އިންޑިއާގެ ޑިޕްލޮމެޓުންގެ ކަރާމާތައް ދިވެހިން އަރައިގަންނަ މައްސަލަ ފުލުހުން ބަލަން ފަށައިފިކަމަށް ރައްޔިތުން މަޖިލީހުގެ ފޮރިން ރިލޭޝަން ކޮމެޓީގެ މުގައްރިރު މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް) ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނާއި އެ ތަނުގެ އިސްވެރިންގެ ކަރާމަތަށް ރާއްޖޭގެ ބައެއް މީޑިއާތަކުންނާއި މީސް މީޑިއާ ޕޯސްޓްތަކުން "ހަމަލާ ދޭ" ކަމަށް ބުނެ، އެކަން ހުއްޓުވަން ފިޔަވަޅު އަޅައިދޭން އިންޑިއާ ހައިކޮމިޝަނުން ވަނީ ރާއްޖޭގެ ފޮރިން މިނިސްޓްރީއަށް ފޮނުވި ސިޓީއެއްގައި އެދިފައެވެ.

ޝަރީފް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންޑިއާގެ ހައިކޮމިޝަނާއި ދެކޮޅަށް ހަމަނުޖެހުން ހިންގަން މީސް މީޑިއާގައި ގޮވާލަމުންދާ ގޮވާލުންތައް ފޮރިން ރިލޭޝަން ކޮމެޓީގެ މުގައްރިރުގެ ހައިސިއްޔަތުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި މިމައްސަލަ ފުލުހުން މިހާރު ތަހްގީގު ކުރަމުން ގެންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޝަރީފްގެ ޓްވީޓްގައި ރައީސް ސޯލިހާއި ފޮރިން މިނިސްޓަރު ޝާހިދާއި ރާއްޖެ އަށް އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ވެސް ޓެގް ކޮށްފައި ވެއެވެ.

އިންޑިއާ ހައިކޮމިޝަނުން ރާއްޖޭގެ ފޮރިން މިނިސްޓްރީއަށް ފޮނުވި ސިޓީ އާއި ގުޅިގެން ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ. އިންޑިއާ ހައިކޮމިޝަނުން ފޮނުވި ސިޓީ އަކީ ވިއެނާ ކޮންވެންޝަން އިން ލިބޭ ހައްގުތަކަށް ހަވާލާދީ ފޮނުވި ސިޓީއެއް ނަމަވެސް ވިއެނާ ކޮންވެންޝަނުން ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް ނާޅާކަން ގިނަ ބަޔަކު އަންނަނީ ފާހަގަ ކުރަމުންނެވެ.

އިންޑިއާ ހައިކޮމިޝަނުން ހުށަހެޅި މައްސަލަ ބަލައިދިނުމަށް ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީން މިހާރު ވަނީ މޯލްޑިވްސް މީޑިއާ ކައުންސިލްގައި އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. Anonymous

    މިހާރު މިޤައުމުގައި ހުއްރިއްޔަތެއް ބުއްރިއްޔަތެއް ވެސް ނެތީތާ

    41
  2. ހުސޭނުބޭ

    އިންޑިޔާ ޑިޕްލޮމޭޓުން ދިވެހިންގެ ކަރާމަތަށް އަރާގަރުމުގެ މައްސަލަ ބަލަނީ ކޮން ދުވަހަކުން
    އަހަރެން ހަދާންއެބަހުރި 2013 ވަނަ އަހަރު ރިއާސީ އިންތިޚާބުގައި އިންޑިޔާގެ ހައިކޮމިޝަނަރު ދިވެހިންނަށް ބިރުދައްކަން ކާރުގައި ދިދަޖަހާފައި އިލެކްޝަން ކޮމިޝަންއަށް ގެޅިގަތް ދުވަސްމަތިން

    43
  3. ޚުލާސާ

    މަވޯޓާ ދަރިފުޅު އިންދެގެން އިޅެނީ ..އިންޑިއަންއަކާދޯ

    42
    1
  4. Anonymous

    ރޭޕިސްތާން ބޭރުކުރޭ . އެހެން ނޫނީ އަހަރެމެން ނުކުމެ ލަފުގަ ހިފާފަ ބޭރުކުރައިރު ތަފާތުވާނެ

    48
    1
  5. ބުއްޅަބެ

    އިންޑިޔާ އައުޓް.

    48
    • ޙައްގުބަސް

      އިންޑިޔާއައުޓް# މިހެން ދިވެހި ކޮންމެ ގެއެއްގެ ބެލްކަނީގައި ބެނާތަކުގައި ލިޔެ އެންމެނަށް ފެންނަހެން ދަމަންވީ!! މިއީ އެއްވެސް ގާނޫނަކާ އަދި ގަވާޢިދަކާވެސް ޚިލާފްވާނެ ކަމެއްނޫން!! އިސްލާމްދީނުގެ އަސްލުތަކާ ޚިލާފުނުވާގޮތެއްގެމަތީން ދިވެހިންގެ ޝުޢޫރު ކޮންމެ ދިވެއްސަކަށްވެސް ފާޅުކުރުމުގެ ޙައްގު ގާނޫނުއަސާސީން ލިބިދީފައިވޭ! މިކެމްޕޭން އިތުރަށް ވަރުގަދަކޮށް ކުރިއަށް ގެންދަންޖެހޭ ހިސާބަށް ކަންތައްތަށްވެ ނިމިއްޖެ! ހިތްވަރާއެކު ގައުމަށް ހެޔޮއެދޭ އެންމެން މަސައްކަތްކުރަންޖެހޭ!!

  6. Anonymous

    ސަރީފު ދިވެހިންނާ ދިވެހި ގައުމު އިސްކުރޭ ދިވެހި ރައްޔިތުންނަށް ބިރުދެއްކުން ހުއްޓާލައްވާ އިންޑިއާގެ އަސްކަރިއްޔާގެ ސިފައިން މިގައުމުންބާލާ. # އިންޑިއާއައުޓް.

    50
  7. ކުޑޭ

    ތިއުޅެނީ ބިރުގަންނަވަން ކަމައްތަ ބަލަ ދުލާއި ޤަލަމުގެ މިނިވަންކަމައް އެންމެ ބާރައް ގޮވީވެސް ކަލޭމެން މިހާރު ވެރިކަން ވެއްޓުނަސް ލަދުކުޑަކޮއްލާފަ ހަމަ އެގޮވެލިފަތިވަރު
    ހަމަތި އަނގަތަކުން މަގުމައްޗައް ނުކުމެ ގޮވާނެކަން ކަށަވަރު
    މިހަރު ވެރިކަމުގަ ތިބީމަ ތިއުޅެނީ ބިރުދައްކަން އިންޑިޔާގެ ބާރުތަ މިތާހިނގަނީ އެމީހުން ބުނާހާކަމެއްކުރަން ގައިމުވެސް މީ އަމިއްލަ ވެރިކަމެއްކުރާ ގައުމެއްހެން ހީވަނީ

    31
  8. ޓ

    ޝަރީފަކީ ވެސް ސިކުނޑިއަށް ގެއްލުމެއް ލިބިފައި ހުރި މީހެއް އެކިދުވަހު އެކިއަތަށް ވާހަކަ ދައްކަމުން މަގު ހިނގާ ފަޓާނީއެއް....ބޯހަމަ ނުޖެހޭނެ

    31
  9. މަބޭ

    އިންޑިޔާގެ ޑިޕްލޮމެޓުން ދިވެހިރާއްޖެ ހިފަންގޮވުން ކަލޭމެނައްއޯކޭތޯ

    39
  10. ރަހޭ

    ކަލޭމެން ތީ އިންޑިއާ މީހުނަށް ހިދުމަތް ކުރަން އަހަރުން ހޮވާފަ ތިބި ބައިގަނޑެއްތަ؟

    39
  11. ﷲއަށްބިރުވެތިވޭ އަނިޔާވެރިންނާ ދުރަށްދޭ

    ދެންދުވަ ހަކުވެސް އިންޑިއާ ސިފައިން މިގައުމުން ނުބޭލޭނެ ތެޅިތެޅި ހުރި ހާ ދިވެ ހިން ހަލާކުވާނީ މީދެވަނަ މަލިކު ޕްރަސަންދީބު ހަނދާން ނައްތާލާ ދިވެ ހިންވެ ހިންތިބީ ނިދާފަ ހޭލާކަށްނުވޭތޯ ވސަލާން

    28
    4
    • Anonymous

      😢

  12. ޒަބީބު

    ދިވެހިރާއްޖޭގެ މީޑިއާތަކުގައި ދިވެހި ރައްޔިތުން މިނިވަންކަމާއިއެކު ކުރާ ކޮމެންޓްތަކާއި، ސޯޝަލް މީޑިއާގައި ދިވެހިން ފާޅުކުރާ މިނިވަން ޚިޔާލުތަކާއި ގުޅިގެން ދިވެހި ރައްޔިތުންނާއި ދޭތެރޭ ފިޔަވަޅު އެޅުމަށް ގޮވާލާ ދިވެހި ރާއްޖޭގެ ޚާރިޖީ ވުޒާރާއަށް އިންޑިއާ އެމްބަސީން ސިޓީ ފޮނުވުމަކީ ކަނޑައެޅިގެން ދިވެހިންގެ ކަރާމާތަށް އިންޑިއާ އެމްބަސީއިން އަރައިގަތުމަށް ނުވަނީތޯއެވެ؟ ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ޤާނޫން އަސާސީއިން ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކުރަން ބޭރުގެ ޤައުމެއްގެ އެމްބަސީއިން ދިވެހި ސަރުކާރަށް އެންގުމަށްވުރެ ބޮޑަށް ދިވެހިންގެ ކަރާމާތަށް އަރަގަނެވޭނެ އެހެން ގޮތެއް ނިކަން ދައްކަވާބަލާށެވެ. ގިނައަދަދެއްގެ ދިވެހި ރައްޔިތުން ޤާނޫނުގެ ބޭރުން ހިފާ ހައްޔަރުކުރަން ކެނެރީގޭ ނަޝީދު ގޮވާލުމާއި ދިވެހި ރައްޔިތުން ފާޅުކުރާ މިނިވަން ޚިޔާލާއި ގުޅިގެން ދިވެހި ރައްޔިތުންނާއި ދިވެހި ރާއްޖޭގެ މީޑިއާތަކާއި މެދު ފިޔަވަޅު އެޅުމަށް ގޮވާލާ އިންޑިއާ އެމްބަސީއިން ދިވެހިރާއްޖޭގެ ޚާރިޖިއްޔާ އަށް ސިޓީ ފޮނުވުމާ ހުރީ ކޮން ފަރެގެއް ތޯއެވެ؟

    އިންޑިއާގެ ކުރީގެ ބައެއް ޑިޕްލޮމެޓުންނާއި، އިންޑިއާ ސަރުކާރުގެ މަތީމަޤާމުތައް އަދާކޮށްފައިވާ މީހުންނާއި، އިންޑިއާ ސަރުކާރަށް ލަފާދޭ މުޝީރުން އިންޑިއާގެ ބައެއް މީޑިއާ ތަކަށް އަރައިތިބެ އިންޑިއާ ސިފައިން ރާއްޖެ އަރައި ރެޖީމް ޗޭންޖް ކުރުމަށް ގޮވުލުމާއި އިންޑިއާގެ ނޫސްތަކުގަގައި މިމޭރުމުން ލިއުމަކީ ފަހެ ދިވެހިންގެ ކަރާމާތަށް އަރައިގަތުމެއް ނޫނތޯއެވެ؟

    އިންޑިއާ އެމްބަސީއަށް އެފަރާތުގެ ހައިސިއްޔަތާއި މަޤާމު އޮޅި ބައިނަލް އަޤްވާމީ މުއާހަދާތަކުގެ މާނަ އޮޅޭ ހިސާބަށް ކަންތައް މިދަނީ އިންޑިއާއަށް ދިވެހިރާއްޖޭގެ މައްޗަށް ކޮންފަދަ ބާރެއް ލިބިގެންތޯއެވެ؟ މިހިސާބައް ކަންތައް ދާނަމަ އިންޑިއާ ކަނޑުގައި ރާއްޖެ އޮތެކޭކިޔާފައި އަބަދު އިންޑިއާގެ މިފަދަ ނުފޫޒު ފޯރުވުމާއި، ބުލީކުރުމާއި، އިންޒާރު ދިނުމަށް ބީރުކަންފަތް ދޭން ޖެހޭތޯއެވެ؟

    އިންޓަނޭޝަނަލް ޑިޕްލޮމެސީ އާއި ބީރައްޓެހި އިންޑިއާގެ މިނާތަހުޒީބު އަމަލޫ ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން އަޅުގަނޑު ހަރުކަށި ޢިބާރާތުން ކުއްވެރި ކުރަން. އަދި އެސިޓީ އަމްބުރާ ގެނެސް ބައިނަލް އަޤްވާމީ މުޢާހަދާތަކުގެ އިމުގެތެރެއަށް ރުޖޫޢަ ވުމަށް އިންޑިއާ އެމްބަސީއަށް ގޮވާލަން.

    ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ކަރާމާތާއި، މިނިވަންކަމާއި، އިސްތިޤުލާލް އާއި މުއްސްތަގިއްލު ކަން ދެމެހެއްޓުމަކީ ދިވެހި ސަރުކާރާއި ރައީސުލް ޖުމުހޫރިއްޔާ އާއި މަތިކުރެވިފައިވާ ވަރަށް މުޤައްދަސް ޤާނޫނީ ވާޖިބެއް. ވީމާ އިންޑިއާގެ މި ނާތަހުޒީބު އިންޓަނޭޝަނަލް ޑިޕްލޮމެސީ އާއި ޚިލާފު އަދި ބައިނަލް ޢަޤްވާމީ މުޢާޙަދާ ތަކާއި ޚިލާފު ޢަމަލަށް ދިވެހި ސަރުކާރުން ދިވެހި ރައްޔިތުންގެ ނަމުގައި ޕްރޮޓެސްޓް ކުރުމަށް ދިވެހިރާއްޖޭގެ ރައީސުލް ޖުމުހޫރިއްޔާ އާއި ޚާރިޖީ ވަޒީރަށް ދިވެހި ރއްޔިތެއްގެ ހައިސިއްޔަތުން އަޅުގަނޑު ގޮވާލަން.

  13. އައުޓް

    ބަލަންވީ އިންޑިއާ އިން ދިވެހިރާއްޖެ ހިޞާރު ކުރަންއުޅޭ މައްސަލަ އެމައްސަލަބަލައި އިންޑިއާ ސިފައިން މިތަނުން ބޭރުކޮށްފަ ދެން އެހެން މައްސަލައެއް ފުލުހުން ބަލަންވާނީ “ އެއްމެ ފުރަތަމަ ޤަޢުމު”

  14. މުޖުތަމަޢު

    ދެން ނޫސްވެރިކަން ކުރަންވެސް އެމީހުން ގެނެސްބަލަ ސަރީފޫ..މީވެސް މިނިވަން ގައުމެއް.. ކަލޭ އަތޮޅުގަ ފާދެއްގެ ތަނެއްއަޅާތީ ލޯ ބޮންތާއްޓެއްހެން ހަދައިގެން ނިދިނާސްގެން ތިހުއްޓޫ

  15. ކަލޭ އަމާ

    މަރާލި ތުއްތު ކުއްޖާއަށް އިންސާފު ލިބުނީތޯ؟؟

  16. Anonymous

    ހަމަ އިންޑިޔާ އައުޓް...ގޮވަންޖެހޭ..ބޭރުގައުމުގެ ޑިޕްލޮމެޓުންނަކީ އެމީހުން ތިބޭގައުމުތަކުގެ ދާޚިލީ ކަންކަމާ ބެހި ރައްޔިތުންނަށް ބިރުދައްކާ ޖެއްސުން ކުރަން ތިބޭބަޔެއްނޫން..އިންޑިޔާގެ ޑިޕްލޮމެޓުން ދިވެހިރައްޔިތުންގެ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް އަރައިގަންނަނަމަ އިންޑިޔާ އައުޓް ގެ އިތުރުން #ބޭން އިންޑިޔާ ވެސް ގޮވާނެ

  17. ރައްޔަތުން

    އިންޑިޔާ އިން ، ދިވެހިންގެ ކަރާމާތަށް އަރައިގަންނަ މުން ދާއިރު އެމައްސަލަ ބަލަން ނުކުޅެދެނީ ކީއްވެތޯ؟؟؟؟؟؟