ފިލްމީ ތަރި ޖުމައްޔިލް ނިމާލްގެ މައްޗަށް ކުރާ ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތްލުމުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ ބާއްވަން ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފިއެވެ.
މި އަޑުއެހުން އޮތީ މާދަމާ މެންދުރު 2:00ގައެވެ.
ޖުމައްޔިލްގެ މައްޗަށް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާއި މެދު ހާއްސަ އުސޫލުތަކަކަށް އަމަލު ކުރުމުގެ ގާނޫނުގެ ތިން ވަނަ މާއްދާގެ (ހ) އާއި ހަވާލާދީ އެ މާއްދާގެ (ނ)ގެ ދަށުން ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ދައުވާ އުފުލައި، އެމައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ މި އަހަރުގެ ފެބްރުއަރީ މަސް ތެރޭގައެވެ.
ޖުމައްޔިލް އާ ގުޅޭ ޖިންސީ މައްސަލައަކީ، އޭނާގެ ދެބެންގެ ދެ ދަރި އަންހެން ކޮއްކޮ ރޭޕް ކުރި ކަމަށް ބުނާ މައްސަލައެކެވެ.
ޖުމައްޔިލްއާ ބެހޭ ގޮތުން ރޭޕްގެ ބޮޑު ތުހުމަތެއް ކުރީ ޒަހޫ ނަމުގައި ޓުވިޓާގައި ހުޅުވާފައިވާ އެކައުންޓަކުންނެވެ. އެ ޒުވާނާ ބުނި ގޮތުގައި ޖުމައްޔިލްގެ އަނިޔާގެ ޝިކާރައަކަށްވި އިރު، އޭނާގެ އުމުރުން އެންމެ 17 އަހަރެވެ. އެކަމެއް ހިނގީ ޒަހޫ ބުނާ ގޮތުގައި ޑިސެމްބަރު، 2016ގައެވެ.
ޖުމައްޔިލްގެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި "ވާށޭމަށާ އެކީ" އާއި "މީ ލޯތްބަކީ" އާއި "ގޮއްރާޅު" އަދި "މާމުއި" ފަދަ ފިލްމުތައް ހިމެނެއެވެ. ޖުމައްޔިލް ނިމާލަކީ ޑާކްރެއިން އިންޓަޓައިންމަންޓްގެ އެންމެ މުހިންމު އެއް ބައިވެރިޔާއެވެ.
މިކަހަލަ ތާކުންތާކު ނުޖެހޭ ކަސްބީ އަންހެނުންނާއި ފިރިހެނުން މިއުޅެނީ
މީނައަކަށް އެއްވެސް ކަމެއް ނުވާނެ...އަސްމަލީ އަކަށްވެސް އެއްވެސް ކަމެއް ނުވާނެ...ޕޮލިޓީޝަނުންނާ މަޝްހޫރު ފިލްމީ ތަރިންގެ މައްޗަށް ރާއްޖޭގެ ޤާނޫނެއް ނުހިނގާނެ...ދެރަ ނިކަމެތިންނަށް ހަދާފަ އޮންނަ އެއްޗެއް ރާއްޖޭގެ ޤާނޫނު އަސާސީއަކީ...
ތިމައްސަލަ ފުރަތަމަ 2016 ގަވެސް ޖެއްސި، އެއިރު އެކަން ކުރިޔަކަށްނުދިޔައީ ޖުމައްޔުގެ ބައްޕަގެ ފަރާތުން އެއިރުގެ ސަރުކާރުގެ ބައެއްގެ ނުފޫޒުން!
އުމުރަށް ޖަލައް ލާ!