ގދ.ނަޑެއްލާ ސިއްހީ މަރުކަޒުގެ އެމްބިއުލާންސް ހަލާކުވެފައި އޮންނަތާ ދެއަހަރަށްވުރެ ގިނަ ދުވަސް ފަހުން އެރަށަށް ފޮނުވި އެމްބިއުލާންސް ވެސް މިއަދު ފުރަތަމަ ފަހަރަށް ބަލި މީހަކު އަރުވައިގެން ދުއްވަން މަސައްކަތް ކުރުމުން އެކަންނުވެ، އެންމެ ފަހުން ބަލި މީހާ ރަށު ޕިކަޕެއްގައި އުފުލަން ޖެހިއްޖެއެވެ.
ނަޑެއްލާއަށް މިދިޔަ ހަފްތާގެ ތެރޭގައި ފޮނުވި އެމްބިއުލާންސަކީ ބޭނުން ނުކުރެވޭ ހާލަތުގައި އޮތް ވެހިކަލެއްކަން އެނގުނީ މިއަދު އެރަށުން ތިނަދުއަށް ބަލި މީހަކު ފޮނުވުމަށް އެމްބިއުލާންސް ސްޓާޓް ކުރުމުންނެވެ. އެމްބިއުލާންސްގައި ބަލި މީހާ ރަށުގެ ބަނދަރާއި ހަމައަށް ނުގެންދެވުމުން ބަލި މީހާ ބަނދަރާއި ހަމައަށް ގެންދިޔައީ ރަށު ޕިކަޕެއްގައެވެ.
"ވަގުތު"އަށް މައުލޫމާތުދެމުން އެރަށު ކައުންސިލް ނައިބް ރައީސް ފައިސަލް ނަޖީބު ވިދާޅުވީ، އެމްބިއުލާންސް ހަލާކުވީ މިއަދު ކަމަށާއި، އެއަށް ދިމާވީ ޓެކްނިކަލް މައްސަލައެއް ކަަމަށެވެ.
"އަޅުގަނޑު ގަބޫލުު ކުރަނީ އެމްބިއުލާންސްއަށް ދިމާވީ ޓެކްނިކަލް މައްސަލައެއް ކަމަށް، ރަށު ޕިކަޕެއްގައި ހޮސްޕިޓަލަށް ގެންދަން ސީމެމްބިއުލާންސްއާ ހަމައަށް ގެންދިޔައީ" ފައިސަލް ވިދާޅުވިއެވެ.
ނަޑެއްލާގައި އެމްބިއުލާންސެއް ނެތްކަން ސަމާލުކަމަށް އައީ އެރަށުގެ ބަލި މީހަކު ގޯންޏަކަށް ލައިގެން އުފުލި މަންޒަރު ފެންނަ ފޮޓޯއެއް މީސް މީޑިއާގައި އާއްމު ވުމުންނެވެ. އެމައްސަލަ ފެންމަތިވީ މީގެ ދެހަފްތާއެއްހާ ދުވަސް ކުރިންނެވެ.
ނަޑެއްލާގައި އެމްބިއުލާންސެއް ނެތްކަން ސަމާލުކަމަށް އައުމުން ހެލްތު މިނިސްޓްރީން އެރަށަށް ފޮނުވި އެމްބިއުލާންސަކީ މީގެ ކުރިން ބޭނުން ކޮށްގެންފައި އޮތް ބާވެހިކަލެއް ކަމަށް ވެއެވެ.
ރާއްޖޭގެ ހުރިހާ ރަށަކަށް އެމްބިއުލާންސްގެ ހިދުމަތް ދިނުމަކީ ސަރުކާރުގެ ވައުދެކެވެ. އެވައުދު ފުއްދުމަށް ހުރިހާ ރަށަކަށް އެމްބިއުލާންސް ފޮނުވާފައިވާކަމަށް މިދިޔަ އަހަރު ސަރުކާރުން ބުނެފައި ވެއެވެ.
އެމްބިއުލާންސަށް މުއައްސަސާއެއް އުފައްދާފައި ބާ ދަބަރަށްގޮސް ހަފުސްވެފައިވާ ހުންނަ އެއްޗެތި ގެންނަނީ. ކެރަފާ ނަސީމަކީ އޮޅުވާލަން މޮޅު މީހެއް!
ކަލޯމެނަށް ތިހެން ގޮވާލަގޮވާލާ ތިބެންދޯ ޖެހެނީ. މުޒާހަރާ އެއް ޖައްސާލަބަލަ
އެންބިޔުލާންސެ އް ވެ އްޖީޔާ ދު އްވާމީހާޔާ ބަލިމީހާ އަށް އއެހީތެރިވާން ހުންނަން ޖެހޭ ބަލިމީހާ ގޮވަ އިގެން ހޮސްޕިޓަލަ އް ދެވެންދެން ބަލިމީހާ އަށް ފަރުވާދެވޭ ވަރުގެ ތަޖުރިބާ ހުރި ޑަކުޓަރެ އް ނަރުހެ އް .ބަލިމީހާ އެންބިޔުލާންސް އަށް ލެވޭވަގުތުން ފެށިގެން ފަރުވާދެވޭ ގޮތައ އް ހުންނަން ޖެހޭ،،
މޭޑް. އިން. އިންޑިޔާ.
ޢެމްބި އުލެންސް ލިބޭނެ ވާހަކަ އެ އްނު ވިދާޅުވީ . ލިބި އްޖެ އެއއ އްނު ނުދު އްވު ނަކަސް ވަ އުދު ފު އްދަ އިފިތާ.
ވައުދު ފުއްދައިފި ނޫސްތަކުގަޔާއި މީސްމީޑިއާ އެޑިސަންތަކުގަ ބާރުލާފަ ބުނާނެ އެމްބިއުލާންސެއް ނަޑަށްލާއަށް ގެންގޮސް ހިދުމަތް ފަށައިފި މިހިރީ އިންޑިއާގެ ބާވެހިކަލްތަށް ރާއްޖެގެނެސްގެން ހިންގާ ޖަރީމާ ވެރިކަމަށް އަރާ ކުރި ހުވަޔާވެސް ހިލާފުވެއްޖެ.
ޢިބު ސޯލިހު ވެރިކަމަށް އެރިއިރުވެސް މަޖީދީމަގު އެއްފަރާތެއްގަ އޮތް ވޭނެއް އެ ނުދުއްވާތާ 3އަހަރު ވެދާނެާ
މީ ސެކަންޑް ހޭންޑް ތަޖްރިބާ ކެރަާ
ކުރާނެ ކަމެއް ނެތްތާ....ދިވެހިން ބޭނުންވެގެން އުޅޭގިތް މީ...ވަރަށް ރީތި މަންޒަރެއް ދައްކާލަ ދެވޭތޯ ބަލާލާނަން...ނިކަން ބޮޑަށް ލޯހުޅުވާފައި ބަލާލަބަލަ...ވެރިންނާއި މިނިޝްޓަރ އިން އެ އުޅޭ ކާރުތަކާއި ސަރުކާރުގެ ފައިސާއިން އާއިލާތައް ބަލަހައްޓަމުންދާ ފެންވަރުމަތިކަން....ރައްޔިތުމީހާ ބަލިވީމަ ގެންދަން ބާ ވަހިކަލެއް އެދިނީ...މިފެންނަނީ ބޮޑު މަންޒަރު މިއީ ޑިމޮކްރަސީއަކީ...ޑިމޮކްރަސީ އޮތް ކޮންމެ ގައުމެއްގެ ހާލަތަކީވެސް ހަމަ މީ.....ހައްލަކީ އިސްލާމީ ވެރިކަމުގެ ނިޒާމެއް ގެނައުން....ޝަރުތުތައް ހަމަވާ ގާބިލް މީހުން ވެރިންނަށް އިސްކުރުން...
ތީ އެމްޑީޕީގެ ރައްވެހިފަތިސް ސަރުކާރުން ގަސްތުގަ ރާއްޖެތެރޭ މީހުނައް ދައްކާ އަހުވާ. ބޭނުމަކީ ރާއްޖެތެރޭ އެންމެން މާލެއަންނަން މަޖުބޫރުކޮއް، މާލޭ މީހުންގެ ގޯތިގެދޮރުތައް ރާއްޖެތެރޭ މީހުނައް ބޮޑުއަގުގަ ކުއްޔައްދީ ފުރާލުން. ވަރައް ސަލާން
ތި އޮތީ ކެރެފާ ވެފާ
އެމްބިއުލާންސް ދޭނެ ވާހަކައޭ ބުނެފަ އެއޮތީ. ދުވާނެ ވާހަކައެއް ނެތެއްނު.
ގަޢުމުގެ ބަޢެތުލްމާލު އެހުސްކުރަނީ ޝާހިދުކިޔާ މީހަކުގެ ދަތުރުތަކަށް
އެމްބިޔުލެން ދީފައެއޮތީ ދެންބަލަންތިބެ
އެމްބިއުލާންސް ނަމަކައް ނުފޮނުވާ ރަށު ޕިކަޕު އެމްބިއުލާސްއެއްގެ ގޮތުގަ ބޭނުންކުރަން އެންގިނަމަ މާ ރަނގަޅުވާނެ ކަންނޭގެ..!!!
ތިޔަކީ އެންބިއުލާންސް އެއްތަ ނޫނީ ، ބަގާޅިން މުދާ އުފުލަން ގެންގުޅޭ ކުޑަ ވޭނެއްހެން ތިޔަ އެތި ހީވަނީ.
އަހަރެންނަމަ ރަތްޔިތުންނައް ގޮވާފައި ބަލިމީހާ އަރުވާގެން ރަތްޔިތުން ލައްވާ ކޮއްޕާފައި ބަނދަރައް ގެންދާނީ. . އޭރުން މާ ރަނގަޅުވާނެ ބަލިމީހަކު އުފުލަން ވީމަ ކޮންމެ ފަހަރަކު ރަތްޔިތުންނައް ގޮވާނީ