ކުޅުދުއްފުށިން އިތުރު ތިން މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލުން ހާމަކޮށްފައިވާ ގޮތުގައި އިއްޔެ އެސިޓީީން ފައްސިވި 13 އަހަރުގެ ކުޑަކުއްޖާ އާއި ގާތުން ބައްދަލުވި މީހުންގެ ތެރެއިން ތިން މީހަކު ވަނީ މިހާތަނަށް ފައްސިވެފައެވެ. ފައްސިވެފައިވާ މީހުންގެ ތެރޭގައި ދެ ކުޑަކުދިން ހިމެނެއެވެ. އޭގެ ތެރޭގައި ހިމެނެނީ އުމުރުން 16 އަހަރުގެ ކުއްޖަކާއި، ހަ އަހަރުގެ ކުއްޖެއްގެ އިތުރުން އުމުރުން 51 އަހަރުގެ މީހެކެވެ.
އެރަށު ކައުންސިލުން ބުނެފައި ވަނީ، އެ ރަށް މިހާރު ބަންދުކޮށްފައިވާ ކަމަށާއި، އެޗްޕީއޭއިން ވަކި އެއްޗެއް އަންގަންދެން ރަށަށް އަރާ ފޭބުން މަނާ ވާނެ ކަމަށެވެ.
13 އަހަރުގެ ކުއްޖާ ފައްސިވުމާއި ގުޅިގެން އެ ސިޓީ ވަނީ މޮނިޓަރިިންނަށް ލާފައެވެ. އެ ސިޓީ މޮނީޓަރިންއަށް ލީ އިއްޔެ ހަވީރު 17:50 ހާއިރު އެވެ. ކޮވިޑާއި ގުޅިގެން މިފަހަކުން އެރަށް ތިން ފަހަރެއްގެ މަތިން ބަންދުކުރިއެވެ. އެއީ މިދިޔަ މެއި މަހު ދެ ފަހަރެއްގެ މަތިންނާއި ޖޫން މަހުގެ ތެރޭގައެވެ. ކޮވިޑާއި ގުޅިގެން މިހާރު ރާއްޖޭގެ 15 ރަށެއް ބަންދުކޮށްފައި އެބަ އޮތެވެ.
އީދު ޗުއްޓީއަށް ދިމާކޮށް ގިނަ ލުއިތަކެއް ދީފައިވާއިރު، މޮނިޓަރިންގައި ހުންނަ ރަށްރަށުން އަނެއް ރަށްްރަށަށް ދަތުރުކުރުމަށާއި، ކަރަންޓީީނު ވުމަށް ވަނީ ބޮޑެތި ލުއިތަކެއް ދީފައެވެ. މިި ލުއިތަކާއި އެކު ގިނަ ބަޔަކު އަންނަނީ އެހެން ރަށްރަަށަށް ދަތުރުކޮށް އީދުގެ ހަރަކާތްތަކުގައި ބައިވެރިިވަމުންނެވެެ.
ދެން ނަމްބަރ ތައް ދާނީ މައްޗަށް. އޮގަސްޓް މަސް ފެށެން ވާއިރަށް ލޮކްޑައުން ވާނެ. އެއީ ޕްލޭން އޮތްގޮތް. ރައްޔަތުން ބަލަން ތިބޭ.