މަރާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ގެ މައްސަލާގައި މަރުތައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަނަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ހާޒިރުކުރުމުން، މައުލޫމާތު ދެއްވާފައި ނުވަނީ، ތުހުމަތުތައް ސާފްކޮށްނުދިނުމުން ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ފަރާތުން ވިދާޅުވެއްޖެއެވެ.
އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން މިފަދަ ބަޔާނެއް ނެރެފައި ވަނީ ރިލްވާންގެ މައްސަލާގައި ރައީސް ޔާމީން އާއި ސުވާލުކުރެއްވުމުން އެމަނިކުފާނު ހުންނެވީ ހަނު ކަމަށް ރިޔާސީ ކޮމިޝަނުން ވިދާޅުވުމާ ގުޅިގެންނެވެ.
ރައީސް ޔާމީން ހާޒިރުކުރުމާ ގުޅޭ ގޮތުން މަރު ކޮމިޝަންގެ މެންބަރު މިޞްބާޙު ޢަބްދުﷲ ވިދާޅުވީ، ޔާމީން އެ ކޮމިޝަނަށް ހާޒިރުކޮށް އެ މައްސަލާގައި އެތައް ފަހަރަކު ސުވާލު ކުރެއްވުމުން ވެސް ހުންނެވީ ހަނު ކަމަށެވެ. އަދި މި ތުހުމަތަށް ޖަވާބު ދާރީވާން ތަކުރާރުކޮށް ފުރުސަތު އެރުވުމުން ވެސް ޔާމީން ހަނު ހުންނެވުމުން އެ ކަމާ ހިތާމަކުރައްވާ ކަމަށެވެ.
މަރު ކޮމިޝަނުން މީޑިއާތަކަށް ދެއްވާފައިވާ މައުލޫމާތުތަކާ ގުޅިގެން، ޔާމީންގެ ގާނޫނީ ވަކީލުން ނެރެފައިވާ ނޫސް ބަޔާނުގައި ވަނީ، މަރު ކޮމިޝަނަށް، އިއްޔެ ރައީސް ޔާމީން ހާޒިރުކޮށް، ސުވާލު ކުރެވުނު މައްސަލާގައި، އެމަނިކުފާނުގެ މައްޗަށް ކޮމިޝަނުން ކުރާ ތުހުމަތަށް އެމަނިކުފާނު އިންކާރު ކުރައްވާފައިވާ ކަމަށެވެ. އަދި އެއީ އުފައްދާފައިވާ ތުހުމަތެއް ކަމާއި އަޅާފައިވަނީ ކޮން ހުރަހެއް ކަން ސާފުނުކޮށްދެވޭތީ މައުލޫމާތު ނުދެއްވާނެ ކަމަށް ޔާމީން ވިދާޅުވިކަން އެ ބަޔާނުގައިވެއެވެ.
އަދި، އެމަނިކުފާނު، އެ ކޮމިޝަނަށް ހާޒިރުކޮށްފައި ވަނީ އެއްވެސް ހާލެއްގައި ހަރުދަނާ އެއްވެސް ހެއްކެއް ހުރެގެނެއް ނޫން ކަަމަށް ވެސް އެ ބަޔާނުގައިވެއެވެ.
"ޖުމުލަ ގޮތެއްގައި މުޅި ތުހުމަތަށް އެމަނިކުފާނު އިންކާރުކުރައްވާ ކަމަށާއި، އެ މައްސަލާގައި އިތުރަށް ކޮމިޝަނަށް ދޭންޖެހޭ މަޢުލޫމާތެއް ނުވަތަ ދައްކަންޖެހޭ ވާހަކައެއް ނެތްކަމުގައި ކޮމިޝަނުގެ ތަހުޤީޤުގައި ވަނީ ދަންނަވާފައެވެ". އެ ބަޔާނުގައި ވެއެެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ، ރައީސް ޔާމީންގެ މައްޗަށް ސަރުކާރުގެ ސިޔާސީ ފަރާތްތަކާއި އަދި ސަރުކާރާއި ބައިއަތު ހިފާފައިވާ، އެމަނިކުފާނާއި ވާދަވެރި ސިޔާސީ ފަރާތްތައް، އަޑީގައި ތިބެގެން އެކިއެކި ތަހުގީގު އިދާރާތައް މެދުވެރިކޮށް، އަސްލެއްނެތް ތުހުމަތުތައް އުފައްދައިގެން ތަހްގީގް ކުރުމުގެ ނަމުގައި ސުވާލުކުރުމަށް ހާޒިރު ކުރަމުންގެންދަނީ ސިޔާސީ ގޮތުން ގޯނާ ކުރުމަށް ކަމަށެވެ.
އަދި ގާނޫނު ތަންފީޒުކުރާ އިދާރާތަކާއި ތަހްގީގް އިދާރާ ތަކުގެ އޮފިޝަލުން މިފަދަ ނޭއްގާނީ އަދި ގާނޫނާއި ޚިލާފު ޢަމަލުތަކުގައި ބައިވެރިވުމަކީ އެފަރާތްތަކުގެ ޢަމަލުތަކަށް މުސްތަޤްބަލުގައި ޒިންމާނަގަންޖެހޭނެ ޢަމަލުތަކެއްކަމުގައި ހަނދާންކޮށްދެމެވެ.
ހަނުހުރުމަކީ 7 އޯގަސްޓު 2008 ގަ ތަސްދީގު ކުރެވުނު ދިވެހިރާއްޖޭގެ ފެހި ޤާނޫނު އަސާސީ އިން ދިވެހި ކޮންމެ ރައްޔިތަކަށް ލިބިގެންވާ ހައްގެއް.
ސާބަހޭ ރައީސްޔާމީން..👏”
ތި ކޮމިޝަން އަކީ މިހާރު އަތަށް ގޮވާފަ އޮތް ކޮމިޝަނެއް ތި ކޮމިޝަނުން މިވޭތުވެ ދިޔަހާ ތަނުގަ ކުރެވުނު ކަމެއް ކޮބާ ހުސްނުއްސުޢުދު ތިތަނުގަ ހުރެގެން ތިކަން ގެންގދިޔަ ގޮތަށް ދިޔަނަމަ މިހާރު ތި ތަހުޤީގު ނިމިދާނެ ތިކަމުގަ ވަކި މީހަކު ބޮލުގަ އިލްޒާމް އަޅުވަން މަސައްކަތް ކުރާކަން ފާހަގަ ކުރެވޭ....
މަރުކޮމިޝަނުން އަފްރާޝީމްގެ މައްސަލަވެސް ތިގޮތަށްބަލައި އޭނަގެ ޤާތިލުންވެސް ހޯދަން މަސައްކަތްކުރުމަށް ގޮވާލަން
ބަލަ އެމްޑީޕީ ވެރިކަމަށް އަންނަން ވެގެން ދެއްކި ބަހަނާތަކުގައި ރައްޔިތުންނަށް ދެއްކި އެއް ބަހަނާއަކީ ވެރިކަމަށް އަންނަތާ 24 ގަޑި އިރުތެރޭގައި ރިލްވާން މަރާލި މުޖްރިމުން ދައްކާނެ ކަމަށް. އަދިވެސް ސައުވީސް ގަޑި ނުވަނީ ތޯ؟ މިކަހަލަ ދޮގުއިލްޒާމް މީހުންބޮލުގައި އަޅުވައިގެން އަދިވެސް ވެރިކަމަށް އާދެވޭތޯ ބަލާ.