ރަސްފަންނާ ދިމާލުން މޫދަށް ފުންމާލައިގެން މަރުވާން އުޅުނު ދިވެއްސަކު ސަލާމަތްކޮށްފިއެވެ.

"ވަގުތަށް" އެނގިފައިވާ ގޮތުގައި އެ ޒުވާން އަންހެން މީހާ މޫދަށް ފުންމާލައިގެން މަރުވާން އުޅުނީ ރޭ ދަންވަރުގެ ވަގުތެއްގައެވެ. އެ ޒުވާނާ މޫދަށް ފުންމާލަން އުޅެނިކޮށް ސަލާމަތްކޮށްފައި ވަނީ އޭނާގެ ކައިރީގައި ތިބި އާއިލާގެ މެމްބަރުންތަކެއް ކަމަށްވެއެވެ.

އެއީ 19 އަހަރުގެ ޒުވާން އަންހެން ކުއްޖެއް ކަން އެނގިފައިވެއެވެ.

ރަސްފަންނު ސަރަހައްދުގައި ހިނގި މި ހާދިސާއާ ގުޅިގެން ފުލުހުން ވެސް ހަރަކާތްތެރިވިއެވެ.