ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި މަސައްކަތްތެރިންގެ އެންމެ ކުޑަ އުޖޫރާ ނުވަތަ މިނިމަމް ވޭޖް އިއުލާން ކުރެވިގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

މިނިމަމް ވޭޖެއް ކަނޑައެޅުމަކީ ރައީސް ސޯލިހްގެ ރިޔާސީ ވައުދެކެވެ. އަދި 2019 ވަނަ އަހަރު އެމްޑީޕީ އިން ރައްޔިތުން މަޖިލިސް އިންތިހާބަށް ނިކުތްއިރު ވެސް އެންމެ ބޮޑަށް ވައުދުވި އެއްކަމަކީ މަޖިލީހުގެ އަޣުލަބިއްޔަތު ލިބިއްޖެނަމަ މިނިމަމް ވޭޖެއް ކަނޑައެޅުމުގެ ވައުދެވެ.

މިނިމަމް ވޭޖް ކަނޑައެޅުމާއި ގުޅޭ ގޮތުން ފައްޔާޒް ވާހަކަފުޅު ދެއްކެވީ ހަޔާ އެޑިއުކޭޝަނުން އިންތިޒާމުކޮށްގެން މޯލްޑިވްސް ޕޮލިޓެކްނިކް ގައި މިއަދު ކުރިއަށް ގެންދިޔަ ފަންނީ ހުނަރުވެރިންގެ މަސައްކަތްތެރިންގެ ހުނަރު އިމްތިހާނުކޮށް ގައުމީ ސަނަދު ދިނުމުގެ ރަސްމިއްޔާތުގައެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ރާއްޖޭގައި ވަޒީފާ ނެތް މީހުން ނުވަތަ އަންއެމްޕްލޯއިމެންޓް ޕަސެންޓޭޖް ބޮޑެއް ނޫނެވެ. އެންމެ ބޮޑު މައްސަލައަކީ ލިބޭ އާމްދަނީ ކުޑަވުން ކަމަށް ވިދާޅުވިއެވެ. ފައްޔާޒު ވިދާޅުވީ މަސައްކަތްތެރިންނަށް ހުރި ގޮންޖެހުންތައް ނައްތާލުމަށް ހިންގާ ޕްރޮގްރާމްގައި ޒަމާނާ ގުޅޭ ހިއުމަން ރިސޯސް ޑިވޮލޮޕްމެންޓް ރާއްޖޭގައި ބޭއްވުމަށްޓަކައި އިތުރަށް ކުރަމުންދާ މަސައްކަތުގެ ތެރޭގައި މިނިމަމް ވޭޖް ކަނޑައެޅިގެން ދިޔުން ހިމެނޭ ކަމަށެވެ.

މިނިމަމް ވޭޖެއް ކަނޑައަޅާއިރު މުޅި ދުނިޔެވެސް އޮތީ އިގްތިސާދީ ބޮޑު އަނދަވަޅެއްގެ ތެރޭގައި ކަމަށް މިނިސްޓަރ ފައްޔާޒް ވިދާޅުވިއެވެ. ނަމަވެސް ކުރިއަށް އޮތް މަދު ދުވަސްކޮޅުގެ ތެރޭގައި މިނިމަމް ވޭޖެއް ކަނޑައެޅިގެން ދިޔުމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ. "އުއްމީދަކީ ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި މިނިމަމް ވޭޖެއް އިއުލާންކުރެވިގެން ދިޔުން" ފައްޔާޒު ވިދާޅުވިއެވެ.

ކަނޑައެޅޭ މިނިމަމް ވޭޖްއާ މެދު ދެބަސްވުންތަކެއްވެސް ހުންނާނެ ކަމަށް ގަބޫލުކުރައްވާ ކަމަށާއި، ނަމަވެސް މިނިމަމް ވޭޖެއް އިއުލާންކުރެވިގެން ދިޔުމަކީ ލިބޭނެ ކުރިއެރުމެއްގެ ގޮތުގައި ފައްޔާޒް ސިފަކުރެއްވިއެވެ. 2021 ވަނަ އަހަރު ނިމުމުގެ ކުރިން ނުވަ ސިނާއަތަކަށް މިނިމަމް ވޭޖް ކަނޑައެޅުން ލާޒިމުވާނެ ހެން ވަޒީފާގެ ގާނޫނުގައި ބަޔާން ކުރާ ގޮތަށް އިސްލާހު ގެނެސް، ރައީސް ސޯލިހު ވަނީ އެ އިސްލާހުތައް ތަސްދީގު ކުރައްވާފައެވެ.

އެ ނުވަ ސިނާއަތަކީ މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާއަތާއި، ޓޫރިޒަމް ސިނާއަތާއި، ކޮންސްޓްރަކްޝަން ސިނާއަތާއި، ދަތުރުފަތުރުގެ ސިނާއަތާއި، ސިއްހީ ހިދުމަތުގެ ދާއިރާއާއި، ތައުލީމީ ހިދުމަތުގެ ދާއިރާއާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި، އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ (އައިސީޓީ) އާއި މެރިޓައިމް ޝިޕިންގެ ސިނާއަތަވެ.

މިނިމަމް ވޭޖަށް ވަކި އަދަދުތަކެއް ދޭން ގާނޫނުގައި ލާޒިމު ކޮށްފައެއް ނުވެއެވެ. މިނިމަމް ވޭޖް ކަނޑައެޅުމުގެ ބާރު ދީފައި ވަނީ އިކޮނޮމިކް މިނިސްޓަރަށެވެ. މިނިސްޓްރީގައި އެ ކަމަށް ލަފާ ދޭނެ ބޯޑެއް އެކުލަވާލަން ވެސް ގާނޫނުގައި ވެއެވެ. މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުގެ ލަފާގެ މަތިން އިކޮނޮމިކް މިނިސްޓަރު ނެރެން ޖެހޭ މިނިމަމް ވޭޖްގެ ފުރަތަމަ އަމުރަށް 2021 ވަނަ އަހަރު ނިމުގެ ކުރިން ވަޒީފާ ދޭ ފަރާތްތަކުން އަމަލު ކުރަން ވާނެ ކަމަށް ގާނޫނުގައި ވަނީ ބުނެފައެވެ.

މިނިމަމް ވޭޖް ކަނޑައެޅުމަށްޓަކައި މިނިސްޓަރަށް ލަފާ ދޭން އެކުލަވާލާ ބޯޑުގައި 11 މެންބަރުން ތިބެން ޖެހެއެވެ. ބޯޑުގެ ޗެއާޕާސަންގެ ގޮތުގައި އިންނަވަނީ، އިކޮނޮމިކް މިިނިސްޓަރު ކަނޑައަޅާ ފަރާތެކެވެ. އަދި އެ ބޯޑުގައި ފިނޭންސް މިނިސްޓްރީން ކަނޑައަޅާ ފަރާތެއް ވެސް އިންނަވާނެއެވެ. ފަތުރުވެރިކަމުގެ ސިނާއަތާއި ކޮންސްޓްރަކްޝަން ސިނާއަތާއި، އަންހެން ވިޔަފާރިވެރިންނާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ސިނާއަތް ތަމްސީލު ކުރާ ޖަމިއްޔާތަކުގެ ފަރާތުން ހުށަހަޅާ ހަތަރު މެމްބަރުން ހިމެނެން ޖެހެއެވެ. އަދި މަސައްކަތްރީންގެ ޖަމިއްޔާތަކުން ހުށަހަޅާ ފަސް މެންބަރަކު ހިމެނެއެވެ.

މިނިމަމް ވޭޖަށް ކަނޑައަޅާ އަދަދު ކޮންމެ ދެ އަހަރަކުން މިނިސްޓަރު މުރާޖައާ ކުރައްވަން ޖެހޭނެއެވެ. އަދި މިނިމަމް ވޭޖްގެ އަދަދު ރިވިއު ކުރަން ބޯޑަށް ފެންނަނަމަ މިނިސްޓަރަށް ލަފާ ދެވޭނެއެވެ. އަދި ގައުމަށް ދިމާވާ މައްސަލައަކާ ގުޅިގެން ދެ އަހަރު ނުވަނީސް ވެސް މިނިސްޓަރަށް އެ އަދަދު ރިވިއު ކުރެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. ޢަިދް

  ޚކުރިޔަށް އެބަހުރި ކިތައްމެ ހަފްތާއެއް ކުރިއައށް
  ޢަބަދުވެސް ކުރަނީ، ވަނީ މިކަހަލަގޮތަކަށް

  11
 2. އިންޑިއާ އައުޓް

  އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް

  10
  2
 3. ކަމާލް

  ސީރިޔާގެ މނިމަމްވޭޖަކީ 28 ޑޮލަރު! ސަޢުދީގެ މިނިމަމް ވޭޖަކީ 1600 ރިޔާލަ ! ކްވެއިތުގެ މިނިމަމވޭޖަކީ 1800 ދީނާރު! އެމެރިކާގެ މިނިމަމްވޭޖަކީ 600 ޑޮލަރު!

  4
  1
 4. ތ ދަ

  އިބިލީހުގެ ކަެިވެނި

  15
 5. ކާފަބޭ2020

  ތިޔަވީ އިބިލީހުގެކައިވެންޏާއެއްގޮތް އޭރުވެސްމިހާރުވެސްހަމަ ކަލްދޯބަޖޭ ދޯ؟ ކުރިޔަށްއޮތްހަފްތާކިޔާހަފްތާއެއް ހޯދާހޯދާވެސް ނުފެނުނު އެހަފްތާއޮތީކޮންތާކުތޯ؟

  14
 6. ދިވެހި ދިދަ

  ގަރަހިތަ

 7. Anonymous

  ހަފްތާތަކުގެ ތެރެއިން ހަފްތާއެއްގަ ޤިޔާމަތް ދުވަސް ވެސް އަންނާނީ.

  11
 8. އިބުރާ

  ހުސްނުވާ ހަފްތާ ހުސްނުވާ ވާހަކަ ހުސްނުވާ އާސަންދަ..ނުފު..އްދޭ ވަ ުއދު

  10
  1
 9. ޝީޒާ

  ތިކަން ކުރެވިއްޖެއިޔާ ކިތަންމެހާވެސް ރަނގަޅު. މިހާރު ބައެއް ތަންތަނުން ސެކިއރިޓީންނަށް އެބަދޭ އެންމެ 2000ރފ ވެސް

 10. އަބްދޫ

  މިނިމަމް ވޭޖަކީ ގައުމަށްވެސް ރައްޔިތުންނަށް ވެސް އެއިން މަންފާކޮށްދޭނެ ކަމެއްނޫން.ރާއްޖެއަކު އާނމު ވިޔަފާރީގަ ދޭންޖެހޭ މުސާރަ ކަނަޑައެއް ނޭޅޭނެ. މުސާރަ ދެވޭނެ ވަރު ކަނަޑަ އެޅޭނީ އެ ވިޔަފާރީގެ ލިބޭ ގްރޮސް ފްރޮފިޓް އަށް ބޭސް ކުރެވިގެން. ތިޔަ ކަނޑައަލަން އުޅޭ މުސާރައިގެ ސަބަބުން ކުދި ވިޔަފާރިތައް ބަގުރޫޓް ވުމަކީ ކައިރި ކަމެއް. މިހާރު ހިންގަާ ކުދި ވިޔަފާރީގަ ބާޒާރުން ގަންނަ މުދާ މިވިއްކަނީ 10%އާއި 20% އާއި ދެމެދުގެ މާޖިންއެއްގަ. އާބާދީއަށް ނިސްބަތް ކޮށްބަލާއިރު ފިހާރަތައް މާބޮޑަށް ގިނަ ވެސްމެ. ސަރުކާރުންދޭ ލޯނުނަގައިގެ ން ވިޔަފާރިފަށާ ގިނަބަޔަކު ވަނީ ފެއިލް. އެއީ އާބާދީ ކުޑަވީމަ. ކޮންމެ ދެމަފިރިއަކަށް ފިހާރައެއް ހުޅުވައިފިނަމަ ގަންނަން ތިބޭނީ ވެސް އެ ދެމަފިރިން އެކަނި . ސަރުކާރުން ލޯނާއި އެހެން އެހީދެނީ ގައުމުގެ އަބަދިއާއި ކުރިއެރުމުގެ މިންވަރަށް ވިސްނަފައެއްނުން.ސަޕޯޓް ހޯދުމުގެ ވިސްނުމުގަ. މިކަމުގެ ސަބަބުން ގައުމު މިދަނީ އިންދަޖެހިގެން. 2019 ގެ ކުރިން ދުވާލަކު 15000 ސޭލްސް ނެރެވޭ ތަންތަންމިހާރު ސޭލްސް 7500 ވެސް ނުނެރެވޭ.އެއީ ތަންތަނ ގިނަވެ ވިޔަފާރި ބެހިގެންގޮސް ފަ އޮތީމަ އާބާދީ ނެތް ތަނެއްގަ ގައުމުގެ ހުރިހާރައްޔިތުންނަށް ލޯނިދީގެން ވިޔަފާރި ފެށިޔަސް އެތަނުންދެމިގަނެވޭނީ މަދުމީހަކަށް ދެންތިބި އެންމެން ވަނީ ދަރަނި ލޯނެއގަ ތަށިވެފާ. މިހާރު ދެކޮޅު ނުޖެއްސިގެން އުޅޭ މިނިމަމް ވޭޖަކީ ދިވެހިރާއްޖެއަށް ކަމުދާކަމެއްނޫން. މި ވޭޖް ކުޑަވެއްޖެ ނަމަ ލޭބަރުންގާތަށް ރުޅިއަންނާނެ ބޮޑުވެއްޖެ ނަމަ ވިޔަފާރި ވެރިން ރުޅިއަންނާނެ އަދި ބައެއް ވިޔަފަރިތައް ބަގުރޫޓް ވާނެ. މިކަމުގަ ރަނގަޅު އެއްގޮތެއްވެސް ނެތިގެން މިކަން ނުކުރެވިގެން މިއުޅެނީ ވިސްނުމެއްނެތި ކޮށްފިކަމަކުން އެންމެފަހަރަކު ދޭހުގާ ގިސްލަމުން ހިތި ކަރުން އޮއްސަންޖެހިދެޔޭ އުމުރަށް މުޅިން. މިކަހަލަ ވައުދުތަކުގެ ސަބަބުން އެމްޑީޕީއަށް ރައްޔިތުން ކުރި އިތުބާރު މުޅިން ނެތިއްޖެ. މިފަދަ ވައުދެން މަސްވެރިންނަށް ހަމައަގު ހޯދަދިނުން. ހަމައަގު ދަންނަމީހަކު ދުނިޔޭގަ ވެސް ނޫޅޭއިރު ހަމައަގު ހޯދާދޭނީ ކިހިނެތް. ދެން ކިޔަސް މިފެށީ މަސްވެރިޔާއަށް ދުނިޔޭގެ މާކެޓަސް ނިކުމެ ވިއްކޭގޮތަ ހަދަދެށޭ. ދިވެހި މަސްވެރިނަނަކީ އެކަން ކުރުމުގެ ގަބިލްކަން ހުރި ބައެއްނޫން. ދުނިޔޭގަ އެބަތިބި ސިޕިން ކޮމްޕެނީތައް ބޮޑެތި ބޯޓްތަކުގަ މަސްބާނައިގެންގޮސް ދުނިޔޭގެ މާރުކޭޓް ތަކަށް ނެރެ ވިއްކާލެވޭފެންވަރުގެ. ރާއްޖޭގަ އެކަންކުރުމުގެ ގާބިލްކަން ހުރި އެކަކު ވެސް ނެތް. މޮޅެތިވާހަކަ ނުދައްކާ ހަމަލެވެލްގެ ވަހަކަ ދައްކާނަމަ އިތުރަށް ބެޒާރު ނުވީސް.