22:29

އިތުރު 141 މީހަކު ކޮވިޑަށް ފައްސިވެއްޖެ.

22:19

ކޮވިޑަށް ފައްސިވާ މީހުންގެ މައުލޫމާތު ގެނެސްދޭ ޑޭޝްބޯޑަށް ޓެކްނިކަލް މައްސަލައެއް ދިމާވެފައިވާ ކަމަށް އެޗްޕީއޭ އިން ވިދާޅުވެއްޖެ. އެޗްޕީއޭ އިން ވިދާޅުވީ މިއަދު ކޮވިޑަށް ފައްސިވި މީހުންގެ އަދަދު އިއުލާން ކުރުން އަދިވެސް އިތުރަށް ލަސްވުން އެކަށީގެންވާ ކަމަށް.

22:11

މިއަދު ކޮވިޑަށް ފައްސިވި މީހުންގެ އަދަދު އަދި އިއުލާނެއް ނުކުރޭ.

19:53

ކ.އަތޮޅު ކާށިދޫން އިތުރު 19 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ

18:24

ވަކި ބަޔަކަށް ހާއްސަކޮށްގެން ރާއްޖޭގައި ކޮވިޑް-19އިން ދިފާއުވުމަށް ދެމުންގެންދާ ފައިޒާ ވެކްސިން ހުސްވެފައިވާ ކަމަށް ހެލްތް އެމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން ވިދާޅުވެއްޖެ

17:02

ކޮވިޑް-19 އިން ދިފާއުވުމަށް ރާއްޖޭގައި އެންމެ ފުރަތަމަ ދެމުގެންދިޔަ ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ފަހުން މާބަނޑުވި މީހުންނަށް ފައިޒާ ވެކްސިން ދޭން ނިންމާފައިވާކަމަށް ހެލްތް އެމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން ވިދާޅުވެއްޖެ

16:39

އެމެރިކާގައި ހަލުވިކަމާއި އެކު ކޮވިޑް-19 ފެތުރެމުންދާ ސަރަހައްދުތަކުގައި ތިބި ވެކްސިން ދެ ޑޯޒް ޖަހައި ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންވެސް އާންމުން އެއްވެއުޅޭ ތަންތަނަށް ނުކުމެ ނޫޅުނު ކަމުގައި ވިޔަސް މާސްކު އެޅުމަށް ސެންޓަރ ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރެވެންޝަން (ސީޑީސީ) އިން ލަފާދީފި

15:48

ރާއްޖޭގައި ކޮވިޑް-19 އިން ދިފާއުވުމަށް ޖަހާ ވެކްސިން ޖެހޭ އާބާދީގެ %27 މީހުން އަދިވެސް ވެކްސިންގެ އެއްވެސް ޑޯޒެއް ޖަހާފައި ނުވާ ކަމަށް ހެލްތް އެމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން ވިދާޅުވެއްޖެ

15:11

ކޮވިޑް-19 އިން ދިފާއުވުމަށް ރާއްޖޭގައި ދެމުންގެންދާ ކޮވިޝީލްޑް ވެކްސިންގެ ބަދަލުގައި ދެން ދެވަނަ ޑޯޒްގެ ގޮތުގައި ދެމުންގެންދާނީ ސިންގަޕޫރްގެ އެސްޓްރާޒެނަކާ ވެކްސިން ކަމަށް ހެލްތް އެމާޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ން ވިދާޅުވެއްޖެ

ކޮވިޑް-19 އަށް މާލެ އިން ފައްސިވާ މީހުންގެ އަދަދު އެއްވަރެއްގައި ހިފެހެއްޓިފައި ހުންނަތާާ މިހާރު ވަނީ ގިނަ ދުވަސްތަކެއް ވެފައެވެ. މިމަހުގެ ފުރަތަމަ ހަފްތާއަށް ފަހު މާލޭގައި ކޮވިޑްގެ ފިޔަވަޅުތަކަށް ލުއިތައް ދީ ކާފިއު ވެސް ވަނީ އުވާލާފައެވެ. ނަމަވެސް އަދި މާލެ އިން ފައްސިވާ މީހުންގެ އަދަދު އިތުރުވަމުންނެއް ނާދެއެވެ.

މިއަދު މާލެ އިން ފައްސިވީ 22 މީހުންނެވެ. އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން މިއަދު ފައްސިވީ 68 މީހުންނެވެ. އޭގެ އިތުރުން ރިސޯޓްތަކުން މިއަދު 15 މީހުން ފައްސިވިއެވެ. މިއަދަކީ ފާއިތުވި ފަސް ދުވަސް ތެރޭގައި އަތޮޅުތެރެއިން އެންމެ ގިނަ މީހުން ފައްސިވި ދުވަހެވެ. ނަމަވެސް މާލެ އިން ފައްސިވާ މީހުންގެ އަދަދު 30 އަށްވުރެ ދަށުގައި ހުންނަތާ މިއަދު މިއީ ހަވަނަ ދުވަހެވެ. އަދި މާލެ އިން ފައްސިވާ މީހުންގެ އަދަދު 100 އިން ދަށުގައި ހުންނަތާ މިހާރު ވަނީ 34 ދުވަސް ވެފައެވެ.

މިހާރު ރާއްޖޭގައި ކޮވިޑް ޖެހިފައި ތިބި މީހުންގެ އަދަދު ނުވަތަ އެކްޓިވް ކޭސްގެ އަދަދު 2611 އަށް އަރައެވެ. އިއްޔެ ކޮވިޑް ޖެހިފައި ތިބީ 2598 މީހުންނެވެ.

މިހާރު 16 މީހަކަށް ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ. މިއަދަކީ ފާއިތުވި ތިން ދުވަސް ތެރޭގައި އެންމެ ގިނަ މީހުންނަށް ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ދުވަހެވެ. ފާއިތުވި ދެދުވަހު ހޮސްޕިޓަލްގައި ފަރުވާ ދެމުން ގެންދިޔައީ 13 މީހުންނަށެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު