ޚިޔާނާތްތައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަންގެ ރައީސް އަހްމަދު އައްސަދާއި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް މަރިޔަމް ޝިއުނާ ލަދު ގަންނަ ވަރުގެ ޗެޓްލޮގްތަކެއް އެބަ ހުރި ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓުގައި މަހްލޫފްގެ ނަން ހިމެނި، އޭނާގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް އޭސީސީއާއި ރިޔާސީ ކޮމިޝަނުން ވަނީ ފޮނުވައިފައެވެ.

އެހެން ނަމަވެސް އެ މައްސަލަ ޕީޖީ އޮފީހުގައި އޮންނަތާ ދެ މަހަށް ވުރެ ގިނަ ދުވަސްވެއްޖެއެވެ. ދައުވާ ކުރުމާ މެދު ގޮތެއް ނުނިންމި ލަސްވަމުން ދާތީ މަހްލޫފް ގެންދަވަނީ ކަންބޮޑުވުން ފާޅު ކުރައްވަމުންނެވެ.

ކްލަބް ހައުސް މެދުވެރިކޮށް މިރޭ ކުރިއަށް ދިޔަ "ވަގުތު ހަވާސް" ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން މަހްލޫފް ވިދާޅުވީ އައްސަދާއި ޝިއުނާ ވެސް އުޅުއްވަނީ ބޭރުފުށުން އެ ބޭފުޅުންނަކީ ވަރަށް އިޚްލާސްތެރި، ނަޒާހަތްތެރި ބޭފުޅުން ދައްކައިގެން ކަމަށެވެ.

އެހެން ވިޔަސް އެއިން ކޮންމެ ބޭފުޅެއްގެ ނަޒާހަތްތެރި ކަމާއިމެދު ސުވާލު އުފެދޭނެ އެތައް ހެއްކެއް މަހްލޫފްގެ އަތްޕުޅުގައި ހުރި ކަމަށް އޭނާ ވިދާޅުވިއެވެ. މި ގޮތުން އެ ބޭފުޅުން ކުރައްވަމުން ގެންދަވާ ކަންކަން ފެންނާނެ ޗެޓް ލޮގްތަކެއް ވެސް އޮތް ކަމަށް މަހްލޫފް ވިދާޅުވިއެވެ.

"އައްސަދު މެން ޝިއުނާ މެން ކޮށްފައި މިހުރި ކަންކަން ފެންނާނެ ޗެޓްލޮގްތަކެއް އަޅުގަނޑު އަތުގައި އެބަ ހުރި. މި ޗެޓްލޮގްތައް އަޅުގަނޑު ހާމަކޮށްފިނަމަ މިމީހުންގެ އިންޓެގްރިޓީ ގެއްލިދާނެ،" މަހްލޫފް ވިދާޅުވިއެވެ.

އެކަމަކު އެއީ ކޮން ޗެޓްލޮގްތަކެއް ކަމެއް މަހްލޫފް ވިދާޅެއް ނުވެއެވެ. އަދި އެއީ އައްސަދު އާއި ޝިއުނާ އެކަކު އަނެކަކަށް ފޮނުވި މެސެޖްތަކެއް ހިމެނޭ ޗެޓްލޮގްތަކެއް ކަމެއް ވެސް ވަކި މަހްލޫފް ވިދާޅެއް ނުވެއެވެ.

އޭނާގެ މައްސަލަ ޝަރީއަތާއި ހަމައަށް ގެންގޮސްފިނަމަ "ދައުލަތް އޮރިޔާން" ވެގެން ދާނެ އެތައް ވާހަކައެއް ހާމަ ކުރައްވާނެ ކަމަށް މަހްލޫފް ވިދާޅުވިއެވެ. ސިޔާސީ ބޭނުމަކަށް ބަޔަކު އަޑީގައި ތިބެގެން ކުރާ މަސައްކަތަކަށް އައްސަދާއި ޝިއުނާ ވެސް އެއްބާރުލުން ދެއްވި ކަމަށް މަހްލޫފް ވިދާޅުވިއެވެ.

"އައްސަދުއަށް ވެސް، ޝިއުނާއަށް ވެސް، ރަނގަޅަށް އެނގޭނެ، މި ކަން މިވާގޮތް، ޕީޖީ ޝަމީމްއަކީ ވެސް އަޅުގަނޑުގެ ގާތް އެކުވެރިޔެއް، ޝަމީމްއަށް ވެސް އެނގޭނެ މިކަން ކުރަން އުޅެނީ ކޮން ބައެއްކަން،" މަހްލޫފް ވިދާޅުވިއެވެ.

ނަމަވެސް މަހްލޫފްގެ މައްޗަށް ދައުވާ ކުރަން ބޭނުން ވަނީ ކޮން ބަޔެއް ކަމެއް ސީދާ މަހްލޫފް ވިދާޅެއް ނުވެއެވެ. އޭނާ ވިދާޅުވީ އެ ބަޔަކު ބޭނުން ވަނީ އޭނާ މަގާމުން ވަކިކުރަން ކަމަށެވެ.

"މި މައްސަލައިގައި އަޅުގަނޑު ޖަލަކަށް ނުވެސް ލެވޭނެ، އެންމެ ބޮޑު ކަމަކަށް ވެސް ކުރެވޭނީ އަޅުގަނޑު މަގާމުން ވަކިކޮށްލުން، އެކަން ނުވެގެން އެއުޅެނީ ވެސް، އަޅުގަނޑު ރައީސް އަރިހުގައި ވެސް ދަންނަވާފައި އޮންނާނެ މި އުޅެނީ މަގާމުގެ ކަމެކޭ،" މަހްލޫފް ވިދާޅުވިއެވެ.

މަހްލޫފްގެ މައްޗަށް ކުރާ ދައުވާގައި ކޮށްފައިވާ ތުހުމަތުތަކަށް މިރޭ ވެސް އޭނާ އިންކާރު ކުރެއްވިއެވެ.

މަހްލޫފް ވިދާޅުވީ އެސްއޯއެފް މެދުވެރިކޮށް ލިބިވަޑައިގަތް ފައިސާއަކީ ދިވެހި ރުފިޔާ ޑޮލަރަށް މާރު ކުރި ފައިސާއެއް ކަމަށާއި އެކަމަކު އޭގެ ލިޔެކިއުންތައް ވެސް ސައްޚަ ނޫން ކަމަށް ރިޔާސީ ކޮމިޝަނާއި އޭސީސީން ކަނޑައެޅީ އެއްވެސް އަސާސެއްގެ މައްޗަށް ނޫން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. އނ

    ދައުލަތުގެ މިނިސްޓަރަކު މިޒާތުވެ ބްލެކްމެއިލް ކުރަން ފެށީމަ ރާއްޖެ ސޮއްސާލާފަ އޮތް ވަރު ހާމަވެ ލަދުން ބޯހަލާކު ވެއްޖެ. މަހްލޫފު މިދަނީ ފާޅުގަ ނުފޫޒް ފޯރުވާ ބިރު ދައްކަމުން. މަހްލޫފު ކުޑައިރުއްސުރެ ދަންނަމީހުންނަށް އޭނަ ކާކުކަން އެނގޭނެ. ޢަނެއްކާ ލައިވް ޓީވީ ގަ އެތައް ބަޔަކު ކުރިމަތީގަ ދޯ ޑީރާޕީ ޖަލްސާ އަކަށް ވަދެ މާރާމާރީ ހިންގީ. ޢެހެންވީމަ ސިއްރިޔާތުގެ އައްސަދު އަދި ޝިއުނާ އަށް ބިރު ދައްކާނެ ވަރު އިހްސާސް ކުރެވޭ. މީ ގުންޑާރާޖް ސަރުކާރެއް. މީނަ ވަޒީފާއިން ވަކި ކޮއްފިނަމަ އިބޫވެސް އޮރިޔާން ކުރާނެ

    46
    8
    • އިބިލީސް

      ރައްޔިތުން ވޯޓލައިގެން ހޮވާފަ މިތިބީ ވަލު ޖަނަވާރުންނަށްވުރެ ދަށު ދަރަޖައިގެ ބަޔެއް. ޓައިއަޅާފަ ބޭފުޅު ހެދިގެން ތިބި ވަގުންތަކެެއް. ފާލުގަ ހަމަ ތަޙްޤީގަށް ނުފޫޒު ފޯރުވަން އުޅެފަ އެއޮތީ. ޚޮބާ އަދި ނުފެންނަ ހިސާބުގައި ފުއްޕާފަ ބިރުދައްކާފަ އޮންނާނެވަރު

      10
      2
  2. ދާހިލީ

    ތިޔަ ބައިގަނޑުގެ އެންމެންގެވެސް ދިރި އުޅުމަކީ މީހުން ބުލެކްމައިލް ކޮއްގެން މަގާމު ހޯދާގެން ދައުލަތް ލޫޓުވުންތާ
    ދުނިޔެ އެދުނަސް ބޮޑުވަރު މަރުވާނެ ހިސާބު ބެއްލެވޭނެ .

    55
    2
  3. ނިޝާމާ

    ޗެޓްލޮގޭ ކިޔާނެ ކަމެއްނެތް.. ހަތެރެސްފައިގަ ބިޑިއަޅުވާފަ ޖަލައްގެންދަން އެއޮތީ ރެޑީކޮއްފަ.

    45
    4
  4. އިބުރާހިމް

    ހުސްދޮގު ބިރުދައްކަނީ

    39
    5
  5. ބީޖީ

    އޮރިޔާން ވިޔަސް ތިމާކުރިކަމެއް ހަމަވާނީ ކުރިކަމަކަށް.

    44
    2
  6. dhunthari

    ތިޔަށް ކިޔާއުޅެނީ، ބްލެކްމެއިލް ކުރުމޭ، ހަގީގަތުގައި މިހާރު ތިޔަ ހުރީ އިތުރު ގޮޅިއަކަށް ފެތިފައި

    46
    1
  7. އޯގާތެރިޔާ

    ބަލަ މިގައުމުގަ އެބަ އުޅޭތޯ ލަދެއްގަންނަމީހަކު ފުރަތަމަ ތިބާޔައް ބެއްލެވިޔަސް ފެންނާނެ މައިޑޭގަވެސް މީހަކު ކީތިޔާކަހަލަގެ ފަރެއްސެއް ފަރިހިޅެމަކައްވެގެންދިޔައީ ތިޔާކިޔާމީހުންގެ ވާހަކަ މާކުރީގެ ނޫސްތަކެއްގެ ފަލަސުރުހީ އަރާ ނޫސްތައް އިރާލަފާނެހެންހީވި ލަދެއްނުގަނޭ ޖެހީ މެކުހައް މީމޯލްޑިވްސް މިގައުމުގަ ތިޔަކިޔާއެއްޗެއް ނުހިގާނެ ބަލަ އިސްލާމަކައްވީތީ އެނގޭނެ ދުނިޔެއައް ފޮނުންވަނީ މިޒަމާނުގަ ތިޔަކިޔަ ސީސީޓީވީކެމެރާޔާއެކީ ގިޔާމަތް ދުވަޖުން ރެކޯޑިން ދިއްކޮލެވޭނެ މީހާ ސަހަރޯ ހީވާނޭ ކިތައްމެ ކުޑަކަމެއްވިޔަސް ބޮޑުކަމެއްވިޔަސް ކިތައްމެސިއްރުންކުރިޔަސް އޭގައިވާނެ ބަލަ އިސްލާމަކައް ވިއްޔާ މިކަން އެނގޭނެ ދެން ދުނިޔެމަތީގާކޮންލަދެއްތޯ

    34
    1
  8. އަދަބީ ސައްޔަ

    މިކަހަލަ ތްރެޓް މިކުރަނީ ނުހައްޤު ފައިސާ ލިބިފަ ހުރީމަކަން ޔަޤީން. ވަޒީރެއްގެ ޝަރުތު މަހޭ ގެ ނެތް.

    44
    1
  9. ފުތާބެއްޔާ

    ތިވަރުގެ ހެކިތަކެއް ހުރިނަމަ ރޯމަހެއް ތެޅޭހެން ތެޅިފަ އިބޫ ކައިރީގަ ސައިޒުވެ ރޮއިހޭރި ހަދާކަށް ނުވެސް ޖެހޭނެ. ހުންނާނީ އަލީ ވަހީދު ހެން އަތްނުލެވޭ ހިސާބު ބޭރުގަ.

    43
  10. Anonymous

    ތި ޗެޓުލޮގު ބޮނޑިވަރު މޮއްކޮއްގެން ތި އުޅެނީ މަހުލޫފުގެ އިހުލާސްތެރިކަމެއް ނެތި ޖެއިލް ފުރީ ކާޑެއްގެ ގޮތުގައި ތި އެއްޗެހި ގެންގުޅޭ ވާހަކަ ތި ދައްކަނީ ކާކު ތޯ އޮރިޔާން މިވީ ރައްޔިތުންނަށް އެނގޭ އެމްޑީޕީ މަތީ ފަންތީގެ މީހުންގެ ވައްތަރު ޗެޓުލޮގެއް ނުފެނުނަސް

  11. މަގާމު ދެން ލިބޭނެ މީހާ

    ކުށެއް ކުރާކަން އެގިހުރެ އެކަން ރިޕޯޓު ނުކުރުމަކީވެސް ކުށެއް. މީހަކު ކޮއްފައިވާ ކުށެއްގެ ހެކި އަތުގައި ބަހައްޓައިގެން އެމީހުން ބްލެކްމެއިލް ކުރުމަކީވެސް ކުށެއް. އަލީ ވަހީދުވެސް ލައްކަ ދުވަހު ތިހެން މީހުންނަށް ބިރުދައްކައިގެނަ އުޅުނޭ. މަހޭ ތިއޮއް ގޮވަނީ އަތަށް މަހޭ ކަލޭގެ މަގާމަކީ ކުޑަގޮޅި އިގިއްޖޭ

  12. އަލީ

    ހަމަ ހޮޅި ބިރުދައްކަނީ ތީ އިމްރާން ގެންގުޅޭ ކަހަލަ ލިޔެކިއުން

  13. ސލ

    މޑޕ ގެ ފަތިފުށް އެޕާޓީގެ އާއްމު މެނބަރުންނަށް އެގިއްޖެނަމަ އެމީހުން ވަގުތުން ޕާޓީ ދޫކޮށްލާނެއެވެ އެދުވަސް އަންނަނީ ކައިރި ވަމުންނެވެ ވައްކަމާއި މަކަރާއި
    ހީލަތް ހެދުމުގައި ހައްދުފަހަނަ އަލާފައިވާ ވަގު މޑޕ މިހާރުން މިހާރަށް އުވާލައި އެޕާޓީގެ މަތިފަޑި ހައް ޔަރު ކުރުމަށް މުއައްސަސާ ތަކަށް ގޮވާލަމެވެ.

  14. ހާމާނު

    ޗެޓްލޮގް އަކީ އެމީހަކު ބޭނުން ގޮތަކައް ހެދޭ އެއްޗެއް، ޑުއަލް އެޕް ބޭނުން ކޮއްގެން، މަހޭ ހާދަ ފަހަތުގައޭދޯ، ބިރު ދައްކަން ވެގެން އުޅޭ ގޮތް، މަހޭ ގެ ޗެޓްލޮގް ވެސް ހަދާލެވިދާނެ🤪🤪

  15. ކެޔޮޅު މުހައްމަދު

    މިޔަށް ކިޔަނީ ބްލެކްމޭލް ކުރުން، ނުފޫޒު ފޯރުވުން، ބިރުދެއްކުން. ކުށެއް ނުކުރާ މީހަކު މައްސަލަ ބަލާމީހުންނަށް މިހާވަރުން ބިރުދައްކާ ނުފޫޒު ފޯރުވާނެ ކަމަކަށް ނުފެނޭ. މިހާރު ގަބޫލުކުރެވެނީ ހަމަ ރަނގަޅަށްވެސް ތާށިވެފަ އޮތްކަމަށް.

  16. ޢާލިމް

    ތިވަރު ހެކި ހުރެ ކޮރަޕްޓް ބަޔަކު މަގާމުގަ ބައިތިއްބައިގެން ރައްޔިތުންނަށް ހާމަ ނުކޮށް ގެންގުޅުމަކީ އެ ކަމަށް ހިތްވަރު ދިނުން. މަހްލޫފް ވެސް އެހެންވީމަ ތި ބައިވެރި ވެވެނީ.
    މިހާރުން މިހާރަށް ތިކަންތައް ހާމަކޮށް އެމީހުން މަގާމުން ދުރުކުރަން ހުށަހަޅާ.