ކުރިއަށް އޮތް ރިޔާސީ އިތިހާބަށް އިދިކޮޅު އެމްޑީޕީން ތައްޔާރު ކުރި މެނިފެސްޓޯ އިފްތިތާހު ކުރަން ތައްޔާރުވެެއްޖެއެވެ.
ރޭ ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރުގުރާމުގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޗެއާ ޕާސަން ހަސަން ލަތީފް ވިދާޅުވީ މިމަހުގެ 29 އިން 30 އަށް އއ އުކުޅަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮންގްރެސް،އަށް އުކުޅަހަށް ފުރުން އޮންނާނީ ހޮނިހިރު ދުވަހު ހެނދުނު ކަމަށާއި ކޮންގްރެސްގައި ކުރަންޖެހޭ މައިގަނޑު ދެކަމެއް އެބައޮތް ކަމަށެވެ.
އެއް ކަމަކީ މެނިފެސްޓޯ ލޯންޗް ކުރުން އަދި ދެން ޕާޓީގެ އަސާސީ ޤަވާއިދަށް ގެންނަ އިސްލާހީ ބަދަލުތައް ގެނައުން ހަސަން ލަތީފު ވިދާޅުވިއެވެ.
ހަސަން ލަތީފު ވިދާޅުވީ މިހާރު ކޮންގްރެސްގައި ސީދާ ބައިވެރިވާނެ އަދަދަކީ 1148 ބޭފުޅުން ކަމަށާއި ސަރުކާރުގެ ފިއްތުންތައް ނެތްނަމަ އަދި މިއަށް ވުރެ މާ ކުލަގަދަކޮށް ކޮންގްރެސް ގެންދެވޭނެ ކަމަށެވެ.
" ކުރިން ވެސް ރޭވިފައިވާ ގޮތަށް ބޭރުގެ އިއްޒަތްތެރިންނަށާއި ނޫސްވެރިންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ ބޭފުޅުންނަށް އަދި އެހެން ޕާޓީތަކުގެ ބޭފުޅުންނަށްވެސް ދައުވަތު ދެއްވާނެ "ހަސަން ވިދާޅުވިއެެވެ.
ހަސަން ލަތީފް ވިދާޅުވީ 30 ވަނަ ދުވަހު އުކުޅަހަށް ވަޑައިގަންނަވާ ބޭފުޅުން ރެޖިސްޓްރޭޝަންއަށް މާލެވަޑައިގަންނަވަން ނުޖެހޭނެ ކަމަށާއި އެބޭފުޅުންގެ ރެޖިސްޓްރޭޝަންގެ ކަންކަން ހިނގާނީ ސީދާ އުކުޅަހުގައި ކަމަށެވެ.
"އަޅުގަނޑުމެން ދެއްކިން ޓިކެޓެއް ވިއްކާ ވާހަކަ. 200 ޓިކެޓް ވިއްކަން ރާވައިގެން އެމަސައްކަތް ކުރަމުންގޮސް، މިދެންނެވިގޮތަށް ފިއްތުންތައް ކުރިމަތިވެފައި އޮތީމަ މިހާރު އެއް ދުވަހަށް ޝެޑިއުލް ކުޑަކުރެވިފައި އޮތީމަ ޓިކެޓް ވިއްކައިގެން ބޭފުޅުން ގެންދާނެ ފުރުސަތު މިހާރު އެއްކޮށް ވަނީ ނެތިފަ." ހަސަން ލަތީފް ވިދާޅުވިއެވެ
ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯދަވައިގެން ރައީސް މުހައްމަދު ނަޝީދު އަންނަނީ ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރައްވަމުންނެވެ.
ނަޝީދު އިންތިހާބުގައި ވާދަ ކުރާނެ ކަން އިއުލާން ކުރިނަމަވެސް ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި ނަޝީދުގެ މައްޗަށް ދައުލަތުން އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތުވެ 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާތީ މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ނަޝީދަށް ވާދަކުރެއްވުމުގެ ފުރުސަތު ގާނޫނީ ގޮތުން ވަނީ ބަންދުވެފަ އެވެ.
ﷲ އިރާދަކުރެއްވިއްޔާ އިސްލާމީ މިޤައުމުގެ ވެރިކަން ، ކުރީގެ ރައީސް މުޙައްމަދުނަޝީދަށް ދުވަހަކުވެސް ލިބިވަޑައި ނުގަންނަވާނެ،.
ޢާމީން
ކޮބާ ރަންރީނދޫ ޓްވިޓަރޭ ދަ ބަތާހަރާމީ ދަ ހަރާމްކޯރޭ ދަ ވޯޓް ވަގޭ ތަމެންނަށް ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް.