ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އެންމެ ފުޅާ މިނުގައި ދިވެހިންނަށް ދިނުމަށް ފެށުނީއްސުރެއް ވަކާލާތު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު، އިންޑިއާ އާއި ދެކޮޅަށް ދިވެހިން ދައްކަމުން ގެންދާ ވާހަކަތައް ކުށްވެރިކޮށްފިއެވެ.

ނަޝީދު އެންމެ ބޮޑަށް ދުނިޔެއަށް މަޝްހޫރު ވެފައި ވަނީވެސް ހިޔާލު ފާޅުކުރުމާއި މިނިވަން ނޫސްވެރިކަމަށް ގޮވާލެއްވި "ނޫސްވެރިއެއްގެ" ގޮތުގައެވެ. ނަމަވެސް އިންޑިއާ އާއި ގާތް ގުޅުމެއް ބާއްވަމުން ގެންދަވާ ނަޝީދު މިއަދު ވިދާޅުވީ އިންޑިއާ އާއި ދެކޮޅަށް ދައްކާ ފިތުނަވެރި ވާހަކަތައް ހުއްޓާލަން ޖެހޭ ކަމަށެވެ.

"ރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ބޭރުގެ ޑިޕްލޮމެޓުންނާއި ގުޅޭ ގޮތުން އަޅުގަނޑުމެން ދައްކާ ވާހަކަތައް ހުންނަން ޖެހޭނީ ވަކި ހަމަތަކެއްގައި. ސަރުކާރާއި އެމްޑީޕީގެ ވާދަވެރިން އިންޑިއާ އާއި ގުޅޭ ގޮތުން ދައްކަވާ ފިތުނަވެރި އަދި ބޭއަދަބީ ވާހަކަތައް ހުއްޓާލަން ޖެހޭ." ނަޝީދުގެ ޓްވީޓްގައި ވިދާޅުވިއެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނާއި އެ ތަނުގެ އިސްވެރިންގެ ކަރާމަތަށް ރާއްޖޭގެ ބައެއް މީޑިއާތަކުންނާއި މީސް މީޑިއާ ޕޯސްޓްތަކުން "ހަމަލާ ދޭ" ކަމަށް ބުނެ، އެކަން ހުއްޓުވަން ފިޔަވަޅު އަޅައިދޭން އިންޑިއާ ހައިކޮމިޝަނުން ވަނީ ރާއްޖޭގެ ފޮރިން މިނިސްޓްރީއަށް ފޮނުވި ސިޓީއެއްގައި އެދިފައެވެ.

އެމައްސަލަ ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީގެ ސަމާލުކަމަށް އައުމުން އެކޮމެޓީން ވަނީ މިހާރު އެމައްސަލަ މީޑިއާ ކައުންސިލަށް ހުށަހަޅާފައެވެ.

އިންޑިއާގެ މަޝްހޫރު ނޫސްތައް ކަމަށްވާ "ދަ ހިންދޫ" އާއި "އޭއެންއައި" އިން ވަނީ އިންޑިއާ ހައިކޮމިޝަނުން އުފުލާފައިވާ ޝަކުވާތަކާއި ގުޅިގެން މީޑިއާ ކައުންސިލުން އެކަން ބަލަމުންދާ ކަމަށް ރިޕޯޓް ކޮށްފައެވެ. އޭގެ އިތުރުން "ދަ ވަޔާ" އާއި "ޔާހޫ ނިއުސް" ގައި ވެސް ވަނީ މީޑިއާ ކައުންސިލުން މިމައްސަލަ ބަލަމުންދާ ކަމަށް ރިޕޯޓް ކޮށްފައެވެ.

މިއީ 2018 ވަނަ އަހަރު ރާއްޖޭގެ ވެރިކަމަށް ރައީސް ސޯލިހް ވަޑައިގެންނެވި ފަހުން ރާއްޖޭގެ ނޫސްވެރިންނަށާއި މީސް މީޑިއާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ހިޔާލު ފާޅުކުރުމުގެ ހައްގަށް އުނިކަމެއް އަންނަ ގޮތައް ރާއްޖޭގެ އިދާރާއަކުން އަމަލު ކުރަމުންދާ ކަމަށް ބައިނަލްއަޤުވާމީ މީޑިއާގައި ރިޕޯޓް ކުރި ފުރަތަމަ ފަހަރެވެ.

އިންޑިއާގެ ޑިޕްލޮމެޓުންގެ ކަރާމާތައް ދިވެހިން އަރައިގަންނަ މައްސަލަ ފުލުހުން ބަލަން ވެސް ފަށައިފިކަމަށް ރައްޔިތުން މަޖިލީހުގެ ފޮރިން ރިލޭޝަން ކޮމެޓީގެ މުގައްރިރު މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް) ރޭ ވަނީ ވިދާޅުވެފައެވެ.

އިންޑިއާ ހައިކޮމިޝަނުން ރާއްޖޭގެ ފޮރިން މިނިސްޓްރީއަށް ފޮނުވި ސިޓީ އާއި ގުޅިގެން ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ. އިންޑިއާ ހައިކޮމިޝަނުން ފޮނުވި ސިޓީ އަކީ ވިއެނާ ކޮންވެންޝަން އިން ލިބޭ ހައްގުތަކަށް ހަވާލާދީ ފޮނުވި ސިޓީއެއް ނަމަވެސް ވިއެނާ ކޮންވެންޝަނުން ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް ނާޅާކަން ގިނަ ބަޔަކު އަންނަނީ ފާހަގަ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. Anonymous

    ނަޝީދު ބޭނުން ގޮތަކައް މިގައުމުގަ ކަންކަން ހިނގަން ޖެހޭނީވެސް ކުރެވެން ޖެހޭނީވެސް، ބުނެވެން ޖެހޭނީވެސް ، ހީވަނީ މިއަކީ ހަމައެކަނި ނަޝީދުގެ ތަނެއްހެން.

    48
    2
  2. ޑައެލޯގް

    މިއީ ހައިރާންވާންވިކަމެއްނޫނެވެ. މިހާރުމިއީ އިންޑިޔާގެ އަވަށަކަށްވުރެވެސް އިންޑިޔާއަށް އަޅުވެތި ގައުމެކެވެ. އެހެނީ އިންޑިޔާގެ އަވަށްތަކުގައިނެރޭ ނޫސްތަކުގައިވެސް އެގައުމުގެ ވެރިންނަށް ފާޑުކިޔާ ވައްވައްޖަހާ ކާޓޫނުވެސް ކުރެހޭތީއެވެ.

    45
    1
  3. Anonymous

    ދެކޮޅު އެއ އްކޮޅެ އް ނޯންނާނެ. ޙިތަށް އައިހާ އެއ އްޗެ އް ކި ޔަން ޔާ ޖެހޭނީ ފިޔަވަ ޅު އަޅަން

    7
    39
    • Anonymous

      ހަމަތަ؟ ބުނެފަ ބަޔާންކޮށްފަ މި އޮތީ ހިތަ އް އެރިއެއްޗެ އް ނޫން؟ ހިތައްނާރާ އެއްޗެ އް ކިޔާނީ ކިހިނެތް؟

      6
      1
  4. އަން

    ޗަ އިނާ އާ އި ދެކޮޅަށް ނަޝީދު ދަ އްކަވާފަ އި ހުރި ވާހަކަތަކަށް ފިޔަވަޅު އެޅުން މާރަގަޅުވާނެ

    57
    2
  5. ތިރިބެ

    ހިތައްއެރިހާ އެއްޗަކީ ހިޔާލުފާޅުހުރުމެއްނޫ އަދި ޑިޕުލަމެޓުން ނާބެހޭގޮތުން ނުވަތަ ދޭދޭ ގައުމުތަކާ ބެހުމަކީރަގަޅުކަމެއްނޫ އެކަމުން ޢާމު ތައްޔިތުން ނުވަތަ ބޮޑެތިބަލިތަކުގަ އުޅޭމީހުން ނުވަތަ ވިޔަފާރި ތަކުގަ ދަތުރުކުާއިރު ދަތިތައްކުރިމަތިވަނީ އެކަމުން މުޅިގައުމައް ގެއްލުންވަނީ

    8
    37
    • ބިރާންތި

      ތިޔަ ހުރިހާ ކަމަކަށްވުރެއް ގައުމު މުހިއްމު، ގައުމުގެ މިނިވަންކަން މާ މުހިއްމު

  6. އަހުމަދު

    މަނިކުފާނު ޗައިނާ އޭ ކިޔާގެން އުފެއްދި ފިތުނަ ކޮބާ

    53
    4
  7. ހުސޭނުބޭ

    ތީ ކެނެރީގެ މުޤާބޭ! ނަމުން ވަރަށް ޑިމޮކްރަޓިކްވާނެ! ޢަމަލުން ހަމަ ސީދާ ހިޓިލަރު

    42
    2
  8. ކެޔޮޅު

    ހަކުރު ދެންޏާ ބޮޑުބޭބެއެވެ ހަކުރު ވަނީ ލިބިފައެވެ ބަސްތަބަސްތާއިން ލިބިއްޖެއެވެ ދެން އޯކޭއެވެ.

    36
    3
  9. ތުއްޓެ

    އިންޑިއާގެ ސަރުކާރަށް ލަފާދޭ މުޝީރުންނާއި ޑިޕްލޮމެޓުންގެ އިތުރުން އިންޑިއާ ސަރުކާރުގެ މަތީ މަޤާމުތައް ފުރުއްވާފައިވާ ބޭފުޅުން އިންޑިއާގެ މީޑިއާގައި ވަރަށް ހާމަކަން ބޮޑު ގޮތަކަށް ދިވެހިރާއްްޖެ އަށް އިންޑިއާ ސިފައިން އަރައި ރާއްޖޭގައި ޤާނޫނީ ގޮތުން އެއިރު އުފެދިފައި އޮތް ސަރުކާރު ބަދަލުކުރަން (ރެޖީމް ޗޭންޖް ކުރަން) ގޮވުމަކީ ތިޔަ ވިދާޅުވާ ހުދޫދުގެ ތެރެއިނ އެމީހުން ދެއްކި ވާހަކައެއްތޯ؟

    އިންޑިއާ ބޮޑު ޤައުމަކަށް ވީމައި އެމީހުންނަށް ލިބޭ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ބޮޑު ވެފައި ދިވެހިރާއްޖެ ކުޑަ ޤައުމަކަށް ވީމައި ދިވެހިންނަށް ލިބޭ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ކުޑަވުމަކީ މީ ބައިންލް އަޤްވާމީ ކޮން މުއާހަދާއަކު ކަނޑައެޅިފައި އޮތް ކަމެއްތޯ؟

    22
    1
  10. މަގޭސުވާލު

    ބޮން އެކަންޏެ އްނޫންތާގޮވީ މިކަލޭގެބޯވެސް ގޮވީތާދޯ ؟މިކަލޭގެހު އްޓާނުލާ
    ޗަ އިނާ އާ އި އަޅާގަނެގެން ނެ އްޓެންނޭގިގެން ތެޅިބޭލި އިރުގެހަނދާނެ އްވެސްނެތްތާ ؟

    28
    2
  11. ޢަލީ

    ނަޝީދުގެ ލަދެއް ހަޔާތެއް ނެތީތަ؟ އިޔަކަށް ދުވަހަކު ޗައިނާގެ ސަފީރަށް ފުރައްސާރަކުރީ ކާކު؟ އަމިއްލައަށް އޮރިޔާން ވާއިރުވެސް ނޭނގޭ...

    30
    2
  12. ޢބްދުއްﷲ

    ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ވަކާލާތުކުރި ނަޝީދަށް އިންޑިއާއާއި ދެކޮޅު ވާހަކަވީ ފިތުނައަށް

    3 ގަޑިއިރު ކުރިން ( ޖުލައި 2, 2021 )

    ބަލަގަމާރާ ފިތުނައަކީ އިސްލާމް ދީނުގައި އޮންނަ އެއްޗެކޭ؟ ލާދީނީމީހުނަށް އޮންނާނީ އެބުނާ

    މީހާގެ ...............................

    12
    3
  13. Anonymous

    .hypocrite

  14. ޙަދިސައިބު

    ޚެނެ ރީގޭ ނަސީދަކީ ފުތުނަ އިގެ އައ އްޕަ

    8
    2
  15. ލަލަލާ

    ކަލޭމެން މިއޮއްހުރިހާދުވަހު ޗައިނާއާދިމާއައް އެއޗެހިކީރު އެނުވޭދޯ ފިތުނަޔަކައް ބަލަ ޗައިނާއަކީ އިންޑިޔާއައްވުރެ ބާރުގަދަ ގައުމެއް އެމީހުން ތެޅިފޮޅިއެއްނޫޅޭ އެމީހުން އެކަންތައް ހަޖަމްކުރި އެކަމަކު އިންޑިޔާއަކައް ހަޖަމެއްނުވޭ
    ކުޑަކުއްޖަކައްވުރެން ކަންތައްބޮޑު

    10
    1
  16. ޢާއްމު ޢުޤޫބާތެއް

    ޢާލަމްތަކުގެ ވެރި އިލާހުގެ އާޔަތް ތަކާއި، އެއިލާހުގެ ރަސޫލުންނަށް ފުރައްސާރަކުރާ މީހުން އެކަން ހުއްޓާލަން އެބަޖެހޭ.
    އަޅުގަނޑުމެން ދައްކާ ވާހަކަތައް ހުންނަން ޖެހޭނީ ވަކި ހަމަތަކެއްގައި.
    މޑނ އަދި ބައެއް އެހެން ފަރާތްތަކުން ނެރެފައިވާ ރިޕޯރޓުތަކާއި ދައްކަވާ ފިތުނަވެރި އަދި ބޭއަދަބީ ވާހަކަތައް ހުއްޓާލަން ޖެހޭ.
    އިތުރު ޢާއްމު ޢުޤޫބާތެއް ނާންނަނީސް ތައުބާވާން ޖެހޭނެ!

  17. މާކުންބެ

    މިކަލޭގެޔަކީ ނަފުރަތު އުފެއްދުމުން ޕީ އެޗް ޑީ ނަގާފަހުރިމީހެއް ، މީނަބުނި ހުތުބާތެރެއަށްވެސް ފާޑުފާދޫ ލިޔުން އެޅީވާހަކަ . ދެން ނުހުއްޓުވޭނެ#އިންޑިޔާއައުޓް.

  18. ނިމާލ

    ނަޝީދޭ؟ މަ ހީކުރީ "އެމަނިކުފާނު" ނޫން އެއްޗެއް ނުކިޔޭ ކަމަށް. "އެމަނިކުފާނުގެ ބަނޑުފުޅު" ހީ ހީ ކިރިޔާ ހަލާކު ނުވީ ޚަބަރުގަ އެހެން ލިޔެފަ އިނީމަ.

  19. އާދަމުގެދަރި

    ޑިކްޓޭޓަރު މީހާއަށް ހިތަށް އައިހައި އެއްޗެއް ޗައިނާއޭ ކިޔައިގެން ކިޔޭ ކަމަށް ވަންޏާ ދެން ތިބި މީހުންނަށްވެސް އެމީހަކު ބޭނުން އެއްޗެއް ކިޔޭނެ ކިޔާނެ.

  20. އަޙްމަދް

    ބޭނުންވާ ސިޔާސީ މަގާމާއި ބާރުތަށް ނުލިބޭއިރު ހިތުން ނެލްސަން މަންޑޭލާ އެވެ.
    ބޭނުންވާ ސިޔާސީ މާގާމައި ބާރުތަށް އަތްމައްޗައް އެރީމާ ރޮބަޓުމޫގާބޭ އެވެ.