ސަފާރީއަކަށް ދޫކޮށްފައިވާ ގިނަ އަދަދެއްގެ ބަނގުރާ ގާސިމް އިބްރާހިމްގެ ޕެރަޑައިސް އައިލެންޑް ރިސޯޓަށް ބާލަމުން ދަނިކޮށް ފުލުހުންނާއި ކަސްޓަމްސްގެ އޮފިސަރުން ގޮސް އެކަން ހުއްޓުވައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޕެރަޑައިސް އައިލެންޑް ރިސޯޓްގައި ފުލުހުންނާއި ކަސްޓަމްސްގެ އޮފިޝަލުން މިހާރު ގެންދަނީ ހަރަކާތްތެރިވަމުންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކަސްޓަމްސް އިން ކުރިއަށްގެންދާ އޮޕަރޭޝަނެއްގައި ފުލުހުން އެހީތެރިކަން ފޯރުކޮށްދެމުން ގެންދާކަމަށެވެ.

އޮޕަރޭޝަން ހިނގަމުން ގެންދަނީ ކޮންތަނެއްގައި ކަމެއް ފުލުހުން ވިދާޅެއް ނުވެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އިތުރު މައުލޫމާތު ދެއްވާނީ ކަސްޓަމްސް އިން ކަމަށެވެ.

ކަސްޓަމްސްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކަސްޓަމްސްގެ އޮޕަރޭޝަނެއް ކުރިއަށްގެންދާކަން ޗެކް ކޮށްލެއްވުމަށް ފަހު މައުލޫމާތު ދެއްވާނެ ކަމަށެވެ. ނަމަވެސް ފަހުން ފޯނަށް ޖަވާބު ދެއްވާފައެއް ނުވެއެވެ.

ގާސިމްގެ ރިސޯޓްތަކަށް ހުއްދަނެތި ބަނގުރާ އެތެރެކުރާ މައްސަލަ ފެންމަތިވެގެން މީގެ ކުރިން ވެސް ކަސްޓަމްސް އިން ވަނީ އޮޕަރޭޝަންތަކެއް ހިންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ރިޔާޒް

    ތިގާސިމަކީ އަބަދުވެސް ހައްގުނޫން އެތައް ގޮތަކުން ފައިސާއާއި މުދާ އެއްކުރާ ބޮޑު މުޖުރިމެއް ބިންފޭރުން ވައްކަންކުރުން ރިސްފަތު ދިނުން މިހެންކިޔާނެ ކަމެއްނެތް ތީބޮޑު ވަބާއެއް މިކުޑަކުޑަ މުޖުތަމައާ މުޅިން ފަސާދަ ކުރަނީ ތިކަލޭގެ ސަރުކާރަތް ގޮވާލަން އޭނާގެ މުދާ ސަރުކާރަނެގުމަށް

  2. ހުސެން

    ބުރުމާގެ ހަމައޮތީ ވައްކަމުގެބައި ދޯ

  3. ޏަމް

    ޜިސޯޓުތަކުގަ މިއޮތްހުރިހާދުވަހު މިވިއްކަނީ ކޯއްޗެތޯ؟ ރިޔާސީ އިންތިޚާބު ކާރިވާވަރަކަތް މިކަހަލަ ސުޓޯރީތަތް އަޑުއިވޭނެ! ޔާމީން ވާސަލާމް މީ ތަންކޮޅެއްބޮޑުވަރު

    • މަހާ

      ސަފާރީތަކުން ބަނގުރާ ގެންގޮސްގެތަ ރިސޯޓުތަކުގަ އެވިއްކަނީ؟ ބަޔަކު ވިއްކިޔަސް ގަވައިދާ އެއްގޮތަށް އެކަންކުރުން މުހިއްމު އޭރުން ކަސްޓަމަކުން މަނައެއް ނުކުރާނެ

    • ދޮންބެ

      ރިސޯޓު ތަކުގާވެސް ވިއްކަނީ ރާ އެކަމަކު އެރިސޯތަކައް ދޫކުރާ ބަގުރާ

    • ރާބެ

      ތަނެއްދޮރެއް ނޭނގުނަސް އަނގައަރުވަން ވޭވިއްޔަ ކީއްކުރާނީ؟

  4. ފަތުވާ

    ސާބަހޭ ވާނުވާގަބާ ކަސްޓަމްސް

  5. ކާޅި

    ކަމެއް ރަނގަޅަށް ކުރިއަސް ކަލޯމެންނަށް ގޯސްވާނެ

  6. ޙަފްޞާ / މާލެ

    "ޏަމް" ކަހަލަ ތަންދޮރުނުފިލާމީހުން ކޮމެންޓް ނުކުރުން މާ ރަގަޅުވާނެ! ކަސްޓަމްސްއިން ބަނގުރާ ދޫކުރަނީ ވަކި އުޞޫލުތަކެއްގެދަށުން ، އެކިތަންތަނަށް އެކިމިންވަރަށް ވަކި ކޮންޓްރޯލެއްގެ ދަށުންނެވެ. ޤާސިމުމެންކަހަލަ ވަގުން އުޞޫލުތަކާ ހަމަތަކުގެބޭރުން ވައްކަންކުރާިމަ މަހުޖަނެއްކަމަކު ފިޔަވަޅުއަޅާނެއެވެ. ސާބަސް ސަރުކާރު!

  7. މަރީ

    ގާސިމް މުއްސަނދިވެފައިވަނީ ސައުލަތުން ވައްކަންކޮށް އާއްމުންގެ އަތުންވައްކަން ކޮއްގެން އޭނައަކީ ބޮޑުވަގެއް

  8. ބުއްޅަބޭ

    ގާސިމުގެ ބަތާކައިގެން ތިބޭ ދެތިންމީހަކުގެ ކޮމެންޓަށްބަލާއިރު، ގާނޫނާއި ގަވާއިދަކީ އޮންނަންޖެހޭ އެއްޗެއްނޫން، އެއްބަޔަކު ޚިލާފްވީމަ މަވެސް އެގޮތަށް ފޮލޯކުރަންވީ! މިކަހަލަ މީހަކު ރާއްޖޭގެ ވެރިކަން ހޯދަން ފޫގަޅާފަ މިހިރީ، 800 މިލިޔަން އޮއްބާލަން 10މިލިޔަން ދިނުމެކޭ މިގޮތަށްކުރާ ވައްކަމެކޭ ތަފާތެއްނެތް!

  9. ނުރަބޯ

    މިގޮތަށް ހީހޫތަނުން ކައިގެން ކިހިނެތް ރިސޯޓްހިންގާނީ؟ ބުރުމާ...!!!

  10. ހުއްތުކަލޯ

    އެކަމަކުވާ އޮނަރަބަލް ގާސިމޫ.

  11. ބުރާންތި

    ރާއްޖެޔައް ބަންގުރާ އެތެރެ ކުރޭތަ؟ ދީނީގޮތުން ކުރާ ކަމެއްތަ؟ ދައުލަތުގެ ވަކީލުން ކައިރީ އަހާބަލަ ރާއްޖެ އައްބަނގުރާ އެތެރެކުރަނީ ދީނާހިލާފު ނުން ގާނޫނަކުން ހުއްދަ ދީގެންތޯ؟؟؟

  12. ނައްލަބެ

    އޮނަރަބަލް އެއްނޫން މިހާރު ކިޔަނީ އޮނަރަބަރު އެންޑު ރިސްވަތު ގާސިމް ބުނު ޖަރުމަން