އައިޖީއެމްއެޗުގެ ބޭރު، ބޮޑުތަކުރުފާނު މަގުން ބާރު ސްޕީޑުގައި ދުއްވާފައިވާ ދިޔަ ކާރެއް ރުކަކަށް އަރައި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "ވަގުތު" އަށް ވިދާޅުވީ އެ ސަރަހައްދުގައި އެކްސިޑެންޓެއް ހިނގިކަމުގެ މައުލޫމާތު ހެނދުނު 9:45 ހާއިރު ލިބިފައިވާ ކަމަށެވެ. އެކްސިޑެންޓެއްގައި ކާރުގެ ކުރީކޮޅަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.
ރަސްފަންނާ ދިމާލުން އައިޖީއެމްއެޗާ ދިމާއަށް އުތުރުން ދެކުނަށް ދުއްވާފައިވާ ދިޔަ ކާރު ދުއްވަން އިނީ 21 އަހަރުގެ ޒުވާނެކެވެ. އޭނާގެ އަތުގައި އެ ކެޓަގަރީގެ ލައިސެންސް ނެތް ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
ކާރު ދުއްވަން ހުރި މީހާއަށާއި އިތުރު އެހެން އެއްވެސް މީހަކަށް އަނިޔާ ލިބިފައިނުވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ބަލަމުންނެވެ.
ކާރު ލިބުނީމަ މޮޔަވީ.
ރުކެއް ކޮންޓްރޯލުން ނެއްޓި ކާރެއްގައި ޖެހިއްޖެ
😂
ތި ކާރުގެ ބޮލަށް ލިބިފަވާ އަނިޔާތަށް ފެނިފަ މަގޭ ހިތް ކުދި ކުދި ވެއްޖެ...އެހެންޏާ ފަހެ އެސޮރުގެ ސިކުނޑިވެސް އެއޮތީ ބޭރަށް ނުކުމެ ހިމުންވެފަ..
ކާރެއް ރުކަކަށް އަރައި އެކްސިޑެންޓެއް ހިނގައިފިއެވެ. ކާރު ރުކެއްގައި ޖެހެނީ ނޫންތަ