ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ރާއްޖެ ގެނެސް ޖަލަށްލާން އުޅޭހެން ހީވާ ކަމަށް މާލޭ ސިޓީގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ އަންހެނުންގެ ގޮފީގެ ރައީސާކަން މިހާރު ކުރައްވަމުން ގެންދަވާ ޝިފާ މިގޮތަށް ވިދާޅުވެފައިވަނީ އިދިކޮޅު ޕީޕީއެމް އާއި ގުޅުމަށް ނަޝީދު މަސައްކަތް ކުރައްވާތީ އެމަނިކުފާނަށް އެމްޑީޕީން ފިޔަވަޅު އެޅުމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު ގޮވާލެއްވުމާއި ގުޅިގެން ކުރެއްވި ޓުވިޓެއްގައެވެ.

އެގޮތުން ޝިފާ ވިދާޅުވީ، ނަޝީދު އެހާލުގައި ވަނިކޮށް ގެނެސް އަނެއްކާ ޖަލަށްލާން އުޅޭހެން ހީވާ ކަމަށާއި ދިވެހިންނަށް ހެޔޮ ވެރިންނަށް ދިވެހިން އަބަދު ވެސް ކަންކޮށްފައި ވަނީ ވަރަށް ނުބައިކޮށް ކަމަށެވެ.

މިިދިޔަ މޭ މަހުގެ ތެރޭގައި ނަޝީދު އަވަހާރަކޮށްލުމަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން އިތުރު ފަރުވާ އަށް އެމަނިކުފާނު މިވަގުތު ހުންނެވީ އިނގިރޭސިވިލާތުގައެވެ.

އެހަމަލާއާއި ގުޅިގެން ނަޝީދު ދާދި ފަހުން ވިދާޅުވެފައިވަނީ މައްސަލަ ކޮޅެއްގައި ނުޖެހެނީސް ރާއްޖެ ވަޑައިގަތުމުގެ ވިސްނުންފުޅު ނެތް ކަމަށެވެ. އަދި ރާއްޖެ ވަޑައިގަންނަވާނީ ރައްކާތެރިކަން ކަށަވަރު ވުމުން ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ނަޝީދު އެފަދައިން ވިދާޅުވެފައިވާ ދަނޑިވަޅެއްގައި އިއްޔެ ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް، އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ، ނަޝީދަށް ސަރުކާރުގެ ފަރާތުން ފުރިހަމަ ރައްކާތެރިކަން ލިބޭނެ ކަމަށާއި ވީހާވެސް އަވަހަށް އެމަނިކުފާނު ރާއްޖެ ވަޑައިގަންނަވަން އެދިވަޑައިގަންނަވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ޙަދިސައިބު

    ޖަލަކަށްނޫން ގު ރައިދޫގައި ބަހައްޓަންވީ ނޫނީ ރިހެބުގައި ބަންދެފައި ބާއްވަންވީ

    64
    1
  2. ޙަސަން

    ސިފާ އެކަމާ ނުވިސްނާ.. ރަށުތެ ރޭ ކިޔާ މޫސަ އެހެން އެއުޅެނީ ކޮންމެވެސް ފައިދާއެއް ހޯދަން ވެގެންނޭ . ޥެދާނެ ޔޯ ނަލަންދޫ ފަ ރަށް އު ރިފައި އޮތް ކޮޅުވެއްޓި ކަންތަކާ ކަމަށްވެސް .އަދި . އެހާ ސޯލިހު ވެގެން އުޅުނުނަމަ ސޯލިހު ވެ ރިކަމަށްގެންނަން މަސައްކަތް ކު ރީސްދޯ.. ނަސީދުއަށް އަދިވެސް ޕާޓީގެ ބޮޑުތާއީދު އެބައޮތް.

    22
    19
  3. ނަބީލް

    މަނިކުފާނު ވަޑައިނުގަންނަވާތި މަނިކުފާނު ބޭ ރުގައިހު ރޭ
    މަނިކުފާނު ސިފާ އެބުނިހެން ހިފާ ހައްޔަ ރު ކޮށްފާނެ
    ސިފާ އެހެން އެވިދާޅުވަނީ ވަ ރަށްވެސް ވިސްނަވާފައި
    ވިސްނުން ތެ ރިކަމާއެކީ

    23
    2
  4. Anonymous

    ނަފްރަތު އުފަށްދަނީ

    44
    3
  5. ހުސޭނުބޭ

    ދައިތާ ކޮބައިތަ ރޯދައަށް ބަހަން ފޮނުވި ކަދުރުކޮޅު

    59
    1
  6. ބޮއް

    ކައުންސިލް އިންތިހާބުގަ މާލޭގެ ދާއިރާތައް އެމްޑީޕީއަށް ގެއްލުނީ މި މީހުން ކައުންސިލްގަ ތިބެގެން ތާކުންތާކުޖެހޭ ކަމެއް ނުކޮށް ރައްޔިތުންނަށް ޚިދުމަތެއް ނުދެވުމުން. އެކަމުގެ ދެރަ ލިބިގެން މިދިޔައީ އެމްޑީޕީއަށް ކިހިނެތް މި މީހުންނަށް މެމްބަރުން މާފު ކުރާނީ.

    33
    1
  7. ......

    ކަންބޮޑުވާނެ ކަމެއްނެތް އެއްގޮތަކަށްވެސް...ނަޝީދުގެ ވެރިކަމުގައި ޔާމީން ގެންގޮސް ހައްޔަރު ކުރީވެސް ހިމާޔަތް ދިނުމަށޭ ކިޔާފަ....ނަޝީދަށް މިވަގުތު ހިމާޔަތާއި ރައްކާތެރިކަން ވަރަށް މުހިންމު...ޖަލުގަ ބާއްވައިގެންވިޔަސް ހަމަ ދޭންވީ...

    43
    2
  8. އަލިކޮއި

    މައްސަލަ ކޮޅެއްގަ ޖެހިދާނެ 3 އަހަ ރު 2 އަހަ ރު ފަހުންވެސް...ކޮޅެއްގަ ޖެހުނީމައޭ ކިޔާފަ ރައްޔަތުންގެ ފައިސާއިން މުސާ ނަންގަވައިގެން ގައުމަށް ނާންނާނަމޭ ބުނުމަކީ ޒިއްމާދާރުކަން ކުޑަ ދެ ރަވަ ރުގެ ކަމެއް..

    47
    1
  9. ބެއްޔާ

    އެކޮޔަށް ރަގަޅީ ޖަލުތޯ؟

    29
    2
  10. އަހުމަދު

    ނަޝީދަކީ ލާދީނީ ހުދުމުހުތާރު މީހެއް. އޭނާއަށް ހައްގީ އަދަބު

    36
    2
  11. ނަޝީދު

    ކުރާނެ ކަމެއްނެތް ހެދި އެތިފަހަރު ގޮވީ އަތަށް ކުޑަ ކުޑަ ސްޓަންޓެއް ޖަހަން އުޅުނީ އެކަމަކު ރޯވީ ގައިގާ ދެން ކީއް ކުރާނި.. އަމިއްލައައް މަޝްހޫރުވާންވެގެން ކުރި ކަމެއް ތީ ދެންވެސް އަވަހަށް އޭ ޑީ ކޭ ޑޮކްޓަރުންނައް ދޭންޖެހޭ ބައި ދީ އެމީހުން ވަރަށް ހިތްވަރު ކޮށްފި...

    33
    1
  12. ްއަލިބެ

    އަންނި އަނެއްކާ ކަމެއް ކުރީތަ🤣

    16
    2
  13. ފަޔާޒު

    ޝިފާގެ ޓްވީޓްގައި ދިވެހިންނަށް ހެޔޮވެ ރިއެއްގެ ގޮތުގައި ނަޝީދު ސިފަކޮށްފައިވަނީ ކޮންގޮތަކަށްތޯ. ހަމަގައިމުވެސް ނަޝީދުގެ ހެޔޮކަމަކުން މިގައުމަށްވީ ފައިދާއެއް ނެތެވެ. ވީއާވެފައޮތީ ގެއްލުމެއް، އިޤްތިޞާދީގޮތުންވިޔަސް އިޖްތިމާޢީގޮތުންވެސް. ނޫން، ޝިފާމެން ފަދަ މަދުބަޔަކަށް ނަޝީދުގެ ވެ ރިކަމުގައި ވަ ރަށް ބޮޑެތި މާލީފައިދާތަކެއް ލިބިގެންދިޔަކަން އެންމެންވެސް ދަނޭ.

  14. ނާދިރާ

    13 އަހަރު ހަމަވެއްޖެތަ.

  15. ރެފްރީ

    ކަމަނާގެބުލުގަ ރިހޭވަ ރުންވެސް
    ކަމެއްކު ރުވަންފެނޭ !!

  16. ޢަބުދުﷲ

    ކަމަނާއެވެ. އެއީ އޭނާއަށް އެންމެ ޙައްޤު އެއްތަނެވެ. އޭނާގެ ވެރިކަމުގައި އަހަރެންގެ ޙައްޤުތައް ނިގުޅައި ގަތެވެ.
    ވީމާ އޭނާއަށް އެންމެ ޙައްޤުވާނީ ހަމަ ޖަލެވެ.