މާލެ ސިޓީގެ ގޭބިސީތަކުގެ ކަރަންޓު ބިލު މި މަހު އިންތިހާ އަށް ބޮޑުވެ އެ ކަމުގެ ޝަކުވާ ކުރަނިކޮށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވެސް އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
މާލެ ސިޓީގެ މޭޔަރު ޑރ. މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި މަހުގެ ކަރަންޓު ބިލު އޮތީ މާލޭގެ ރައްޔިތުންނަށް ދެއްކޭ ވަރަށް ވުރެ ބޮޑުކޮށް ކަމަށާއި ނިކަމެތި ހާލަތުގައި ތިބި ރައްޔިތުންނަށް އެ ބިލު ދެއްކޭނެ ގޮތް ދަތިވާނެ ކަމަށެވެ.
"ހާލުގައި އުޅެމުންދާ ރައްޔިތުން އިތުރަށް ހާލުގައި ޖެހޭ ގޮތް މި ވަނީ ވެފައި، ރައްޔިތުންގެ އަތުގައި ނެތް ފައިސާއަކުން ބިލް ދައްކަން ޖެހިފައި މި އޮތީ،" މުއިއްޒު ލިޔުއްވާފައިވެއެވެ.
މި މަހުގެ ކަރަންޓު ބިލަކީ މާލޭގެ ގިނަ ރައްޔިތުންނަށް ދެއްކޭވަރަށްވުރެ ބޮޑު ބިލެއް! ޙާލުގައި އުޅެމުންދާ ރައްޔިތުން އިތުރަށް ޙާލުގައި ޖެހޭގޮތް މިވަނީ ވެފައި. ރައްޔިތުން އަތުގައި ނެތް ފައިސާއަކުން ބިލް ދައްކަން މިވަނީ ޖެހިފައި.
— Dr Mohamed Muizzu (@MMuizzu) July 29, 2021
"ވަގުތު" އާ ވާހަކަ ދެއްކި މާލޭގައި ދިރިއުޅޭ ބައެއް އާންމުން ފާހަގަކުރި ގޮތުގައި މީގެ ކުރިން ކަރަންޓު ބިލަށް އަރާ ވަރަށް ވުރެ ދެ ގުނަ ބޮޑުކޮށް މި މަހުގެ ކަރަންޓު ބިލަށް އަރާފައިވާ ކަމަށެވެ.
"މި ގޭގެ ބިލަށް އެރި 2300 ރުފިޔާ މި މަހު، ކުރިން ނާރާ 1،500 ރުފިޔާ ވެސް،" ވާހަކަ ދެއްކި އާންމުންގެ މީހަކު ބުންޏެވެ.
ހުޅުމާލޭގައި ދިރިއުޅޭ މީހަކު ކިޔައި ދިން ގޮތުގައި، އެގޭ ކަރަންޓު ބިލަށް މީގެކުރިން އަރަނީ 1،000ރ. އެވެ. އެކަމަކު، މި މަހުގެ ބިލް އައި އިރު، 1،000ރ. ބިލަށް އިތުރުވެ، ޖުމްލަ އަދަދު 2،000ރ. އަށް އަރާފައިވާ ކަމަށް އޭނާ ބުންޏެވެ.
"އަނެއްކާ އަޅުގަނޑުމެން ގޭގައި މިއުޅެނީ އެންމެ ދެތިން މީހުން. އެހާ މަދު ބަޔަކު އުޅޭ އިރު މިއީ ބޮޑުވަރު،" އެމީހާ ކިޔައި ދިނެވެ.
މާލޭގައި ދިރިއުޅޭ ބައެއް އާންމު ރައްޔިތުން މީސް މީޑިއާގައި ވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ގޭގެ ތިންވަނަ ބުރިން މަތީގައި އުޅޭ މީހާ ޕްޜެޝަރ ބޫސްޓަރ ޕަންޕެއް ގަނެގެން ނޫނީ ގައިން ތާއިރު ނުވެވޭ ފަދައިން
ގޭގައި ދިއްލާ ބޮކި ވެސް ކަރަންޓު ކުންފުނިން ކީ އަގެއްގައި ގަނެގެން ނޫނީ ނުދިއްލޭ ހިސާބަށް ނުދަނީސް ކަމާ ބެހޭ އިދާރާ ނިދިން ހޭލަންޖެހޭ !! @UtilityGovMv pic.twitter.com/Vzk1EN91Kq— Ibrahim Rasheed (@BondeM4) July 28, 2021
މި މަހުގެ ކަރަންޓު ބިލު ބޮޑުވުމާ ގުޅިގެން އާންމުންގެ ގިނަ ބަޔަކު ޝަކުވާ ކުރަމުންދާ އިރު، މި މަހަކީ ކުރިން ސަރުކާރުން ހަމަޖެއްސި ކަރަންޓުގެ ސަބްސިޑީ ކަނޑާލި ފަހުން އައި ފުރަތަމަ މަހެވެ.
މި ސަބްސިޑީއަކީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު ކުރިމަތިވެ އޭގެ ސަބަބުން އެޅި ފިޔަވަޅުތަކާ ގުޅިގެން ދިމާވި އިގްތިސާދީ ތަދުމަޑުކަމުގައި ވަކިވަކި ފަރުދުންނާއި ވިޔަފާރިތަކުގެ އާމްދަނީއަށް އަސަރު ކުރުމާ ގުޅިގެން ސަރުކާރުން ހަމަޖެއްސި ސަބްސިޑީއެކެވެ.
މީސްމީޑިއާގައި ޚިޔާލު ފާޅު ކުރަމުންދާ ބައެއް ފަރާތްތަކުން އަންނަނީ ރައްޔިތުންގެ އިގްތިސާދީ ހާލަތު އަދިވެސް ރަނގަޅު ނުވާތީ، ސަބްސިޑީ ކަނޑާނުލައި ކުރިން ވެސް ކުރިއަށް ގެންދިޔަ ގޮތަށް ގެންދަން އެދި ޝުއޫރު ފާޅުކޮށްފައެވެ.
ކަރަންޓު ބިލުން ދޭން ބުނި 30% ޑިސްކައުންޓު ނުލިބިގެން އެތަށް ރައްޔިތުންނެތް އެބަ ޝަކުވާ ކުރޭ! މިކަމަށް އެއްވެސް ހައްލެއް ނެތީ ބާ ؟
— Ibrahim Abaan Abdul Latheef (@IbrahimAbaann) July 28, 2021
ސްޓެލްކޯގެ ޖެނެރަލް މެނޭޖަރު ހުސައިން ފަހްމީ "ވަގުތު" އަށް ވިދާޅުވި ގޮތުގައި، ގޭބިސީތަކުގެ ކަރަންޓު ބިލުގައި މައިގަނޑު ގޮތެއްގައި އައިސްފައިވާ ބަދަލަކީ ވެސް ސަބްސިޑައިޒްކޮށްފައިވާ ބައި އުނިކުރުމުން އައިސްފައިވާ ބަދަލެކެވެ.
މީގެ އިތުރުން ކަރަންޓު ބިލުގައި ފާހަގަކުރެވޭ ވަރުގެ ބޮޑު ބަދަލެއް އައިސްފައިވާ ކަން ފާހަގަވާ ނަމަ ސްޓެލްކޯގެ ކޯލް ސެންޓަރަށް އެ ކަން ރިޕޯޓް ކުރުމުން، ދެވަނަ ފަހަރަށް ރީޑިން ނަގަން އެ ގެއަކަށް ޒިޔާރަތްކޮށް ކަރަންޓު ބިލުގެ އަދަދު ދެ ވަނަ ފަހަރަށް ކަށަވަރު ކުރާނެ ކަމަށް ފަހުމީ ވިދާޅުވިއެވެ.
"އެއީ އަބަދުވެސް ސްޓެލްކޯއިން އަމަލު ކުރަމުންދާ އުސޫލެއް، މިހާރު ވެސް އަޅުގަނޑުމެންނަށް ރިޕޯޓް ކުރެވޭނެ، ރިޕޯޓް ކުރުމުން އަޅުގަނޑުމެންގެ ފަރާތުން ދެ ވަނަ ފަހަރަށް އެ ގެއަކަށް ޒިޔާރަތްކޮށް ބިލުގައިވާ އަދަދު ކަށަވަރުކޮށް ދޭނަން،" ފަހުމީ ވިދާޅުވިއެވެ.
ކަރަންޓުގެ ޚިދުމަތުގެ އަގު ބޮޑު ވުމަކީ އަބަދުވެސް އާންމުންގެ ތެރޭގައި އޮންނަ ކަންބޮޑުވުމެކެވެ. އާންމު ގޮތެއްގައި ގިނަ މަސްތަކުގައި ކަރަންޓު ބިލަށް އަރާ ވުރެ މަތީ އަދަދެއް އަރައިގެން އާންމުންގެ ތެރޭގައި ޝަކުވާ ބޮޑުވާ ބައެއް ފަހަރު ވެސް އާދެއެވެ. ކަރަންޓުގެ ޚިދުމަތުގެ އަގު އަތްފޯރާ ފަށަށް ތިރިކުރުމަކީ އިންތިޚާބުތަކާ ދިމާކޮށް ގިނަ ސިޔާސީ ލީޑަރުން ވަމުންދާ ވައުދެކެވެ.
1200 ގެ ބިލް 1700އަށް މީ ބޮޑުވަރު ނޮޅާ ވީދަނީ
ސަބްސިޑީޒް ނުދޭބިލަށް 180 ސަބަސިދީޒް ދިންބިލަށް 300 ކަލޯ މީކިހިނެތް ވާކަމެއް..އޭގެ ކުރިން އެވެރެޖް 175
މުޅި ރާއްޖޭގައި ތިހާލު.. މިފަހަރު ކަރަންޓް ބިލް ބޮޑު.. ހިތަށް އެރިި އެއްޗެއް ހަދަނީ
ތެޅި ތެޅި ތިބެންޖެހޭނީ ކޮންމޭޔަރއެއްތާ ކުދަވެސް ނުޔަޔަސް ނުދައްކާނަމަ ކަޑާވެސްލާނެ ކަރަންޓް
ނައީމު ހުރޭ ހަމަޖެހިގެން. ނައީމް ތިކަން ހަންދާން ކޮށް ނުދިނަސް ތެޅޭ މީހުން ތެޅޭނެ. އަދި ތެޅި ބާލާ ތަން ވެސް ނައީމު މެން ކަހަލަ މީހުނަށް ދައްކަވާނެ. މިއަދު ނިކަމެތިން ނަށް ތިހެން މަލާމަތް ކުރެވިދާނެ.
30% ވީ ބޮޑު، ކުޑައެއްނޫން… ކަރަންޓާ ޖެހުނަސް ވައްކަން
ކަރަންޓު ބިލުގައި ފާހަގަކުރެވޭ ވަރުގެ ބޮޑު ބަދަލެއް އައިސްފައިވާ ކަން ފާހަގަވާ ނަމަ ސްޓެލްކޯގެ ކޯލް ސެންޓަރަށް އެ ކަން ރިޕޯޓް ކުރުމުން، ދެވަނަ ފަހަރަށް ރީޑިން ނަގަން އެ ގެއަކަށް ޒިޔާރަތްކޮށް ކަރަންޓު ބިލުގެ އަދަދު ދެ ވަނަ ފަހަރަށް ކަށަވަރު ކުރާނެ ކަމަށް ފަހުމީ ވިދާޅުވި ދެވަނަފަހަރައް ރީޑިންނަގަންދާއިރު މީޓަރު އިންނާނީ ހުއްޓިފަތަ؟
ޙޫމް
ރައްޔިތުންދެކެވާލޯބިން މުއިއްޒުމެންގެ ވެރިކަމުގައި ބޮޑެތިއަދަދުތަކުން ބިލްތައްއައީ.. އިންތިހާބުންނާކާމިޔާބުވާއިރަށް ހިދުމަތާއިގުޅުންހުރި ހުރިހާޚިދުމަތްތަކުގެއަގު %300 އަށް ބޮޑުކޮއްލީ ވެރިކަމަށް ހަވާލުވާމީހުންނާއިމެދު ރައްޔިތުންގެ ނަފްރަތުއުފައްދަން.
2000 ނާރާ ކުރިން މިމަހު 3005. މިކަމަށް ހައްލެއް އަންނާނެބާ. ހަމަ ފެލާލަން ދޫކޮށްލައިގެން ތިބެންވީބާ.
ޢިރުރަށް ކަރްންޓް ބޭނުން ނުކުރިޔަސް މިމަހުގެ ބިލު ޙާދަ ބޮޑޭ.
700 ރުފިޔާ މަ ހަކު އަންނަމުން އައި ބިލެއް މިމަ ހު
އެބައިން 1300 ރުފިޔާ އަރާފައި ކި ހިނެތްވީ ކަމެއްބާ ކޮޓަރިއެއްގެ ބިލަށް ކުއްލިއަކަށް ބިލް ބޮޑުވީ
2019 ގަ ބިލަށް އަރަނީ 1000 2020 ވަނައަހަރު 2000 މިހާރު 3000+ ގަ. މަދުމަދުން ފަހަރަކު 100 ނުވަތަ 200 އިން މަތިކޮށް މިވަރު މި ކޮށްލަނީ.
ގޭގައިނުކައްކައި ޢާއިލާއެކުގައި ކޮޓާކެފޭތަކުންކައި ރެޑްބުލްއާއި މަލްބަރޯސިނގިރެޓްބޮއެގެން ޕްރައިވެޓް ޓްރާސްޕޯޓްގައި ދަތުރުކޮށް ވީކެންޑަށް ރިޒޯޓް ގެސްޓްހައުސްތަކުގައި އޯވަނައިޓްކޮށް އުފަންދުވަހާއި ވެޑިންގއާއި ޑިވޮއިސްޕާޓީބާއްވައި މަންމައިންނާއި ބައްޕައިންނާއި ދައްތައިނާއި ނަރުހުންނާއި ޓީޗަރުންނާއި މިހެންގޮސްނަންހުސްކޮށް ދުވަސްތައްފާހަގަކުރުމާއި 20،30 ހާސްރުފިޔާގެ ފޯނާއި ފަހުގެބްރޭންޑްތަކުގެ ސައިކްލްތައް އިންސްޓޯލްކޮށް 6 މަހުން އަހަރުން ބަދަލުކުރަމުންދާ ބަޔަކަކުދިރިއުޅޭ ދޫނި ރާއްޖޭގެ މީހުނަށް ބިލްތައްވެސް އެންސްޕާއަށް ދާގޮތަށް ބަދަލުކުރަންޖެހޭ...........!
600އިން 1200އަށް، މީތަންކޮޅެއް ބޮޑު ވަރު.
ސަބްސިޑީ ނުދޭއިރުވެސް މިގޭބިލް އަރަނީ -/400 އާ -/500 ދޭތެރެ ވަރެއް މިފަހަރު ސަބްސިޑީ ދީފަ ކަނޑާ ލީމަ މިމަހު ބިލް -/800 އައް މީއޮލުވާލައިގެން ރުފިޔާ ނަގަން އުލުނަސް ބޮޑުވަރު ކޮބާތަ އިބޫސޯލިހް ޒީރޯ ޓޮލަރަންސް ދެންމިބުނަނީ މައްސަލް އުލެންނާ ގުލާޝޭ ބަލާނަމޭ މުޅިމާލެ ގޭގެބިލް ބޮޑުތަފާތަކުން ބޮޑުވުން މީ ބަލަންޖެހޭ ކަމެއް ކޯބާ ރަތްޔިތުން ގެ މަޛްލިސް މިކަނަް އަވަސް މައްސަލައެއް ގޮތުގަ ހުޝަހަޅާ
ތިކަމަށް ވެސް ރަތްޔިތުން ނިކުމެ ހަލުތާލު ކުރަން ވީ ކޮންމެކަމަކުން ވެސް ދަތިއުނދަގޫ ތަހައްމަލް ކުރަން މިޖެހެނީ ނިކަމެތި ރަތްުޔިތުމީހާ ކޮބާތަ އިބޫސޯލިހު
މާތް ރަސްކަލާންގެ ބިމުގަ ނުބައި މީހުންލެއްވި އެކަމު މިމުއިއްޒުވަރު މީހަކު ނުދެކެން. މިކަލޭގެ ސަރުކާރުގަ 7 އަހަރު މިނިސްޓަރަކަށް ހުރިއިރު "ނިކަމެތި ރައްޔިތުން" އެއީ އުޅޭބައެއްކަންވެސް ނޭންގޭ. ގާކޮށްޓާ އަރަބިއްޔާހުރިބިމުގަ ރައީސް ނަޝީދު ބިނާކޮށްދެއްވި ފުލެޓުތައްވެސް ބަހާލީ އެކުވެރި ރަހުމަތްތެރިންނަށާ ތިމާގެ މީހުނަށް. އަދި އާންމުންނަށްލިބުނު ފުލެޓުތަށް އިންތިޚާއަށް އަގުބޮޑު.
ގއ. މާމެންދޫގެ ގެތަކުގެ ކަރަންޓުބިލުގެ ހާލަތަކީވެސް ތިއީ.
މިލާދީނީ ސަރުކާރުގެ ފުރަތަމަ ދުވަހުންފެށިގެން އެތައްތަނުންވަނީ ކަރަންޓް ބިލާއި ފެންބިލުބޮޑުވެގެންގޮސްފަ މިފެންޑަމިކުގެ ތެރޭގައި ރައްޔިތުންގެ އަތާއި އަނގަދިމާނުވެގެން އުޅޭއިރު ވޭތުވެ ދިޔަވެރިކަމުގައި ހަސަތޭކަރުފިޔާ ނައަރާ ބިލުތަކަށް މިހާރު މަތިވަމުން ގޮސް ރައްޔިތުމީހާ ހަފުސްވާވަރަށް ދަނީ ދެ ތަނުގެ ބިލުތައް ބޮޑުވަމުން