ދިވެހި ބަހާއި އަދަބިއްޔާތައް ގިނަ ހިދުމަތް ކުރައްވާފައިވާ ލިޔުންތެރިޔާ އަދި ޅެންވެރިޔާ މުހައްމަދު ނަސީރު (މާޅޮހު ނަސީރު) އަވަހާރަ ވެއްޖެ އެވެ.

ނަސީރުގެ ގާތް ބޭފުޅަކު "ވަގުތު" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ނަސީރު އަވަހާރަވީ ނަސީރު އަވަހާރަވީ ކޮވިޑް-19 އިން ރަނގަޅުވި ފަހުން ފުއްޕާމޭގެ އާލާސްކަންފުޅެއްގައި އައިޖީއެމްއެޗްގައި ރޭ މެންދަމު 1:30 ހާއިރު އެވެ. ނަސީރު އަވަހާރަވިއިރު ކޮވިޑުން ރަނގަޅުވިތާ ދުވަސްކޮޅެއް ވެއްޖެއެވެ. އޭނާގެ ޖަނާޒާ މިއަދު ހެނދުނު 7:00 ޖެހިއިރު އާސަހަރާގައި ވަނީ ބާއްވާފަ އެވެ.

ނަސީރު ވަނީ ބ.އަތޮޅުވެރިޔާގެ އެހީތެރިޔާގެ މަގާމާއި މާޅޮހު ކަތީބުކަން ގިނަ ދުވަސްތަކެއް ވަންދެން ކުރައްވާފަ އެވެ.

ނަސީރުގެ އަދަބީ ހިދުމަތައް ބަލާއިރު އޭނާގެ އެންމެ ހާއްސަ އެއް ރޮނގަކީ ތާރީޚީ ލިޔުއްވުންތަކުގެ ރޮނގެވެ. ނަމަވެސް އޭގެ އިތުރުން ޅެންވެރިކަމުގައި ވެސް އެއީ ފާހަގަ ކޮށްލެވޭ ބޭފުޅެކެވެ. ބައެއް ނޫސްތަކަށް ނަސީރު ވަނީ ކޮލަމިސްޓެއްގެ ގޮތުގައި ވެސް ލިޔުއްވާފައެވެ.

ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގެ ފަހުކޮޅު ނޫސްވެރިކަމަށް ލިބިގެން ދިޔަ މިނިވަންކަމާއިއެކު ނަސީރު ލިޔުއްވި ބައެއް ކޮލަމްތަކާއި ސިޔާސީ ލިޔުންތަކަށް އާއްމުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔައެވެ.

ނަސީރު އަވަހާރަވިއިރު އަނބިކަނބަލުންނާއި ތިން އަންހެން ކުދިންނާއި ކާފަ ވިދާޅުވާ ހަތް ކުދިން ދުނިޔޭގައި އެބަތިއްބެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    އެމްޑީޕީ އުފެދިގެން އައިއިރު ނެރުނު ގިނަ ނޫސްތަކުން މި ބޭފުޅާގެ ވަަރަށް ގިނަ އާޓިކަލްތައް ފެނުނު.ބިނާކުރުވަނިވި ފާޑުކިޔަން ކުޅަދާނަ ނޫސްވެރިއެއްގެ ގޮތުގަ ނަސީރު ފާހަގަކުރެވުނު.ހެޔޮ ރަހްމަތް ލައްވާށި.އާމީން.

  2. Anonymous

    ލީލާގެ ބައްޕާފުޅަށް ދާއިމީ ސުވަރުގެ މިންވަރު ކުރައްވާ ލީލާއާއި ޢާއިލާ އަށް ،ް ކެތްތެރިކަން ދެއްވާށި އާމީން.
    ލީލާގެ ނަންބަރު ނޭނގޭތީ ތައްޒިޔާ ނުދެންނެވުނު

  3. ޖަޒީރާ އެލެކުސް

    މާޅޮސް ނަސީރަކީ ދިވެހި ލިޔުންތެރިކަމާއި އަދަބިއްޔާތައް ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެއް. ނިޔާވި އިރުވެސް ޕަބްލިޝްނުކުރެވި ހުރި ގިނަ ލިޔުންތައް ހުރިކަމަށް ވެއެވެ. ވީމާ އެލިޔުންތައް ޕަބްލިޝްކުރެވޭނެ ގޮތް ހައްދަވައި ދެއްވަން އެބަޖެހޭ ބަހުގެ އެކަޑެމީގެ ފަރާތުން