ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާގެ ދެ ދުވަސް ކުރިން ހުޅުދޫދާއިރާގެ މެންބަރު ފޯނު ކޯލެއް މެދުވެރިކޮށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީއަށް ދެއްވި މައުލޫމާތު ކަމާއި ބެހޭ އިދާރާތަކަށް ހިއްސާ ނުކުރާ ކަމަށް މަޖިލީހުގެ 241 ކޮމިޓީން ރައީސް ނަޝީދުގެ ސެކިއުރިޓީ ބްރީޗްވި ގޮތް ބެލުމަށް ކުރިއަށް ގެންދިޔަ އިންކުއަރީގެ ފައިނަލް ރިޕޯޓުގައި ބުނެފިއެވެ.
ގާތްގަނޑަކަށް 270 ގަނޑުގެ ރިޕޯޓުގައި ނަޝީދަށް ހަމަލާ ދިނުމުގެ ކުރިންނާއި ހަމަލާދިން ދުވަހު އަދި އޭގެ ފަހުން ކަން ހިނގާފައިވާ ގޮތުގެ ވަރަށް ތަފްސީލީ މައުލޫމާތު ހިމަނައިފައެވެ.
އެރިޕޯޓުގައި ބުނެފައިވަނީ މެއި 3 ވަނަ ދުވަހުގެ ރޭ އާންމުންގެ މީހެއްގެ ފަރާތުން ރައީސް ނަޝީދު އަވަހާރަކޮށްލަން އުޅޭކަމުގެ މައުލޫމާތެއް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބަށް ލިބިވަޑައިގަތުމުން އެ ވާހަކަ އެގޮތަށް ރައީސް ނަޝީދު އަރިހުގައި ދެންނެވި ކަމަށެވެ. އަދި ރައީސް ނަޝީދުގެ އިރުޝަދާއެކު އިލްޔާސް އެވާހަކަ މިނިސްޓަރ މާރިޔާއަށް ގުޅުއްވާފައި ހިއްސާ ކުރައްވާފައި ކަމަށެވެ. އެކަމަށް އެދެބޭފުޅުން ވެސް އެއްބަސްވެފައިވާ ކަމަށް ރިޕޯޓްގައި ވަނީ ބުނެފައެވެ.
މިނިސްޓަރ މާރިޔާއަށް އެ މައުލޫމާތު ހިއްސާ ކުރުމުން އެ މައްސަލަ ފުލުހުންނަށް ހިއްސާ ކުރުމަށާއި އެކަމާއި ގުޅޭ އިތުރު މައުލޫމާތު ލިބިއްޖެނަމަ، ހިއްސާ ކުރުމަށް ވެސް އެދިފައިވާ ކަމަށް ރިޕޯޓްގައި ވަނީ ބުނެފައެވެ.
ނަމަވެސް އިލްޔާސް ދެއްވި މައުލޫމާތު މާރިޔާ އެމްއެންޑީއެފްގެ އެއްވެސް ފަރާތަކާ ހިއްސާ ނުކުރައްވާ ކަމަށާއި އެކަން ޗީފް އޮފް ޑިފެންސް ފޯސް އާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ އިތުރުން އެސްޕީޖީ ގެ ކޮމާންޑަރާއި ޑިފެންސް އިންޓެލިޖަންސް ސާވިސްގެ ފަރާތުން އިންކުއަރީގައި ބުނެފައިވާ ކަމަށް ރިޕޯޓްގައި ވަނީ ބުނެފައެވެ.
އެކަމާއި ގުޅިގެން މާރިޔާ އިންކުއަރީގައި ވިދާޅުވީ، އެއީ މައުލޫމާތެއް ނޫން ކަމަށާއި އެއީ މައުލޫމާތެއް ކަމަށް ބެއްލެވޭނީ މީހެއްގެ ނަމެއް ނުވަތަ ފޮލޯ ކުރެވޭނެ ގޮތެއް އޮވެގެން ކަމަށެވެ. އިތުރަށް މާރިޔާ ވިދާލުވެފައި ވަނީ މޭ 4 ވަނަ ދުވަހު ލިބިވަޑައިގެންނެވި މައުލޫމާތަށް ފަހު އެމްއެންޑީއެފްގެ ފަރާތްތަކާ ބައްދަލުކުރައްވައި ރައީސް ނަޝީދުގެ ސެކިއުރިޓީ ޗެކް ކުރެއްވި ކަމަށާއި ސެކިއުރިޓީ ލެވެލް މަތިކޮށްފައި އޮތުމުން އެ ވާހަކަ ހިއްސާ ނުކުރެއްވީ ކަމަށެވެ.
"އެބޭފުޅާ އަރިހުގައި އަޅުގނޑު ދެންނެވިން، ފުލުހާ ހިއްސާ ކުރައްވާށޭ. ދެން އެބޭފުޅާ ނެރުއްވި ބަޔާނުގައި އޮތީ، ތިމަންނައަށް އަންގާފައި ނުވެއޭ. ދެން ހަމަ ސީދާ 19 ވަނަ މާއްދާފައި އެހެން އޮންނައިރު، އެބޭފުޅާއަށް ހަމަ ކަނޑައެޅިގެން ފުލުހުންނާ ހިއްސާ ކުރަން އޮންނަ މައުލޫމާތެއް އިތުރު މީހަކާ ހިއްސާ ކުރެއްވުން ވެސް އެއީ އަޅުގަނޑު ދެކޭ ގޮތުގައި ވަލްނަރަބިލިޓީ ބޮޑުވެގެންދާ ކަމެއް. އެގޮތަކަށް ނޫން އެކަން ކުރައްވަން ވާނީ" މާރިޔާ އިންކުއެރީގައި ބުނެފައިވެއެވެ.
ރިޕޯޓުގައި ބުނެފައި ވަނީ އެ މައުލުމާތު ހިއްސާ ކުރެއްވި ނަމަ ރައީސް ނަޝީދުގެ ބޮޑީގާޑުންނަށް އެ މައުލޫމާތު ހިއްސާ ކޮށް ސެކިއުރިޓީ ވަރުގަދަ ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
އެވަނީ މިހާރު ފޫހިފިލުވަން ނުގުޅަތީ ކަމައް
ޢެވަރައްދޯ ބުނެވޭނީ ސީދާ ޑިފެންސް މިނިސަޓައް ، ފަހައެއްގަ އެބޭފުޅާ އެކަހަލަކަންކަން ނޭގެނީކަންނޭގެ މިލިޓުރީމީހަކަންނުވާތީ، އެހެމްނަމަވެސް ރައްޔިތުންކިބައިން މާފައްއެދެއްޖެހޭނެ ސަބަބަކީ އެވަރު ސީނިޔަ މީހެއްވީމަ ފަރުވާކުޑަވީމަ
މާރިޔާ ޖެހެނީ ވަގުތުން މަގާމުން އިސްތިއުފާދޭން! އިސްތިއުފާދީ ހަމަ މިހާރު!! ޒިންމާ މިނިސްޓަރު އުފުލަންޖެހޭ! ވަރަށްސާފު!!
އެމައުލަތު އިލްޔަސް ލަބިބު ޕޮލިހަށް ހިއްސަނުކުރުމުގެ ޒިންމާ ނަގަންޖެ މަރިޔަތަ
ދޮގެއް ތިހެދީ! ހިތާ ދެކޮޅަށްވެސް ބަލާގަނޭ!
މާރިޔާ އެމްޑީޕީ މީހަކަށްވެފަ އިންޑިޔާ އެދޭގޮތަށް މަސައްކަތްކުރާތީ ފިޔަވަޅުއެޅޭކަށެއް ނެތް.
މުޅި ސަރުކާރު ތިއޮތީ ފެއިލްވެފަ. ދެންފައިބާ.
މާރިޔާ އެއްމެފަހުން ފިނދަނަޔަކަށްވެއްޖެ.
ލައިލާގެ ބަދުނަސީބަކީ ހިސާން އާއި މާރިއާ.
މީނަ ދޫކޮއްފަ އިންޑިޔާގެ މިލޓްރީ ހަމަލަ ........؟އަކުން ދިފާއު ވެވޭވަރުގެ އޔަން ޑޯމް އެއް މާލޭގަ ބަހައްޓާފަ ހުއްދަނުހޯދާ ކަނޑުގެ ސަރަހައްދަ އް ވަންނަ އެއާ ކުރާފޓް ކެރިއަރ އެއްސޮޓުން ފައްތާލެވޭވަރުގެ ގައިޑެޑެ މިސައިލް އުފައްދާ ވާހަކަ ދައްކަބަލަ ކުރީޒަމާ ނުގަވެސް ހުރި ބޮޑު ބަޑިތައް އެހެރީ ފެންނަން ބަޑި ބުރުޒުތަކާ ބޮޑު ބަޑިތައް އެއީ މިގައުމުގެ ސަރަފު އިއްޒަތް މިނިވަންކަން ދެމެހެއްޓި އެއްޗެތި އެއީ ބެކާރު ޚަރަދެއްނޫން.
މިލިޔަނުން ރުފިޔާ ދީގެން އެވަރުކަމެއް ކުރަން އުޅޭކަން އިލްޔާސް ލަބީބަށް އެގުނީ ކާކުފަރާތުން ކިހިނެތްކަން ރިޕޯޓުން އެނގޭތަ
މީނަޔައް ނޭންގޭނެ ބަޔަކު މިޤަޢުމު ހިސޯރުކޮށް ނިންމިޔަސް މީނަ ބުނީ "ކަނބިލިތަކެކޭ"
އެތަނެއްގަ އުބާ ކަބިލިގިނަވެއްޖެ ނަމަ ވާނީ މިހެން ގޮވާގެން މިއުޅޭނީ އަދި އެކަބިލިތައް މީނަޔައް ކުރުނީސް ވެސްކުރޭ...
ކަނބިލި ރާނީ މިހާރު.... ލަދުން ބޯހަލާކު