ވ.އަތޮޅު އާރަށް ކުއްޔަށް ދީގެން ދައުލަތަށް ލިބުނު ފައިސާ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރި މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ސުވާލުކުރުމަށް މިއަދު ފުލުހަށް ހާޒިރުކުރުމުން އެއީ ތަހުގީގު ނިމިފައި އޮތް މައްސަލައަކަށް ވާތީ އިތުރަށް ދެއްވާނެ ބަޔާނެއް ނެތް ކަމަށް އެމަނިކުުފާނު ފުލުހުންނަށް ދަންނަވައިފިއެވެ.

އާރަށުގެ މައްސަލައިގައި ޔާމީންގެ މައްޗަށް ދައުވާ ކޮށްދިނުން އެދި ފުލުހުން މައްސަލަ ޕީޖީ އަށް ފޮނުވީ މިދިޔަ އޭޕްރީލް މަހު އެވެ. ނަމަވެސް މިއަދަކީ އޭގެ ފަހުން އެމައްސަލައިގެ ތަހްގީގަށް ޔާމީން ފުލުހަށް ހާޒިރު ކުރި ތިން ވަނަ ދުވަހެވެ. އެންމެ ފަހުން އެމަނިކުފާނު ފުލުހަށް ހާޒިރު ކުރި ދުވަހު ވެސް އެއީ ތަހްގީގު ނިމިފައި އޮތް މައްސަލައަކަށް ވާތީ އަލުން ބަޔާން ދެއްވަން ދެކޮޅު ހެއްދެވިއެވެ.

ޔާމީންގެ ވަކީލެއްގެ ގޮތުގައި މިއަދު ފުލުހުންގެ އިދާރާއަށް ހާޒިރުވި މުހައްމަދު ރާޣިބު ފުލުހުންގެ އިދާރާ އިން ނިކުމެވަޑައިގެން ނޫސްވެރިންނާއި ވާހަކަދައްކަވަމުން ވިދާޅުވީ ކުރީން ދެއްވާފައިވާ މައުލޫމާތުގެ އިތުުރުން ދެން ދެއްވާނެ މައުލޫމާތެއް އަދި ބަޔާނެއްވެސް ނެތް ކަމަށް ޔާމީން މިއަދު ވެސް ފުލުހުންނަށް ދެންނެވި ކަމަށެވެ.

"ފުލުހުންވެސް ފާހަގަކުރެއްވި ދެން މި މައްސަލަ ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހަށް ފޮނުއްވުމަށް ފަހު ހަތް ދުވަހުގެ ތެރޭގައި ގޮތްތަކެއް ނިންމާނެ ކަމަށް. އަދި އެކަން އަންގާނެ ކަމަށް ވަނީ ވިދާޅުވެފައި،" ރާޣިބު ވިދާޅުވިއެވެ.

ޔާމީންގެ ވަކީލް ވަކީލު މުހައްމަދު ޝަހީދު ވިދާޅުވީ ކޮރަޕްޝަން ހުއްޓުވުމާއި މަނާ ކުރުމުގެ ގާނޫނާއި މަނީ ލޯންޑްރިން ގާނޫނާއި ހަވާލާ ދެއްވުމަށްފަހު ގާނޫނުލް އުޤޫބާތަށް ބިނާކޮށް ޔާމީނަށް ފުލުހުން ގާނޫނީ އިންޒާރު ދިނުމުން ގާނޫނީ އިންޒާރު ސާފުނުވާކަމަށް ވެސް ވަކީލުން ފުލުހުންނަށް ދަންނަވާފައި ވާނެ ކަމަށެވެ. ގާނޫނީ އިންޒާރު ލިބުނު ކަމުގެ ލިޔުމުގައި ޔާމީން ސޮއި ނުކުރައްވާ ކަމަށް ވެސް ވަކީލު ޝަހީދު ވިދާޅުވިއެވެ.

އިތުރަށް ޝަހީދު ވިދާޅުވީ ޔާމީން އެމަނިކުފާނުގެ ދިފާއުގައި ދައްކަވާފައިވާ ވާހަކަތައް ވެސް ފުލުހުން އެމަނިކުފާނާއި ދެކޮޅަށް ބޭނުން ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި މާފުށީ ޖަލުގައި ހުންނެވި އިރުވެސް ހަތަރު ދުވަހު މާލެ ގެނެސް އާރަށުގެ މައްސަލައިގައި ޔާމީނާއި ސުވާލު ކުރި ކަމަށާއި ނަމަވެސް އަލުން މައްސަލައިގެ ތަހްގީގު ފެށުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށް ޝަހީދު ވިދާޅުވިއެވެ.

ޔާމީންގެ މައްޗަށް މިހާރު ވެސް ވަނީ މަނީ ލޯންޑްރިންގެ ދައުވާއެއް ސާބިތުވެ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިސްފައެވެ. އަދި އެމަނިކުފާނުގެ މައްޗަށް އިތުރު މައްސަލައެއްގެ ދައުވާ ކްރިމިނަލް ކޯޓުގައި މިހާރު ވެސް ކުރިއަށް އެބަދެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ސަދޫމް

    މަނީ ލޯންޑްރިންގެ ދަޢުވާއެއް ސާބިތުވީކީނޫން ސަދޫމް ޝަރީއަތުން ސާބިތުކުރުވީ

    24
    4
  2. ކިޔުންތެރިއެއް

    ޝަހުސިއްޔަތުގައި ވެސް ރ ޔާމީނަކީ ރައީސެއް

    27
    2
  3. ޔާﷲ

    ސަޅި ތިހެން ވާން ޖެހޭނެ ހިތް ވަރެއް ހުރިއްޔާ ކެރެން ވެސްޖެހޭނެ ހަމަ ޖެހިލައިގެން ހުންނަ ވާ ﷲ ވޮޑިގެން ވަނީ ކެއްތެރިންނާއިއެކު މާޝާﷲ ރައީސްޔާމީން އަށްްރަޔިތުންގެ ލޯތްބާއިއެކު މިދި ވެހި ޤައުމު ހިންގެ ވުމަށް ބާރުދެއް ވައި މަގުފަހިކޮށްދެއް ވާށިއާމީން

    27
    2
  4. މަހާ

    މައުމޫނު ކަންތައް

    16
    3
  5. ދަންބެރު

    ކުރާނެކަމެއް ނޭނގިގެން ސޯލިހު ތެޅިބާލަނީ ރައީސް ޔާމީނަކީ ހިކުމަތްތެރިއެއް ކަލޭ ކަހަލަ ބުރާންޗެއްނޫން ރައީސް ޔާމީން ކުރި ހުރިހާކަމެއް ކުއްވެރިކުރަމުންގޮސް އަދި ރައީސްޔާމީން އުފަންވި ދުވަސްވެސް މިސަރުކާރުން ކުއްވެރިކުރާނެ.

    22
    1
  6. Anonymous

    ސާލިހުރައިީސް މަނިކުފާނު ތީ ދުނޔެދުއްް އެންމެ ގަމާރު ރަީސް

    19
    5
  7. ރައްޔިތު މީހާ

    ޔާންޓޭ އަކީ ގަޓް ރައީސް ސާބަސް ރ ޔާންޓޭ

    1
    1
  8. ވަގު

    ބޯވަޔެއްހެން ތި ބޯދިއްކޮއްގެން ތި އޮތީ ޖަލު ގޮޅީގަ އޮންނަން ޖެހޭ ގައިދީޔެ