އެމްއެންޑީއެފް އުވާލަން ވިސްނާފަދަ ބަޔަކު ރާއްޖޭގެ ވެރިކަމަށް ދިވެހިން ނުހޮވާނެ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޝަރީފް މިހެން ވިދާޅުވެފައިމިވަނީ ކުރީގެ ބަންޑާރަނައިބު ހުސްނުއް ސުއޫދު އެދޭ ވެރިކަމެއްގައި އެމްއެންޑީއެފް އުވާލާނެ ކަމަށް ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.
ފޭސްބުކްގައި މިއަދު އާއްމުކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ޝަރީފް ވިދާޅުވީ އެމްއެންޑީއެފް އުވާލަން ވިސްނާފަދަ "ކޮސް" ބަޔަކު ރާއްޖޭގެ ވެރިކަމަކަށް ދިވެހިން ނުހޮވާނެ ކަމަށެވެ. އަދި އެމްއެންޑީއެފް އަކީ ގައުމުގެ އައްޑަނަ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ސުއޫދު ވިދާޅުވީ އޭނާ އެދޭ ވެރިކަމެއްގައި އެމްއެންޑީއެފް އުވާލުމަށް ފަހު ތިބޭނީ ކޯސްޓް ގާޑާއި މެރިން ޕޮލިސް ކަމަށެވެ. ކޯސްޓްގާޑާއި މެރިން ޕޮލިސް އަކީ ދާދި އެއްމަސައްތެއް ކުރާ ދެބައެކެވެ. މިހާރު ވެސް ކޯސްޓްގާޑާއި މެރިން ޕޮލިސް އޮވެއެވެ.
ސުއޫދު ވިދާޅުވީ ރައްޔިތުންގެ ފައިސާ އިން ދުވާލަކު ހަތް މިލިއަން ރުފިޔާ ހަމައެކަނި އެމްއެންޑީއެފް އަށް މިހާރު ވެސް ޚަރަދު ކުރާކަމަށެވެ. އެމްއެންޑީއެފް އުވާލުމުން ސަލާމަތް ކުރެވޭ ފައިސާ ޚަރަދު ކުރާނީ އަތޮޅުތަކުގެ ހޮސްޕިޓަލްތައް ތަރައްޤީ ކުރަން ކަމަށް ސުޢޫދު ވިދާޅުވިއެވެ.
އެމްއެންޑީއެފް އަކީ އެންމެ ގިނަ މުވައްޒަފުން މަސައްކަތް ކުރާ އެއް މުއައްސަސާއެވެ. އެމްއެންޑީއެފް އުވާލުމުން އެތައް ބައެއްގެ ވަޒީފާ ގެއްލި އެތައް އާއިލާ އަކަށް އެކަމުގެ އަސަރު ކުރާނެއެވެ.
އަދި ގައުމުގެ ދިފާޢުގައި މަސައްކަތް ކުރާނެ ސަލާމަތީ ބާރެއް ނެތް އެއްވެސް ގައުމެއް ދުނިޔޭގައި ވެސް ނެތެވެ. ރާއްޖޭގައި ވެސް ސިފައިން އުފެދުނުތާ މިހާރު ގަރުނަކަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ.
ދިވެހިން ވެރިކަމަށް ހޮވާނެ މީހަކު އެގޭނީ ކަލެއަކަށް ނޫން ! ނިކަން ކެރެންޏާ ( މަކަރެއްނުހަދާ ) ވޯޓެއްލާބަލަ ؟
މިފަހަރު އާދަނު އެކަނިތަ ވޯޓް އަޅަނީ
މަގޭ ވޯޓް ސޫދުބެއައް
ވެރިކަމަށް ހޮވާނެމީހުންނާއި ނުހޮވާނެމީހުން އެގޭނީ އާދަމް ޝަރީފަކަށްނޫނެވެ އެއީ ދިވެހި ރައްޔިތުންގެ ޙައްޤެކެވެ!
ޢޭނާ އެދޭ ވެރިކަމެއް މިގައުމަކައް ނާންނާނެ އިންޝާ ﷲ
ސިފައިން އުވާލުމަކީ ވަރަށް ރަނގަޅު ކަމެއް.ދިވެހި ރާއްޖެއަކީ އެއްވެސް ބަޔަކާ ހަނގުރާމަ ކުރެވޭނެ ބައެއްނުން. އަދި ބޭރުގެ ބަޔަކު ދިވެހިންނާ ހަނގުރާމަ ކުރަން ޖެހޭނެ ކަމެއް ދުވަހަކުވެސް ދިމާ ނުވާނެ. ރާއޖޭގާ ސިފައިން ގެ ބޭނުމަކީ ސިޔާސީ ގޭމު ކުޅެން. ދިވެހި ރާއްޖޭގާ އަބަދުވެސް ތެޅެނީ އެތެރޭގެ ސިޔާސީ ހަމަނުޖެހުންތަކާ ހެދި. އިންސާނީ ހައްގުތަކަށް ނައަރާ އިޖްތިމާއީ މަސްލަހަތު ގެ ނަމުގާ ފަރްދީ ހައްގުތަކަށް ނައަރާ ިއިންސާފު ގާއިމު ކުރާ ޑިމޮކްރަޓިކް ވެރިކަމެއް ހިނގާނަމަ އެތެރޭގެ ތެޅޭތެޅުން ނޮއޮންނާނެ.ބަޑިޔާ މުގުރު ހަވާލު ކޮށްފާ ތިބެނީ ދިވެހިންގެ ގަޔަށް އަރަން. މި މީހުންނަ ޚަރަދު ކުރަން ފަިއިސާ ހޯދަނީ މިމީހުން ގެ ައަނިޔާ ރައްދުވާ ފަރާތުން. ދިވެހި އާއްމު މީހުންނަށް ސިފަައިންނަކީ ބޭނުން ބައެއް ނުން. ދިވެހިރާއްޖޭގެ ދިގު ތާރީޚުގާ ސިފައިން އފެއްދީ މައުމޫން. އެއީ ޑިކްޓޭޓަރެއްގެ ހިމާޔަތަޢް.ދިވެހި ރާއްޖެއަކީ ކުށްތަ މަދު އާދައިގެ ވިސްނުމެއް ގެންގުޅޭ މީހުން ދިރި އުޅޭތަނެއް. މިތަން ހަލަބޮލި ކޮށްލީ ސިފައިން އުފައްދަިގެން އާއްމުންނަ އުދަގޫ ކުރާނެ ޑިކްޓޭޓަރުން ހިމާޔަތް ކުރުމަށް މީހަކު ކުރި ކަންތަކުން. ސިފައިން އުއްވާލާ ވާހަކަ އިން ދިވެހިން ޖެހެނީ އުފާކުރަން. އެއީ އެފައިސާ ދިވެހިންގެ އިޖްތިމާއީ ރައްކާތެރިކަން ފޯރު ކޮށް ދިނުމަ ޚަރަދު ކުރުމަކީ ދިވެހިންނަ ސިފައިންނަ ވުރެން މުހިއްމު ކަމަކަށް ވާނެ.
ވާނުވާ ނޭގޭ ޙާލުގަވެސް އަނގަ ގަޅާތި މީހަކު އެއްޗެކޭ ބުނާއިރު. ކަލޭ ނިދާފަ އޮއްވާ ސޯމާލިޔާ މިހުން އައިސް ފޭރިގެން ދާއިރުވެސް އޮވޭ ތިހެން އަނގަ އަރުވަން. ސިފައިން ތިބުަމަކީ ކޮންމެ ދުވަހަކު ހަނގުރާމަ ކުރުމެއްނޫން.
ޔާމީނުގެ ޑީފެންސުފޯހެއް ނުވަތަ ކުލީ ސީފައީންގެ މަރުކަޒެއް ދީވެހީ ރައްޔީތުންނަކައް ބޭނުމެއް ނުވޭ.. މީހާރު އޮތީ ރައްޔީތުން އީތުބާރުކުރާ ސުފައީންގެ ފޯސް އެއްވެސް ނޫން.. ރައްޔީތުން ބަަލައީގަންނަ ފޯހެއް ވެސް ނޫން.. އެ މުއައްސަސާ މުޅީން ބަދަލުކުރަން ޖެހޭ..
ސޫދުއަކީ ރާއްޖޭގެ ހަލާކު. މާ މޮޅަށް ޤާނޫނު ދަންނަ މީހަކަށް ހެދިގެން ޤާނޫނުތައް މާނަ އޮޅޭ ގޮތަށް އެކުލަވާލާ މީނާގެ ލޯ ފާމާއި މީނާގެ ބައިވެރިން ބޭނުންހާ ގޮތަކަށް ކޯޓުތަކަށް ގޮސް ގާނޫނުތައް މާނަކުރުމުން ޤާޒީ ނޫނެކޭ ބުނެފިނަމަ ޤާޒީންނަށް އެއްޗެހި ކިޔާ ހުކުމްތައް ގޯަސްކުރަމުން ދުވާ މީހެއް އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދާ ޖައްސާލީ މީނާ ޖަހާ ސަކަރާތް އުއްތަމަ ފަނޑިޔާރަށް އެނގި އުއްތަމަ ފަނޑުޔާރު މީނާއަށް ވުރެ މޮޅު މީހަކަށްވީމަ.