ޗައިނާއިން ހިފާފައިވާ ރާއްޖޭގެ ރަށްތައް އަސްކަރީ ބޭސްތަކަކަށް ބަދަލު ކޮށްފާނެ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަހްމަދު ނަސީމް (ކެރަފާ ނަސީމް) އިންޑިއާގެ ނޫހެއް ކަމަށްވާ "ދަ ޓްރައިބިއުން" އަށް ދިން ބަސްދީގަތުމެއްގައި، ދެއްކެވި ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށާއި އެވާހަކަތައް ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް ދިވެހި ސަރުކާރުން ވިދާޅުވެއްޖެއެވެ.

މިއަދު މިނިސްޓްރީ އޮފް ހޯމް އެފެއާޒް އިން ނެރުނު ބަޔާނެއްގައި ނަސީމްގެ ވާހަކަތައް ސިފަ ކޮށްފައި ވަނީ ރާއްޖެއާއެކު ސިޔާސީ ގުޅުން ގާއިމް ކޮށްފައިވާ ގައުމުތަކާއި ރާއްޖެއާއި ދެމެދު އޮންނަ ގުޅުން ހީނަރުކޮށް އެ ގައުމުތަކުގެ ރައްޔިތުންގެ ހިތްތަކުގައި، ރާއްޖެއާއި މެދު ނަފުރަތު އުފެދޭ ގޮތަށާއި، ދިވެހި ރައްޔިތުންގެ ހިތްތަކަކަށް ބިރުވެރިކަން އިހުސާސް ކުރެވޭ ގޮތައް ރާއްޖެ ބަދުނާމުކޮށް ދައްކާފައިވާ ވާހަކަތަކެއްގެ ގޮތުގައެވެ.

ހޯމް މިނިސްޓްރީގެ ބަޔާނުގައި ބުނެފައި ވަނީ ރާއްޖޭގެ ހަމަޖެހުމާއި ދިވެހި ރައްޔިތުންނަށް ނުރައްކާވާފަދަ އެއްވެސް ކަމެއް ދިވެހި ސަރުކާރުން ނުކުރާނެ ކަމަށެވެ. އަދި އަވަށްޓެރި ނުވަތަ އެހެން ގައުމަކަށް ވެސް ނުރައްކާވާ ފަދަ އެއްވެސް އަމަލެއް ނުވަތަ އެފަދަ ކަމަކަށް މަގުފަހިވާ ފަދަ އަމަލެއް މި ސަރުކާރުން ނުކުރާނެ ކަމުގެ ޔަގީންކަން ވަނީ ދެއްވާފައެވެ.

"މި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުން ގެންދަނީ މި ކުޑަކުޑަ ދިވެހި ރާއްޖެއަކީ ދުނިޔޭގައިވާ އެންމެ ރީތި އަދި އެންމެ އަމާން ގައުމުގެ ގޮތުގައި ބޭއްވުމަށެވެ." އެ ބަޔާނުގައި ވެއެވެ.

އެ ބަޔާނުގައި ވިދާޅުވެފައި ވަނީ ނަސީމް ދެއްކެވި ވާހަކަތަކަކީ ކަނޑައެޅިގެން ހަގީގަތާއި ހިލާފު ދޮގު ވާާހަކަތަކެއް ކަމަށާއި އެ އިންޓަވިއުގައި އޭނާ ދެއްކެވި ވާޙަކަތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. އަދި ދިވެހި ރާއްޖޭގެ އަމާންކަމާއި ހަމަޖެހުމަށް އަސަރު ފޯރާ ފަދަ ހަގީގަތާއި ހިލާފު ވާހަކަތައް ދައްކާ ރާއްޖެ ބަދުނާމު ކުރަން އުޅޭ އެންމެހާ މީހުންނާ މެދު ތަހުގީގުތައް ހިންގައި އެމީހުންނާއި މެދު ފިޔަވަޅު އަޅާނެ ކަމަށް ބަޔާނުގައި ވެއެވެ.

ކެރަފާ ނަސީމް އިންޑިއާގެ ނޫހަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ ރާއްޖޭގެ 16 ރަށް ޗައިނާއިން ހިފާފައިވާ ކަމަށާއި އެގައުމުން ދަނީ ރާއްޖޭގެ ހުރިހާ ސަރަހައްދުތަކުން ބިން ހިފަމުން ކަމަށެވެ. އަދި އެ ރަށްތައް އަސްކަރީ ބޭސްތަކަށް ބަދަލު ކުރުން އެކަށީގެންވާ ކަމަށާއި އެއީ އިންޑިއާ ކަނޑުގެ ސަލާމަތައް ހުރި ނުރައްކަލެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ކަނބުލޮ

    އެމީހުންނަށް އެނގޭނީ ފުރައްސާރަކުރަނ އެހެންކަމެއް ނޭނގޭނެ

  2. ރަށްދު

    ހުތުރު ނޫމެއް އިސްރާއީލް މީހަކާވައްތަރު ރަހުމެއް ނުހުންނާނެ

  3. ރެޓޭ

    ކެރަފާ ބާޣީން ދައްކާ ވާހަކަ އިރު އަލިވާހިސާބުގައި ޤަބޫލު ކުރަން ހެޔޮނުވާނެ! އެއުޅެނީ މޭޔަރޭ ކިޔައިގެން މޭފުއްޕާފަ އުޅުނު ދުވަސްކޮޅު ކެވުނު ބައިވަރުގެ ރަހަ އަރުތެރެއިން ނުފިލައިގެން!

  4. އަބްދުއްލާ

    ނަސީމްއާނަސީދު މުޅިންވެސް ދައްކަވާނީ ދޮގުވާހަކަތައް. ނަސީމުގެކިތައްގެ ވިއްކާލިންތަ ؟އެހުރިހާތަންތަން ގަތީ ޗައިނާ މީހުންތަ ؟

  5. ނަޖްވާ

    މި ނަސީމަކީ ކާކުތަ ދެން!

  6. ޑިމޮކްރަޓިސްޓް

    ތިޔަ ސައިތާނަކީ ދިވެހިރާއްޖެ ބަދުނާމުކޮށް މުޅިރާއްޖޭގެ އަގު ބޭރުގައުމުތަކުގެ މެދުގަ ވައްޓާލަމުންދުވާ ނުބައި ހާއިނެއް.. މިނުބައި އިންސާނާގެ ނިމުން އަވަސްކުރައްވާފާންދޭވެ.. އާމީން..

  7. ޟ

    ނަތަން ޔާހޫ އާއި ވައްތަރެއް ނޫންތަ؟

  8. އަޒޭ

    މިއީ އަސްލު ޕްލޮޓު ހިޔާލުގެ ނުރައްކާތެރި މީހެއް މިކަލޭގެ ވަނީ އެކަން ދައްކާފަ މާޒީގަވެސް

  9. ޖެޓް

    މިއީ އިސްރާއިލް ގެ ސަހަރާގަ މާ ބޮޑި ބޭއްވި ސައިތާނެއް

  10. އާބިދާ

    ތިޢާއިލާއަކީ ވެރިކަމާހެދި ޤައުމަށް ހަރާންކޯރުވާ ބަޔެއް، ލަދުޙަޔާތް ކޮބާ