީ

    ޖުރުމާނާ ކުރަން ތަންކޮޅެއްމަދުން ލިބޭތީ ތި އުޅެނީ ޕާމިޓުނަގާގެން ވަރައް ވިއަފާރި ކުރެވޭނެ ވިއަފާރި ކުރާ މީހުން މުޅިން ބަނގުރޫޓު ތިޔަކޮއްލަނީ އިންޑިއާ ވިއަފާރި ވެރިންނައް އަވަހައް ހުޅުވާލާ އެމީހުނަކީ ކޮވިޑު ފުރީބައެއް ... ލަދެއްވެސް ނިގަނޭދޯ ވިއަފާރިއޭ ކިއާފަ ވާހަކަ ދައްކަން.