ޖިންސު ބަދަލު ކުރުމަކީ އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިގެން ހަރާމްވެގެންވާ ކަމެއްކަމަށާއި، މިއީ މާތްﷲ ލައުނަތް ލައްވާނެފަދަ ކަމެއްކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ ޗާންސަރު ކަން ވެސް ކުރެއްވި ޑރ.ޝަހީމް ވިދާޅުވީ ޖިންސު ބަދަލު ކުރުމަކީ މާތްﷲ ޚަލްޤުކުރައްވާފައިވާ ގޮތް ބަދަލުކުރުމަށް ހިންގާ ޢުދުވާނީ އަމަލެއްކަމާއި، އެންމެ ކުރީގެ ސަމާޢީ ޝަރީޢަތެއްވެސް މި އަމަލު ހުއްދަކޮށްފައި ނުވާ ކަމަށެވެ. އަދި މި އަމަލަކީ އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިގެން ޙަރާމް ވެގެންވާ ލަޢުނަތް ހުރި އަމަލެއް ކަމަށާއި މިފަދަ އަމަލުތަކާ ދުރުވާން ޖެހޭ ކަމަށް ޑރ.ޝަހީމް ވިދާޅުވެފައިވެއެވެ.
ޖިންސު ބަދަލުކުރުމަކީ މާތް ﷲ ޚަލްޤުކުރައްވާފައިވާ ގޮތް ބަދަލުކުރުމަށް ހިންގާ ޢުދުވާނީ ޢަމަލެއް. ކުރީގެ ސަމާވީ ޝަރީޢަތެެއް ވެސް އެޢަމަލު ހުއްދަ ކޮށްފައިނުވޭ. އެ ޢަމަލަކީ އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިގެން ޙަރާމް ވެގެންވާ ލަޢުނަތް ހުރި ޢަމަލެއް. އެފަދަ ކަންކަމުން ދުރުވާންޖެހޭ. pic.twitter.com/ICIPdXQfEz
— Mohamed Shaheem Ali Saeed (@Mohamedshaheem1) July 15, 2021
ޑރ. ޝަހީމް މިހެން ވިދާޅުވެފައި މިވަނީ ދިވެހި އަންހެނެއް ކަމަށްވާ އައިމިނަތު އީނާސް އޭނާގެ ޖިންސީ ގުނަވަން ބަދަލުކޮށް "ފިރިހެނަކަށް" ވެފައިވާކަން މީސް މީޑިއާގައި އިއުލާން ކޮށްފިއެވެ. އީނާސް ދިރިއުޅެނީ އޮސްޓްރޭލިއާގައި ކަމަށް ވެއެވެ.
އީނާސް މީސް މީޑިއާ އެކައުންޓްތަކުގައި ބޭނުން ކުރާ ނަމަކީ އީމާން އެޒެކިއެލް އެވެ. އޭނާ އަކީ މީގެ އެތައް ދުވަހެއް ކުރިން ފިރިހެނުންގެ ހެދުން އަޅައިގެން އުޅޭތީ ބައެއް މީހުންގެ ފާޑުކިޔުން އަމާޒުވި މީހެކެވެ. އީނާސް ހެދުން އަޅާ ގޮތުން އޭނާ އަށް ފުރައްސާރަ ކުރާކަމަށް ބުނެ 2019 ވަނަ އަހަރުގެ ނޮވެމްބަރ މަހު ފުލުހުން މައްސަލައެއް ތަހްގީގު ވެސް ކުރިއެވެ. އޭރު އޭނާ އުޅުނީ ރާއްޖޭގައެވެ.
އީނާސް "ފިރިހެނަކަށް" ބަދަލުވިކަން އިއުލާން ކުރުމުން ވަރަށް ގިނަ ބަޔަކު އަންނަނީ އޭނާއަށް ފާޑުކިޔަމުންނެވެ.
ފަހަކަށް އައިސް ރާއްޖޭގައި ވެސް ފިރިހެނުން އަންހެން ހެދުން އެޅުން އަންނަނީ އިތުރު ވަމުންނެވެ. އަދި އެއްޖިންސުން ގުޅުން ހިންގުމަށް ހިތްވަރުދޭ މީހުން ވެސް އަންނަނީ ގިނަ ވަމުންނެވެ.
ތިބުނާ އީނާސް އަކު ޖިންސު ބަދަލުކޮށްފީމޭ ބުނާއިރަށް މީހުން އަވަހަށް އެކަން ގަބޫލުކުރީ އޭނަގެ ޖިންސީ ގުނަން ބަލާފަތަ؟ ނުވަތަ ފެނިގެންތަ؟ އެއީ ހަމައެކަނި އޭނަގެ އަނގައިން ބުނި ބުނުމެއް. ކޮބާ އެކަން ކުރިކަމުގެ މެޑިކަލް ރިޕޯޓުތައް؟ އީނާސްއަށް ކެރެންޏާ މެޑިކަލް ރިޕޯޓުތައް މީޑިއާގަ ހިއްސާކޮށްބަލަ.
އެއީ ކަނޑައެޅިގެން ހަށިގަނޑަށް ދެވޭ ބޮޑު އަނިޔާއެއް އަދި ކަނޑައަޅިގެން ހެއްދެވިފަރާތް މިންވަރު ކުރެއްވި ގޮތަށް ގޮންޖެހުން. ހެއްދެވި ފަރާތް މިންވަރު ކުރެއްވި ކަމަކަށް ރުހި ޤަބޫލުވުމަކީ މަޖުބޫރުކަމެއް، ސަބަބަކީ އެކަލާނގެ އެމީހަކަށް އެންމެ މޮޅުގޮތެއް ދެނެވޮޑިގެންވަނީ. މީގެ މިސާލަކަށް އެމީހަކަށް ދެއްވި ލޭގެގުޅުން ހިމެނޭ. އެގުޅުމަށް އިންކާރުކޮށް އެގުޅުން ނުކެނޑޭނެ. ތިމާ އުފަންވުމުގެ ކުރިއަށް ތިމާގެ މައިންބަފައިން އަދި އެމީހަކީ ފިރިހެނެއް ނޫނީ އަންހެނެއްކަން ކަނޑައަޅަނީ އެންމެ މޮޅަށް ދެނެވޮޑިގެންވާ އިލާހް.
ދުނިޔެ ހަލާކުގެ ތެރެއަށް ވައްޓާލީމާ ﷲ ޙަރާން ކުރެއްވި ހުރިހާ ކަމެއްވެސް ހިގާނެ !
ޢޭނާ އެކަންކުރީ އޭނާގެ ކިބައިގައި ހުރި ޖިސްމާނީ ގޮތުންނާއި މެޑިކަލް ގޮތުން ކޮށްލުމުން އޭނާގެ ޙަޔާތް ކުރީގެ ޙާލަތަށްވުރެން ރަނގަޅުވެދާނެކަމަށް ޑޮކްޓަޜުން ލަފާދީގެންނަމަ ޝަހީމު ތިވިދާޅުވާ ޙާލަތާ ތަފާތުވާނެ
އޭނާގެ ދިވެހި ރައްޔިތެއް ކަމުގެ ޝަރުތު ގެއްލިއްޖެ ކަމުގައި ދެކެން
ބަގުރާ ގެންގުޅުމާއި ބޭނުންކުރުމާއި ބަގުރަލުގެ އެއްވެސް މުއާމަލާތެއް ކުރުމަކީވެސް އިސްލާމްދީނުގައި މުޅިން ހަރާމް ކަމެއް ! މިޤައުމުގައި އިސްލާމްދީނުގައި ހާރާމް ކުރައްވާފައިވާ ކިތަންމެ ކަމެއް ކުރަމުން އެބަގެންދޭ ! ކަލެއަށް އެކަންތަކާ ބެހޭގޮތުން ބަހެއް ނުބުނެވެނީ އަގައިގާ ތަޅުއަޅުވަފާނެތީތަ ؟ ހަލާކުވެ ސުންނާފަތިވެފާ ޒަމާނެއްގައި ޖިންސް ބަދަލުކުރުމާއި އެއްޖިއްސުން ގުޅުން ހިންގުމާއި އެއްޖިއްސުން ކައިވެނި ކުރުމާއި ޒިނޭކުރުމާއި މިފަދަ ހުރިހާ މުންކަރާތްތަކަށް އަރައިގަތުމަކީ އެބައިމީހުން ދެކޭގޮތުގައި އިންސާނުންގެ މިނިވަންކަން ކަމުގައި އެދަނީ ދައުވާ ކުރަމުން ! މީން ކަމަކާއި އިދިކޮޅު ހަދާބަޔަކީ އިންސާނީ ހައްޤު ތަކަށް ހުރަސް އަޅާބައެއްކަމަށް ނިންމަމުން !
ހަރާން ހުރިހާ ކަމެއްވެސް ހަރާމޭ ބުނެދޭންވާނެ އިލްމުވެރިން.
ކޮންފަދަ ނުބައިކަމެއްތޯ، މި އީކީ ސައްތައިންސައްތަ މުސްލިމުޤައުމެއްގަވެގެންވާނެ ކަމެއްނޫން، މިޤައުމެގެ މުސްތަޤުބަލު ބަނަކަން މިއިންދޭހަވެގެންދޭ،އަޅުގަނޑުމެން މިކަމަށް ވަރަށް ބޮޑައް ވިސްނަންޖެހޭ މިފަދަ ކަންތައްތައް ދިމާވެގެންދަނީ އަޅުގަނޑުމެންގެ އިހުމާލުން ދަރިންތަރުބިއްޔަތު ކުރުމުގައި އިހްމާލުވާތީ..އަޅުގަނޑުމެން އެއްމެން މިފަދަ ނުބައި އަމަލުތަކުން ދުރުވާންޖެހޭ އަދި މި ޤައުމު ސައްތައިންސައްތަ އިސްލާމީ ގައުމެއްގެ ގޮތުގައި ދެމިއޮތުމަށް ބޭނުން ނަމަ އަންނަން އޮތް ޖީލައްޓަކައި އަޅުގަނޑުމެންގެ ދަރިންގެހިއްތަކުގައި އިސްލާމީ އަޤީދާވަރުގަދަކުރަން މަސައްކަތްކުރުމަކީ ދިވެހި ކޮންމެފަރުދެއްގެވެސް ޒިންމާއެއް. ޔާ ﷲ މި ލޮބުވެތިވަޡަނަށް ދެރަގޮތެއް މެދުވެރިނުކުރައްވާދޭވެ......
ކަލޭ ދެން ތީ ކާކު. ހަވާނަފުސުން ފުރި ފޯވެފަ، މާއްދިއްޔަތައް ގޮސް ހުސްވެފަ. ކާކު ކަލޭ ދައްކާ ވަހަކަ ގަބޫލުކުރަނީ މިހާރު؟ އިބިލީސް؟
ކަލޯ ހާދަ ފަލަ ސުރުހީގައޭ މިދުވަސް ކޮޅު.... ކަޅޯ ތިހެން ނުބުއްޏެއް ކަމަކު.... މި ގައުމުގެ ކުަޑަ ކުދިން ނަށް ވެސް އިގޭ ޖިންސު ބަދަލު ކުރުމުގައި ދީނުގު އޮންނަ ހުކުމް.