އިދިކޮޅު އެމްޑީޕީން މިމަހުގެ 29 އިން 30 އަށް އއ.އުކުޅަހުގައި ބާއްވާ އެ ޕާޓީގެ އާދަޔާ ހިލާފު ކޮންގްރެސް ގެ ލޯގޯ މިރޭ ތައާރަފް ކޮށްފިއެވެ.

މިރޭ އެމްޑީޕީގެ ހަރުގޭގައި ބޭއްވި ރަސްމިޔާތެއްގައި މި ލޯގޯ ތައާރަފް ކޮއްދެއްވީ އެމްޑީޕީ ކޮންގުރެސް ކޮމިޓީގެ ޗެއާ އަލީ ހާޝިމް އެވެ.

މިރޭ ބޭއްވި ރަސްމިޔާތުގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވީ އެމްޑީޕީގެ ކޮންގުރެސް އަށް ސަރުކާރުން ދަނީ ތަކުރާރުކޮށް ހުރަސް އަޅަމުން ކަމަށެވެ.

"އެމްޑީޕީ ކޮންގުރެސް ބާއްވަން މިނިއްމީ ވަރަށް ދަތި އުނދަގޫ ވަގުތެއްގައި, އެމްޑީޕީގެ ގައުމީ މަޖިލިސް އިން ނިންމި ގޮތަށް މިމަހުގެ 29 އިން 30 އަށް އުކުޅަހުގައި އެމްޑީޕީގެ ކޮންގުރެސް ބާއްވާނެ, އެމްޑީޕީގެ މެންބަރުން މި ކޮންގުރެސް ބޭއްވުމަށް ކުރަމުންދާ މަސައްކަތަަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން, އަދި މި ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ތާއަބަދު ދެއްވަމުން ގެންދަވާ އިރުޝާދަށް ޝުކުރު ދަންނަވަން" ހަސަން ލަތީފު ވިދާޅުވިއެވެ.

އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވާހަކަފުޅު ދައްކަވަނީ – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވާހަކަފުޅު ދައްކަވަނީ – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

ގާނޫނުގައި ވާގޮތަށް އެމްޑީޕީ އަށް ލިބެންޖެހޭ ފައިސާ ސަރުކާރުން ހިފަހައްޓާފައިވާ ކަމަށް ވިދާޅުވެ ހަސަން ލަތީފު ވިދާޅުވީ ކޮންގުރެސް ބޭއްވުމަށް ފަންޑް ރައިޒު ކުރަމުންދާކަމަށާއި އެމްޑީޕީގެ ކޮންގުރެސް ވަރަށް ފޯރިފަދަވާނެ ކަމަށެވެ.

އުކުޅަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮންގްރެސް،އަށް އުކުޅަހަށް ފުރުން އޮންނާނީ ހޮނިހިރު ދުވަހު ހެނދުނު ކަމަށާއި ކޮންގްރެސްގައި ކުރަންޖެހޭ މައިގަނޑު ދެކަމެއް އެބައޮތް ކަމަށް އެމްޑީޕީގެ ޗެއާ ޕާސަން ހަސަން ލަތީފު ވަނީ ވިދާޅުވެފައެވެ.

އެއް ކަމަކީ މެނިފެސްޓޯ ލޯންޗް ކުރުން ކަމަށާއި ދެވަނަ ކަމަކީ ޕާޓީގެ އަސާސީ ޤަވާއިދަށް ގެންނަ އިސްލާހީ ބަދަލުތައް ގެނައުން ހަސަން ލަތީފު ވިދާޅުވިއެވެ. އަދި ކޮންގްރެސްގައި މައިގަނޑު ގޮތެއްގައި އޮންނާނީ، މެމްބަރުންގެ މެދުގައި މަޝްވަރާ ކޮށް، ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް ޕާޓީގެ ސިޔާސަތުތައް ކަނޑައެޅުން ކަމަށް އޭނާ ވިދާޅުވިއެވެ.

ހަސަން ލަތީފު ވިދާޅުވީ މިހާރު ކޮންގްރެސްގައި ސީދާ ބައިވެރިވާނެ އަދަދަކީ 1148 ބޭފުޅުން ކަމަށާއި ސަރުކާރުގެ ފިއްތުންތައް ނެތްނަމަ އަދި މިއަށް ވުރެ މާ ކުލަގަދަކޮށް ކޮންގްރެސް ގެންދެވޭނެ ކަމަށެވެ.

އެމްޑީޕީގެ އާދަޔާ ޚިލާފު ކޮންގްރެސް ބާއްވަން ތައްޔާރުވަމުން އަންނަ އިރު، އެ ޕާޓީގެ ރިއާސީ ޕްރައިމަރީ ބާއްވައި ރިއާސީ ކެންޑިޑޭޓް އިންތިހާބު ކޮށްފަ އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯދަވައިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދު އަންނަނީ ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރައްވަމުންނެވެ. ނަމަވެސް ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި ނަޝީދުގެ މައްޗަށް ދައުލަތުން އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތުވެ 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާތީ މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ނަޝީދަށް ވާދަކުރެއްވުމުގެ ފުރުސަތު ގާނޫނީ ގޮތުން ވަނީ ބަންދުވެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. Anonymous

    ވޯޓު ކަރުދާހުގައި ހަކުރު ނަސީދު ނަމެއް ނޯންނާނެ

  2. މިލިޓަރީ

    މިމީހުން އުޅެނީ އަމިލްލަފައިދާއަ

  3. މުޙައްމަދު

    ތިޕާޓީއަށް ސަރުކާރުން އެއްވެސް ފައިސާއެއް ދޭނެކަމެއް ނެތް ތީ ބޮޑު ބަލާއެއް މިޤައުމަށް ޖެހިފައޮތް ތީގެވަސް ވެސް މިޤައުމުން ފުހެލަންޖެހޭ..

  4. Anonymous

    މަރުޚަބާ

  5. ނުރަބޯ

    ގާނޫނާ ގަވާޢިދު ތަކާ އެއްގޮތަށް ކުރާ ކަންކަމަށް ސަރުކާރުން ހުރަހެއް ނާޅާނެ. މިއީ ކެރަފާ ނަޝީދުގެ ކުޅޭކުޅޭ ސަރުކާރެއް ނޫނޭ.

  6. ހ މ ޒ

    ސިޔާސީ ޕާޓީގެ ޤާނޫނާއި ގަވާއިދު ނުވަތަ އެނޫންވެސް ޤާނޫނަކާއި ނުވަތަ ގަވާއިދަކާ ޚިލާފަށް އެއްވެސް ޢަމަލެއް ނުހިންގުން.

  7. ހަމަމަލަް

    ކޮންމެ އަކަސް ގަޓުމަނިކުފާނު ނުހަނު ބޮޑަށް ބިރިފުޅުގަނޭ.. މިފަހަރު އުކުޅަހު އެންމެން ޖަލަށް ތޯއްޗެ ؟

  8. މޫސާމަނިކު

    އުކުޅަހު މީހުން ހައްދައިގެން ގޯނިފުލަށް ލައިގެންދޯ މިއުޅެނީ؟

  9. ޙަފްޞާ / މާލެ

    މީސްކޮޅު ހިތްރުއްސަން ކަމެއްކުރަންވާނެ!

  10. ދޮންކަލޯ

    މިލޯގޯއިން މިދައްކާދެނީ، ސެކިއުލަރިޒަމް ހިންގާ ބޮޑުމީހާ، އަންނި ހުންނާނީ އިނގްލެންޑްގައި ކަމަށްތަ؟

  11. ޑާކު

    މިމީހުންގެ އަމަލުން އެނގޭކަމަކީ، މިމީހުން އަމިއްލަ ގޭގަނަމަވެސް ވަކިވެރިކަމެއް ކުރުމުގެ ހިޔާލުގެންގުޅޭކަން.

  12. ޖައި

    ޕާޓީ އޮޔާ ދަނީ އެވެ.

  13. އ މ ރ ބ

    އުކުޅަސް ކަހަލަ ތާކުންތާކުނުޖެހޭ ގަމާރުން ހެއްދިދާނެ ކިތައްމެވަރަކަށްވެސް، ބޮޑެތި އާބާދީ އޮންނަ ރަށްތަކުގެ ތާއީދެއް މިހާރަކުނެތް ތި ޕާޓީގާ،،