ކޮވިޑް-19 ކޮންޓްރޯލްކުރުމަށް ސަރުކާރާއި ކަމާބެހޭ ހުރިހާ ފަރާތްތައް ގުޅިގެން ކުރަމުންގެންދާ މަސައްކަތްތަކާއެކު މިހާރު "ނިއު ނޯމަލް" އަކަށް ރާއްޖޭގެ ހާލަތު ގެނެވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، މިއަދު މެންދުރުފަހު ބޭއްވި ކެބިނެޓުގެ ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައެވެ.

ކެބިނެޓުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މިހާރު ރާއްޖޭގެ ކޮވިޑް-19 ގެ ޙާލަތު އާ އާއްމު ހާލަތަށް ބަދަލުވެފައިވާކަމަށާއި، މިހާރު އެންމެ މުހިންމީ ވެކްސިންޖެހޭ އާބާދީގެ ހުރިހާ ފަރާތްތަކުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުންކަމަށެވެ.

އަދި ވެކްސިން ޖެހޭ އާބާދީގެ ހުރިހާ ފަރާތްތަކުން ވެކްސިންޖަހައި ނިންމުމަށް ބާރުއަޅައި ސަރުކާރުގެ ވުޒާރާތަކާއި އެކި އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަދި އަމިއްލަ ކުންފުނިތަކުންވެސް މަސައްކަތްކޮށްދެއްވުމަށް ރައީސް ވަނީ އެދިވަޑައިގަންނަވާފައެވެ،

މި ބައްދަލުކުރެއްވުމުގައި ކެބިނެޓުގެ ވަޒީރުން ވަނީ ކޮވިޑް-19 އިން އަރައިގަތުމަށް ސަރުކާރާއި ކަމާބެހޭ ފަރާތްތައް ގުޅިގެން ކުރެވޭ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި ކޮވިޑް-19 ގެ ވެކްސިން ޖެހޭ ހުރިހާ ފަރާތްތަކަށް ވެކްސިން ދިނުމުގައި އެހީތެރިކަން ފޯރުކޮށްދީ އެކަމަށް ބާރުއެޅުމުގެ ގޮތުން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުންވެސް ކެބިނެޓުގެ ވަޒީރުން މަޝްވަރާކުރެއްވިއެވެ.

ރާއްޖޭގައި ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް 271،552 ފަރާތަކުން ފުރިހަމަކޮށްފައިވެއެވެ. އަދި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދަކީ 323،568 އެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޖަނާޒާ

    ނިއުނޯމަލްވެއްޖެ މިހާރު

    8
    5
  2. ފަރީ

    މީ ހާދަ ވިޔާނުދާ ވެރި އެކޭ، ގައުމުގެ ހާލަތު ބޮއްސުން ލައްވާފަ މިބުނަނީ، މިއޮތީ ނިއު ނޯމަލްއޭ... 2023 ގަ ރީއްޗައް ފެންނާނެ ނިއުނޯމަލް

  3. ޙަދިސައިބު

    ޢެހެންވީމާ އިންޑިޔާ މިހުންގެނެސް އަނެއްކާވެސް މިތަންހަލާކުކޮލަނީ

  4. ޏނ

    މާލޭގެ އަދަދުތައް މަދު ވީމަ އެވީ ނިއުނޯރމަލް ތޯ....ރަށްތައްކަށް ހުރެގެން އެހެރަ އަރާގެން ދަނީ....މަނިކުފާނުއަށް އެނގިނުލައްވަނީތޯ.؟

  5. ބެރު

    އިބްރާ ކަލޭ ހަމަތަ؟ ތިމާގެ ސަރުކާރުގައި ވައްކަމާއި ކޮރެޕްޝަންގެ މީހުން ގިނަވަމުންދާއި އަޅާލާން ނޭގުނު މީހަކަށް ދެންކުރެވޭނީ ކޮންކަމެއް؟ ނިއުނޯމަލް ކިޔަކިޔާ ހުރޭ ރޯން ތައްޔާރުވެގެން.

  6. މަބޭ

    މިހާރުފެންނަ މަންޒަރުތަކުން ކުރިޔައްއޮތީ ބަނަދުވަސްތަކެއްކަމައް ދުށުންބުއްދިވެެރި ޓޫރިސްޓުންގެނަމުގަ އަންނަނީ ކޮވިޑްއެންމެގަދަޔައް ފެތުރޭގައުމުތަކުން