ރާއްޖޭގެ ހުރިހާ ރައްޔިތުންނަކީ ހަމަހަމަ ބައެއް ކަމަށާއި، ހުރިހާ ރައްޔިތުންނަށް ލިބޭ ނިއުމަތްތަކާއި، އުފުލަންޖެހޭ ތަކުލީފުތަކުގައިވެސް ހަމަހަމަކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވެފައިވަނީ، ކ. ގުރައިދޫގެ ބަނދަރާއި ބޯފެނުގެ ޚިދުމަތް އިފްތިތާޙު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ރައީސް ވިދާޅުވީ ޓޫރިޒަމްގެ ފައިދާ ލިބެން ޖެހޭނީ ހަމައެކަނި ވަކި އަތޮޅުތަކަކަށް ނޫންކަމަށެވެ. އަދި، އެމަނިކުފާނުގެ ސިޔާސަތަކީ މިހާރު ޓޫރިޒަމްގެ ސިނާއަތުގައި އެންމެ ދަށްކޮށް އޮތް ބޮޑު ތިލަދުންމަތި ނުވަތަ ހއ. ހދ. އަދި ށ. އަތޮޅުގައި ފަތުރިވެރިކަން ފުޅާކުރުމަށްކަމަށެވެ.
"ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންނަކީ އެއްވަރުގެ ބައެއް. ނިއުމަތްތަކާއި އުފުލަން ޖެހޭ ތަކުލީފަށް ބަލައިފިކަމުގައިވާނަމަ، ހަމަ ހުރިހާކަމެއް އެއްވަރަކަށް އެއް ހަމައެއްގައި ހުންނަން އެބަ ޖެހޭ." ރައީސް ވިދާޅުވިއެވެ.
މިކަންކަން ކުރުމަށް، މިހާރު ފަތުރުވެރިކަމަށް ދޫކުރާ ރަށްތަކާއި ފަޅުތަކުގެ ތެރެއިން، 75 އިންސައްތަ، އަކީ އެއަތޮޅުތައް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"އެންމެ ޓޫރިޒަމް ނެތް ދާއިރާތަކަށް ބަލާނަމަ މި އުތުރުގެ ރަށްތައް، އުތުރުގައި ހުރި އަތޮޅުތައް، ހއ.، ހދ.، ށ. އެހެންވުމުން އެރަށްރަށް ޓޫރިޒަމް ގެންދިޔުމަކީ މިއަދުގެ ސިޔާސަތުގައި ހާމަކަން ބޮޑު ގޮތެއްގައި ފާޅުކޮށްފައި އޮތް ސިޔާސަތެއް. އެހެންވުމުން، މިހާރު ޓޫރިޒަމަށް ދޫކުރާ ރަށްތަކުގެ ތެރޭގައި 75 ޕަސެންޓަށް ވުރެ ގިނަ ރަށްތައް އެހުރީ ހއ. ހދ. އަށް." ރައީސް ވިދާޅުވިއެވެ.
މީގެއިތުރުންވެސް، ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވެފައިވަނީ ބައެއް ފަރާތްތަކުން "ބާލިދީ އެއަރޕޯޓު" ގެ ގޮތުގައި ސިފަކުރާ އެއަރޕޯޓަކީ މިހާރު ހާސް މިލިޔަން ޑޮލަރު ހޭދަކޮށްގެން ތަރައްޤީ ކޮށްފައިވާ، ބްރޭންޑް ނިއު އަދި މި ސަރަޙައްދުންވެސް ފާހަގަކޮށްލެވޭ އެއަރޕޯޓެއްކަމަށެވެ. އަދި، އެކަންވެސް ކޮށްފައިވަނީ މި ސަރުކާރުގެ ހަތަރު އަހަރުގެ ތެރޭގައިކަން ރައީސް ފާހަގަކުރެއްވިއެވެ.
ހަމައެހެންމެ، ހަމައެކަނި ޤުދުރަތީ ތަރައްޤީއަށް ބަރޯސާވެގެން ތިބެވެން ނެތްކަމަށާއި، އޭރަކު ތިބި ޙާލަތުން، އެއަށްވުރެ ރަނގަޅު ޙާލަތަކަށް ދިއުމަށް މަސައްކަތް ކުރަން ޖެހޭކަމަށާއި، އެކަމަށް ދީނުގައިވެސް އަންގަވާފައިވާކަމަށް، ރައީސުލްޖުމްހޫރިޔާ ވިދާޅުވެފައިވެއެވެ. އަދި، މާލެއަށް ބަރޯސާވުން ކުޑަކުރުމަށްވެސް މަސައްކަތް ކުރަމުންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ފްލެޓް މާލޭ ނުވަތަ ދަފްތަރު މީހުންނަށް
41 އަހަރުން ދަށުގެ މީހުންނަށް
ދެން ކީއްވެބާ އެއްމެން ރައްތަށް ދޫކޮއްލާފަ މުސާރަ ކޮޅު މާލޭ މީހުންނަންދޭން މާލެ އައްނަން މިގޮވަނީ؟ މާލޭ މީހުން ނަށް ބްރިޖް އަޅުވަދީފަ ރާއްޖެތެރޭ މީހުން ގުބޯ ހައްދައިގެން މިއުޅެނީ، ދެން އެއްމެން އަތްޖަހާ...
އޯލް އެނިމަލްސް އާރ އީކުއަލް.. ބަޓް ސަމް އާރ މޯރ އީކުއަލް...
ވިދާޅުވާ ބަސްފުޅާ ޢަމަލާ ދިމާނުވާ ބޭފުޅެއްކަން އެންމެ ކުޑަކުއްޖާ އަށް ވެސް އެނގޭ މިންވަރަށް ތިއަ ގެންދަވަނީ. ކަންކަން ފޮރުވަން މިހާރު ވަގުތު މާބޮޑުތަނުން ކުޑަތަން ވެއްޖެ