ގދ. ތިނަދޫން އިތުރު 15 މީހަކު ކޮވިޑް-19 އަށް ފައްސި، ޖުމްލަ އަދަދު 845 އަށް އަރައިފިއެވެ.

ތިނަދޫއަކީ މިހާރު އަތޮޅު ތެރޭގައި އެންމެ ގިނަބަޔަކު ކޮވިޑަށް ފައްސިވަމުންދާ އެއް ރަށެވެ.

މިހާރު އެރަށުގައި ކޮވިޑް ޖެހިފައި ތިބި 218 މީހަކު އެބަތިއްބެެވެ. އޭގެ ތެރެއިން އެކަކަށް ފަރުވާދެމުން ދަނީ ފެސިލިޓީގައެވެ.

ތިނަދޫން މިއަދު ފައްސިވި މީހުންގެ ތެރޭގައި ހިމެނެނީ ފްލޫ ކްލިނިކަށް ދެއްކި އެކަކާއި، ފައްސިވި މީހުންނާއި ގާތުން އެއްްތާވި 14 މީހެކެވެ.

އެރަށުގައި ހަލުވިކަމާއެކު ކޮވިޑް ފެތުރެމުންދާއިރު، އެރަށުގައި ހަރުކަށި ފިޔަވަޅުތަކެއްވެސް އަޅާފައި ވެއެވެ.

އެރަށުން ކޮވިޑް ޖެހުނު 625 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، ބަލި ޖެހިގެން ފަރުވާދެމުންދިޔަ ދެ މީހަކު އެ ބަލީގައި ވަނީ ނިޔާވެފައެވެ.

ތިނަދޫން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވާން ފެށުމުން އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް މާދަމާ އިން ފެށިގެން ލުއިތައް ދޭން ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސސ

    ޔާ ﷲ އަޅަމެންގެ މިރީތި ނަލަ ނަލަ ތިނަދޫން ބަލި މަޑުކަމާއި ތަދުމަޑު ކަން ފިއްލަވައި ތަނަވަސް ކަމާއި ދުޅަހެޔު އުފާވެރިކަން މިންވަރު ކުރައްވާށި !