އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާ ލިބުނު ކަމުގެ ތުހުމަތުގައި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އިން ދައުވާ އުފުލާ، ހައްޔަރުކޮށްފިނަމަ ކަފާލާތުގެ ދަށުން ޖާމިނު ކުރާނީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ (އަޑުބަރޭ) ކަމަށް އެ ވުޒާރާގެ ވަޒީރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

ކްލަބް ހައުސްގައި މިރޭ ކުރިއަށްދާ ބައްދަލުވުމެއްގައި ބައިވެރިވަޑައިގެން މަހްލޫފް ވިދާޅުވީ އެމްއެމްޕީއާރްސީ މައްސަލައިގައި ދައުވާކުރަން ފޮނުވާ ހިސާބުން މަގާމުން އިސްތިއުފާ ދިން ނަމަވެސް އެ މައްސަލައަށް އެއްބާރުލުން ދޭނެ ކަމަށާއި، ދައުވާތަކަށް ނުފިލާނެ ކަމަށެވެ. ނަމަވެސް އޭނާ އެމްއެމްޕީއާރްސީ މައްސަލައިގައި ބަންދަށް ދާން ޖެހި ކަފާލާތުގެ ދަށުން ލުއިތަކެއް ލިބެއްޖެނަމަ ޖާމިނު ކުރާނީ އަޑުބަރޭ ކަމަށް ވިދާޅުވިއެވެ.

"އަޑުބަރޭ ޖާމިނު ކުރާނީ އެއީތާ އެންމެ ކައިރީ ހުރި މީހަކީ" މަހްލޫފް ވިދާޅުވިއެވެ.

ކުރީގެ ޓުވަރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ޖިންސީ ގޯނާގެ ހަ ދައުވާއެއް އުފުލާފައިވަނިކޮށް ރާއްޖެ ދޫކުރައްވައި ވަޑައިގަތީވެސް އަޑުބަރޭ ޒިންމާވާ ގޮތަށް ޖާމިނުވާ އެއްބަސްވުމެއް ކޯޓަށް ހުށަހަޅައިގެންނެވެ. އެހެންނަމަވެސް އަޑޭގެ އެއްބަސްވުން މިހާރު ވަނީ ހަމަވެފައެވެ.

އަޑުބަރޭ އެއްބަސްވުމާއި ހިލާފުވެފައިވާތީ އެކަމުގެ އަދަބެއްގެ ގޮތުގައި އޭނާގެ މައްޗަށް އަހަރު ދުވަހުގެ ޖަލު ހުކުމެއް ކަނޑައަޅައިދިނުމަށް ދައުލަތުން އެދިފައިވެއެވެ. އަޑުބަރޭގެ މައްޗަށް އަހަރު ދުވަހުގެ ޖަލު ހުކުމެއް ކަނޑައަޅައި ދިނުމަށް ދައުލަތުން އެދިފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 64 ވަނަ މާއްދާގެ (ޅ)ގެ ދަށުންނެވެ.

އެ ގާނޫނު ބުނާ ގޮތުން ޖާމިނުވާ މީހާ، އިގުރާރާ ހިލާފުވެއްޖެނަން ތިން އަދަބެއް ދެވޭނެއެވެ. އެއީ އެއް އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށް ލުން، ދެ އަހަރު ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް ގޭގައި ބަންދު ކުރުން އަދި 15،000 ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޜ

    މުޅި ގައުމުގެ ކުށް އަޑުބަރޭ ބޮލަށް
    ޙެ ހެ

    23
    1
  2. ޓ

    ޖަލުގައި ތިބި ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ އެންމެން ނެރެފަ ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ. ޢަޑުބަރޭ ޖަލަށް ވައްދާ

    26
  3. ޖާމިނު

    މީހުންގެ ސަމާލުކަން ހޯދަން މިއުޅެނީ ހިތުން ވަރަށް މަޖާ އެއްޗެއްކިޔާފަ.

    20
  4. އުންސުރު

    އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާ ލިބުނު ކަމުގެ ތުހުމަތުގައި ހުރި މީހެއް އަދިވެސް މޮޅު ވާހަކަ ދެއްކުމުގައި، ލަދުގެ ކަންފުޅެއްވެސް ނެތް. އެހެންތާވާނީ އެމް.އެމް.ޕީ.އާރް.ސީގެ ދިފާއީވަކީލް ހުރިހާ ދުވަހަކު ދައުވާ ނކުރާނެކަން މީނައަށް ޔަގީންވޭ

    19
  5. އާސިދާ

    ތިޔޮތީ ވާ އަޑުބަރޭ އެއްތާދޯ...

    18
  6. އިހަވަނދޫ

    ހެ ހެ ހުރިހާކޯޓަކަށް އަދުބަރޭ!

    19
  7. ޓަކަފިރޯށި

    ރަނގަޅު! އަޑުބަރޭއަކީ ތިކަންކުރަން އެންމެރަނގަޅު މީހާ! އަދި ރަހުނު ކުރަން އެންމެ އަގުބޮޑު ފުރާނަ! އަޑުބަރޭ ކަލޭގެ ޑިމާންޑު އުފުލިއްޖެ! ފީ ބޮޑު ކުރަން މަށައް ފެނޭ! ފައްކާ ވިޔަފާރިއެއް ތިއޮތީ ފެށިފަ ލޯފާމަކައްވުރެ ދެރައެއް ނުވާނެ!

    27
  8. މުޖުތަމަޢު

    4ވަނައަދަބަކީ ބޮޑުމުސާރަދީފަ ސިޔާސީ މަގާމެއްގަ އެމީހަކު ބެހެއްޓުން..އެހުކުމް މިހާރު އަޑުބަރޭ އެހުރީ އެއަދަބުގަ

  9. ތކާނޭ

    ތިކަން ތިނިމުނީނު 15000އެއީ ކޯންޗެއް!

  10. ކިސް

    ތިއީ ސްޓަންޓު މިނިސްޓަރ..އެންމެ ރަގަޅުވާނީ ސުނިލް ސެޓީ ތިކަމައް ހަމަޖެއްސިއްޔާ