ޖުމްހޫރީ ޕާޓީ ނޫން އެހެން ސިޔާސީ ޕާޓީއަކުން ކުރިޔަށް އޮތްތަނުގައި ފެނުން އެކަށީގެންވާ ކަމަށް ޖޭޕީގެ ކުރީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ކަމާލުއްދީން ވިދާޅުވެއްޖެއެވެ.

ޖޭޕީގެ ކޮންގްރެސްގައި އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު ކަމަށް ލީޑަރު ކަމަށް ވާދަކޮށް ނާކާމިޔާބުވި ކަމާލުއްދީން "އާފަތިސް" ނޫހަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ވޭތުވެދިޔަ ހަ އަހަރު ދުވަހު އޭނާ ޚިދުމަތްކޮށްދިން ޖުމްހޫރީ ޕާޓީން އޭނާ ބަލައިނުގެންފިކަން އެނގުމާއެކު ދެން މަސައްކަތް ކުރިޔަށް ގެންދެވިދާނެ ގޮތަކާމެދު ވިސްނަމުންގެންދާ ކަމަށެވެ.

ކަމާލުއްދީން ވިދާޅުވީ ތިމާ ބޭނުންވާ ހުރިހާ ކަމެއް ނުވުމަކީ ގައުމަށްޓަކައި ކުރަމުން އަންނަ މަސައްކަތް ހުއްޓާލަންޖެހޭނެ ސަބަބެއް ނޫން ކަމަށާއި ޖޭޕީން އޭނާ ބަލައިނުގަތުން ނޫން އެހެން އިޙްސާސެއް ނުކުރެއްވޭ ކަމަށެވެ.

ޖޭޕީގެ ނައިބް ލީޑަރަކު ހޮވަން ބޭއްވި އިންތިހާބުގައި އެންމެ ދަށުން ވޯޓު ލިބުނީ އަބްދުﷲ ކަމާލުއްދީނަށެވެ. ކަމާލުއްދީން ވަނީ ބަލި ގަބޫލު ކުރެއްވި ކަމަށާއި ހަތަރު ޖާގައަށް ފަސް މީހުން ވާދަ ކުރާއިރު ކޮންމެ ވެސް މީހަކު ބަލިވާން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ.

ޖޭޕީގެ އެތެރޭގެ އިންތިހާބުގައި ނާކާމިޔާބާ ކުރިމަތިވެވަޑައިގެންނެވި އިރު އަބްދުﷲ ކަމާލުއްދީން ވަނީ ގާސިމް އިބްރާހީމް އެކުލަވާލެއްވި ހިޔަނި ކެބިނެޓުގެ ހިއުމަން ރިސޯސް މިނިސްޓަރުކަން ގަބޫލު ނުކުރައްވާނެކަން ހާމަ ކުރައްވާފައެވެ.

އަބްދުﷲ ކަމާލުއްދީން އަކީ ރައީސް މައުމޫނުގެ ވެރިކަމުގައި ދައުލަތުގެ ވަރަށް އިސްމަގާމުތަކެއް އަދާކުރެއްވި ބޭފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ހުސޭނުބޭ

    ސީޒަން ފެށުމުގެ ކުރިން އޮންނާނެ ޓްރާންސްފަރ މާކެޓް. ވީމާ ކަމާލުއްދީން ހޯދުމަށް ރެއާލްމެޑްރިޑުން އެބަ ވަރަށް މަސައްކަތްކުރޭ!

  2. ޢަބްދުލްމުހައިމިން

    ވޯޓަކުން ނާކާމިޔާބު ވީމާ ޕާޓީ ބަދަލުކުރުން. އަމިއްލަ އެދުމުން ފޯވެފައިވާ ވަރު އަންގައިދޭ. މިހާރު ތި އުމުރުގައި ލިބޭ ނާކާމިޔަބަކީ ވެސް ކާމިޔާބެއް.

  3. ބުރުމާ

    ކޮންޕާޓީއަކުން ދެންފެންނާނީ، ޚިތާނު ޕާޓީ އަކުންތަ؟

    • ޑިމޮކްރަޓިސްޓް

      ކުނިހޮވާ ޕާޓީ އިން! އެމްޑީޕީ!

  4. ޑިމޮކްރަޓިސްޓް

    5 ޖާގަޔަށް 4 މީހުން ކުރިމަތިލީމަ ކޮންމެސް އެކަކު ކަޓާނެކަން ޔަގީން! އެކަމަކު އެ 4 ޖާގައިގަ ތިމާމީހާ ލައްވާނުލީ ކީއްވެތޯ ސުވާލު އެފެދެންޖެހޭ! އެހެން މީހުން ލައްވާލި އިރު ތިމާ ލައްވާނުލީ ކީޢްވެބާ؟ ތިމާމީހާ ލައްވާލާފަ އެހެންމީހަކުވެސް ހަމަ ކަޓަންވީތާ؟ ކީއްވެ؟ ބަލައިނުގަންނަ ބޭކާރުމީހަކަށް ވީމަ! އަމިއްލަޔަށް ބޭރުވާން ފުރުސްތުދިނީ! ދެން ތިކަހަލަ ކައުންޓްނުކުރާ ބޭކާރުމީހުން އަޅަން އޮންނަ ރީންދޫކުކައިގެ ޕާޓީއެއްއޮންނާނެ، އަވަހަށް އެތަނަށް ގޮސް ވެއްޓިގަނޭ!

  5. ބުރުއްޓޭ

    އޯލްޑް އޭކޭ ގޯހޯމް.

  6. ޕީޕީ

    މަގޭ އާދޭހަކީ ކޮންެމެޔަކަސް އަހުރމެެެންގެތެރެއަށް އައިސް މިޕާޓީ ފަނިނުކުރާތި!

  7. އިބްރާހިމް

    ދެން ގޭގަ މަޑުކޮށްލަންވީނު މިސީޒަންގަ. ވަރަށް ބުންވަރު ދަށްކޮށްނެއްނު ތިހުންނެވީ. މިއަންނަ ސީޒަންއަށް ތައްޔާރުވާން ކުޑަކޮށް ކަސްރަތުކޮށްލާ ހަދާލަން މިސީޒަން ދޫކޮށްލަން ފެނޭ

  8. އަމީ

    ކަމާލުއްދީން މެން ދޮށިވީ އެއްވެސް ވިސްނުންތެރިކަމެއް ނެތިތަ-ފަހުވަގުތުވެސް ތިބޭނީ އާއިލީމީހުން ކިތައްމެ ގޯސް ވިޔަސް-މަުމޫނަށް ވެގެން އުޅެނީ އެހެންގޮތެއް

  9. ޖައްސާތި

    އެހެން ޕާޓީއަކުން އަޅުގަނޑު ފެނުން އެކަށީގެންވާ ކަމަށް އޭކޭ ބުނާނަމަ އޭކޭ ގުޅެންވީ ޕީޕީއެމް އާއި އެވެ. ދެން ޕީޕީއެމް އަށް އޭކޭ އައިސް ޖޭޕީ ގައި ތިބި މެމްބަރުން ޕީޕީއެމް އަށް ކަހަންވީއޭ ޖޭޕީން ކުރަންވީ ކަމަކީ އެމްޑީޕީގައި ތިބި މެމްބަރުން ޖޭޕީ އަށް ކަހަންވީ ހޭވައްޓާލުމަށް ފަހު މަމެން ޕިންކީން އެއިރުން އެމްޑީޕީ އުވާލާނަން އެމެންގެ މެމްބަރުންގެ އަދަދު 2 ހާހަށް ތިރިވުމުން. އޭޭކޭ އޭކޭ ގެ ގޮތުގައި އޭކޭ ނަގައިގެން ޖައްސާބަލަ.

  10. Anonymous

    ތިޔަހެން ޢުޅޭތީ މީހުން ފޫހިވަނީ

  11. Anonymous

    ދެފައި އެއްތާކު ނުޖަހާތި.

  12. ތިމަންނަ

    ހިތާމައަކީ " އޮޑި" ބާވިކަން ގަބޫލުނުކުރެވޭ ގިނަ ބަޔަކު އަދިވެސް އުޅެމުން ގެންދާކަން

  13. ނައިންޓީ

    ސޮޔާސީ އެއްވެސް ޕާޓީއެއްގެތެރޭގައި އިޚްލާސްތެރިކަމެއް ނޯންނާނެ. އެތެރޭގަ ހިނގާނީ ކޮނމްެވެސް މަކަރުވެރި ސިއްރު ރޭވުމެއް. އެ ރޭވުން ރާވާނީ ސިދާ ބޮޑު ލީޑަރުގެވެސް ލަފާގެމަތިން މޮޅުޑީލެއް ހަދާލައިގެން އެހެން ގޮތަކަށް ވެރިކަމާހިސާބަށް ތަހުތަށް އެރޭނެ ވިސްނުމެއްގަ. އެ ވިސްނުން ވިސްނާއިރު އިޚްލާސްތެރިން ވާނީ ބިކަ. މެޑެލްޖަހާ ކުރިހޯދާނީ ވަގުންނާ މުނާފިގުންނާ ޚިޔާނާތްތެރިން. އެކަން ވަރަށް ސާފުކޮށް ޖޭޕީގެ ހިނގާދިޔަ ކަންތަކުން ފެނިގެން ހިނގައްޖެ.

  14. ރައްޔިތުން

    ކަމާލު ހަދަން ރަނގަޅީ ވަކި ޕާރޓީއެއް، އެއީ މިހާރު ކަމާލު އަށް ހީވެފައި އޮންނާނީ ރައީސްކަން ލިބިދާނެ ކަމަށް، ނޫނީ ޕީޕީއެމް އަށް ދިޔަޔަސް އެޕާރޓީ އިން މަރުހަބާ ކިޔާނެ.

  15. ހުސޭނު

    އަވަހަށް ދޭ ބޭބޭ