މިހާރު ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރާގައި މާލޭގެ ގެއެއްގެ ފާރެއް ސައިކަލްތަކެއްގެ މައްޗަށް ވެއްޓި ގެއްލުންތަކެއް ވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގަން މެދުވެރިވީ މިއަދުގެ މެންދުރު 12:30 އެހާކަންހާއިރު އައި ބާރުގަދަ ކޮޅިގަނޑެއްގެ ސަބަބުން ވައިގަދަވެ، ގަލޮޅު ހިތައް ފިނިވާ މަގުގައި ހުންނަ ސަލާތައި ރެސްޓޯރެންޓްގެ ގޯތި ތެރޭގައި ހުރި ގަހެއް މުލުން ލިހިގެން، އިން ވެގެން ހުރި ފާރާއި އެކީ ވެއްޓުމުގެ ސަބަބުންނެވެ.

ފާރު ވެއްޓި ގެއްލުން ލިބުނު ސައިކަލުތައް-- ފޮޓޯ: އެމްވީ ކްރައިސިސް

މި ހާދިސާގައި ތިން ވަރަކަށް ސައިކަލަށް އެކި ވަރުގެ ގެއްލުން ވަނީ ލިބިފައެވެ.

މި ހާދިސާއާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެފަދަ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ 12:34 އެހާކަންހާއިރު ކަމަށާއި އެ ހާދިސާއާއި ގުޅިގެން އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ.

ފުލުހުން ވިދާޅުވީ، އެ ހާދިސާއާއި ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށް ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ވެރިން

    ކޯޗެއް އިތުރަށް ބަލަން،

  2. ފިކުރުބެ

    މާލޭގެ ޢިމާރާތެއް ވެއްޓި ދާނެތީ ވަރަށް ފިކުރުބޮޑުވޭ ދެންމެ ދެންމެ ވެއްޓި ދާނެހެން ހީވާ ތަންތަން އެބަހުރި