ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޝަރީއަތަށް ނުފޫޒު ފޯރުވިކަމަށް ކްރިމިނަލް ކޯޓުގެ ކުރީގެ ފަނޑިޔާރުންތަކެއް ވިދާޅުވުމާ ގުޅިގެން ދީނީ އިލްމުވެރިޔާ ޝެއިހް އަލީ ޒައިދާއި ޑރ. މުހައްމަދު އިޔާޒް، ޒާހިރުގެ ދިފާއުގައި ނުކުންނަވައިފިއެވެ.
ޒައިޒު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަލީ ޒާހިރު ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާން ނުގުޅާނެ ކަން އޭނާ އަށް %100 ކަށަވަރުވާ ކަމަށެވެ. އަދި ޕީޕީއެމަށް ތާއީދު ކުރާ ބަޔަކު އަލީ ޒާހިރުއާ ބެހޭ ގޮތުން ދައްކަނީ ބުހުތާނު ދޮގު ވާހަކަތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.
Raees office CS @alixahir fandiyaarunnah nufoozu foaruvaan nugulhaanekan alhugandah 100% kashavaru! Ebeyfulhaa miveni meehakah gulhiyey miveni hukumeh kohdheyn edhuney kiyaigen ppm ah nisbaih vaa bayaku e dhakkany ufahdhaigen dhakkaa buhuthaanu dhogu vaahaka thakeh!
— Ali Zaid (@alizaid1000) September 4, 2021
"އަލީ ޒާހިރު ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާން ނުގުޅާނެ ކަން އަޅުގަނޑަށް %100 ކަށަވަރު. މިވެނި މީހަކަށް ގުޅިއޭ މިވެނި ހުކުމެއްކޮށްދޭން އެދުނޭ ކިޔައިގެން ޕީޕީއެމަށް ނިސްބަތްވާ ބަޔަކު އެ ދައްކަނީ އުފައްދައިގެން ދައްކާ ބުހުތާނު ދޮގު ވާހަކަތަކެއް،" ޒައިދު ވިދާޅުވިއެވެ.
ޒައިދުގެ މި ޓްވީޓަށް ރިޕްލައި ކުރައްވާ އިޔާޒް ވިދާޅުވީ އަލީ ޒާހިރަކީ "ޙުކުމް ގަންނަން ދުވާ ވަރަށް ވުރެ އަބުރުވެރި އިންސާފަށް ލޯބިކުރައްވާ ބޭފުޅެއް" ކަމަށެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކްރިމިނަލް ކޯޓުގެ ކުރީގެ ގާޒީ ހަސަން ނަޖީބް ނަޖީބް ވަނީ ކްރިމިނަލް ކޯޓުގައި ޔާމީންގެ ޝަރީއަތް ހިނގި އިރު ސަރުކާރުން ނުފޫޒު ފޯރުވާ ކަމަށް ތުހުމަތު ކުރައްވައިފައެވެ. އަދި ޔާމީންގެ މައްޗަށް އިއްވި ފަސް އަހަރުގެ ޖަލު ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން ވަރަށް ބޮޑަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކޮށްފައިވާ ކަމަށް ހައި ކޯޓުގައި އޭރު އިސް ފަނޑިޔާރަކަށް ހުންނެވި ޝުޖާއު އުސްމާން ވަނީ ވިދާޅުވެފައެވެ.
ކުރީގެ ބައެއް ފަނޑިޔާރުން ވެގެން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި، ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވި ވާހަކަތައް މިއަދު ދެއްކިއިރު، ކްރިމިނަލް ކޯޓުގައި ޔާމީނަށް ހުކުމް އިއްވި ފަސް ގާޒީންގެ ތެރެއިން ތިން ގާޒީއެއްގެ އޯޑިއޯތަކެއް "ވަގުތު" އިން ވަނީ އާންމުކޮށްފައެވެ. މި މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަނުން ތަހުގީގު ކުރަން ފަށައި، އެ ގާޒީންގެ އަޑުގެ ސާމްޕަލް ވެސް ނެގިއެވެ. އެ ތަހުލީލު ކުރުމަށް ޓަކައި ފުލުހުންގެ އިދާރާއަށް ވަނީ ފޮނުވައިފައެވެ.
ޔާމީންގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ ދައުވާގައި ދަށު ކޯޓުން އިއްވި ފަސް އަހަރު ދުވަހުގެ ޖަލު ހުކުމަށް ހައި ކޯޓުން ތާއީދު ކުރިއިރު، މިހާރު ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައެވެ. އަންނަ މަހުގެ 12 ވަނަ ދުވަހު ސުޕްރީމް ކޯޓުގައި މި މައްސަލައިގެ އަޑުއެހުމެއް ތާވަލުކޮށްފައިވެއެވެ. ޔާމީންގެ އެތައް ހާސް ސަޕޯޓަރުން ގަބޫލު ކުރަނީ އެމަނިކުފާނުގެ ޝަރީއަތް ހިނގާފައި ވަނީ އިންސާފުން ބޭރުން ކަމުގައެވެ.
ޝޭހުންނޭ ﷲ އަށް ބިރުވެތިވޭ %100 އަލީ ޒާހިރު ތި ދިފާއު ކުރަނީ ތި ދެ ޝޭހުންނަށް ވަހީއެއް ބާވާނުލަށްވާނެ. ބޮޑުވަރު
ޢަލީ ޒާހިރު އެ ދުވަސް ވަރު ކުރި ޓުއިޓެއް ގައި އޮތް ހުކުމް ކުރާ ގޮތް ބެލުމަށް ފަނޑިޔާރަށް ގުޅި ކަމަށް އެކަމު މަދު ވަގުތު ކޮޅެއް ފަހުން އެޓުއިޓް ފޮހެލި...އެތައް ބަޔަކަށް އެ ފެނި ނޫސް ތަކުގާ ލިޔުނު..މިކަން ދޮގުކުރާކަށް ނުކެރޭނެ
ނަތަންޔާޔޫގެ ދިފާއުގަ ނިކުންނަނ ވެސް މިމިހުން ލަދު ނުގަންނާނެ.
ތީ ބޮޑު ދެ މުނާފިގުން
ރަހުމެއްތެރިން ސަލާމައްކުރަން ތިއުޅެނީ ކީއްކުރަންތަ.؟
އެއްވެސް މީހަކަށް ނުފެންނާނެ ތިމާގެ ބުރީން ނުކުމެފައި ހުރި ގުޔެއް. ހައްތާވެސް ފެންނާނީ އަނެކުންގެ ބުރީން ނުކުމެފައި ހުރި ގުއި. ޔާމީނަށް މަރުދޭ މީހުންނަށް ޔާމީނަކީ އަލިފެއް. އަންނިއަށް މަރުދޭ މީހުންނަށް އަންނިއަކީ އަލިފެއް. ހަމަ އެގޮތަށް ޝޭހު ޒައިދުއާއި ޑޮކްޓަރ އިޔާޒަށްވެސް ރައީސްގެ މިނިސްޓަރ އަލީ ޒާހިރު ވާނީ އަލިފަކަށް. ހަޖަމު ކުރަން ދަސްކުރޭ، ދެން މިފަހަރު ކެތްކުރޭ.
ޢަލީޒާހިރުމެންފަދަ ނުބައި ނުލަފާ މީުންގެ ދިފާޢުގައި މިދެމީހުން އަބަދުވެސް މަސައްކަތްކުރާނެ!މިއީ ހައިރާންޖެހޭކަމެއްނޫން! އެކަމަކު އެންފަހަރަކުވެސް ލާދީނީ ފިކުރު ފަތުރާމީހުންނާ ދެކޮޅަށް މިދެމީހުން ބަހެއްބުނި އަޑެއް ނުއިވޭ!
މިކަހަލަ މީހުންނައްށޯ މުނާފިގުން ކިޔަނީ
މިސެހުންނެނޫ ސެކުން ބޯހަލާކު ؟؟؟؟
އަދާލަތު ޕާޓީގެ ހުރިހާ މީހުންނަކީ %100
ގެރެންޓީ މީހުން ދެއްތޯއެވެ.
🤭🤭🤭
ދިވެހި ރައްޔިތުން ނަށް މިހާރު ޔަގީން ވާނޭ މި 2މީހުން ނަކީ ތުބުޅި ދިގު ކޮށް ގެން ތިބި 2 ސިޔާސީ ހާއިނުން ކަން..
ޢަލީ ޒާހިރު ގުޅިޔަސް ޔާމީން ވައްކަން ނުކުރާ ކަމަށް ނުވާނެ .....
ޔާމީނު ވައްކަންކުރި ކަމަށް ކޮންކޯޓަކުންތޯ ހުކުމެއްކޮށްފައި އޮތީ.
ޔާމީނުގެ އަމިއްލަ އިއުތިރާފު ހެއްކަކަށް ފުދޭ.
މިދެމީހުން ހެކިވެ ކަށަވަ ރުކަންދިން 2018ގަ އިބު ރާހިމުއަކީ ރަސޫލާ ދުޢާދެއްވިފަދަ ވެ ރިއެއްކަމަށް...ދެން މިވަ ރުގެބަޔަކު ދިފާއުކޮއްދޭނެ މޯދީއަކީވެސް ޒަންޖަބީލުފަދަ މީހެއްކަމަށް...
ތިމާ މެނަށް އެކަމުގެ ޚަބަރެއްނުވާ ކަމެއްގަ އަދި އިންސާނުންނަކީ ކުށްކުރެވޭނެ ބައެއްކަން ދެނެތިބެމެ ޝޭޚުންގެ ތާޖު އަޅައިގެން ސޭކުންނަށް ނުވުމަށް ގޮވާލަން. އިސްލާމް ދީނަށް ހަޖޫޖެހި މީހުނަށް ބޮޑެތި މަޤާމްތައް ދެމުންދާއިރު މަޤާމުގެ ދަހިވެތި ކަމުގަ އެކަމާ އަޑުނޫފުލާ ހުރި މީހަކު ތިފަދަ ކަމެއް ނުކުރާނެ ކަމުގެ އޮތީ ކިހާވަރެއްގެ ޔަޤީން ކަމެއްބާ....
ކަލޭމެން ދެމީހުން ބުނީމަ ރައްޔަތުން ގަބޫލުކުރާނެ ކަމައްތަ ހީކުރަނީ ކަލޭމެންނަކީ ސޭކުން އަގެއްނެތް ބަޔެއް އަހުލާގެއް އަދަބެއް ސަދަބެއް ހުރިބަޔެއް ނޫން މިހާރު ފުދިއްޖެ ތިޔަދޭ ދޮގު ސިޔާސީ ފަތަވާ އަޑުނާހާނެ ކުކުޅެއްވެސް
އަހަރެން ﷲ ގަންދީ ހުވާކޮށްފަ މިބުނީ ކެނެރީގޭ ނަޝީދުއަކީ ލާދީނީ ބޭފުޅެއްނޫން 100% ގެރެންޓީ އެކަމަށް އަހަރެން ދޭނަން ދެން ކަލޭ މެން ކީއްވެ އޭނާއަށް ލާދީނީއޭތިކިޔަނީ
ތި ދެގޮލާ 100% ދީފިއްޔާ ޖެހޭނީ އެކަމެއް މިދުނިޔޭގެ އެންމެންވެސް ގަބޫލުކުރަން
މިވެރިން ފޮޓޯއަކުން ފެނުނަސް އަހަރެން ލޭމަށްޗަށްދޭ ނުލާހިކު ރަނގަޅު ސިއްހަތެއްގަ އެތައް ދުވަހެއްވީފަހުން މިއަދު މިޖެހުނީ އެޑުމިޓްކޮށްގެން ފަރުވާދޭން
ތިޔަ ދެ މީހުން ދައްކާ ވާހަކަ ހަމަހޭ ހުރި ދިވެއްސަކު ގަބޫލު ނުކުރާނެ. އަދި، ތިޔައީ ބަސްބުނެ ނަސޭހަތް ދެވޭވަރު ބައެއްވެސް ނޫންކަން ތިޔަ ބުނި އެއްޗަކުން ދޭހަވެ ނިމިއްޖެ! ސަބަބަކީ، ތިޔަ ދެ މީހުން ނެތް ތަނެއްގައި ހިނގި، ނޫނީ ހިނހިކަމަށް ބުނާ ކަމެއްގެ ވާހަކަ ތިޔަ ދެ މީހުން 100 ޕަސެންޓް ޔަގީންކަމާއެކު ނުހިނގާކަމެއްކަމަށް ބުނާބުނުން. އެވެސް އެހެން ހިތެއް، ސިކުނޑިއެއް! ކަލޭމެންގެ ލޭހިނގާ ކަލޭމެންގެ ދަރިން ކޮށްފަ ނުކުރާނެ ކަމެއް ނޭގޭއިރު ކިހިނެއްތޯ ދުރު ހިލޭމީހަކު ނޫނީ ދަންނަ މީހަކަށް 100 ޕަސެންޓް ދޭނީ. ތިޔަ ދެ މީހުނަކީވެސް ބާތިލު ދެ މީހުން.
މި ދެމީހުން ބުދަކީ ބާތިލު ކަމަށް ބުނެފިއްޔާ މަގަބޫލުކުރާނީ އޭގެ އިދިކޮޅު. އެހާވެސް ދޮގުހަދާ ބައެއް
މިދަރަޖައަށް ދިޔައިމަ ދެންމީ ފުކެއް ބޮޑުވަރު. ކިހިނެއްތޯ ތިމާގެ އަމިއްލަ ޒާތާ ބެހޭ ގޮތުން ނޫނީ ސަތޭކަ ޕަސެންޓް އިތުބާރާއެކު އެއްޗެއް ބުނެވޭނީ؟ މިދައްކަނީ ޤުރްއާން ނުވަތަ ޙަދީޘްގެ ވާހަކައެއްވެސް ނޫނިއްޔާ.
ފާސިގަކުގެ
ދިފާއުގައި ނިކުތީމަ ވ ވ ވ ހިތާމަވެރިކަމެއްތިކުރެވުނީ
ދެން އިތުރަށް ލިޔާކައްގަސްތެއްނުކުރަން
ފާސިގަކުގެ
ދިފާއުގައި ނިކުތީމަ ވ ވ ވ ހިތާމަވެރިކަމެއްތިކުރެވުނީ
ދެން އިތުރަށް ލިޔާކައްގަސްތެއްނުކުރަން💔💔💔💔💔💔💔💔💔💔💔
ތީކީ މާ އަބުރުވެރި ބައެއްނޫނޭ ، މީހަކުގެ ދިފާއުގައި ނުކުންނާކަށް ، ތީހަމަ ހަސަދާގައި ޤައުމުގެ އަބުރުވިއްކާލާ ، މިނިވަންކަމާއި ދީން ވިއްކާލި ހާއިނުން
އަދިވެސް ބިރުނުގަނެ ބުހުތާން ދޮގު ތިހަދަނީ މާތްﷲ ގެކޯފާއާއި އަރާހަމަކުރާނެ އީރާދަ ކުރެއްވިއްޔާބޯގޯސް ޝޭޚުން
ހިތާމައިގެ ކޮޅެއްވެސް ނެތެވެ.އަނިޔާވެރިން ދިފާޢުކުރުމަށް މިދެބޭފުޅުން ކުރައްވާ މަސައްކަތާއި މެދު ސުވާލު އުފެދެއެވެ.
ބަލަ އަލީ ޒާހިރުގެ ކުރި ޓުއިޓެއްގައި ބުނި ހުކުމް ކުރާ ގޮތް ވަލަން ގުޅީމޭ....މިކަން ދޮގެއް ނުކުރެވޭނެ
"އަލީ ޒާހިރުގެ ދިފާއުގައި ޝެއިހް ޒައިދާއި އިޔާޒް ނުކުމެވަޑައިގެންފި" ދެން މެދެމީހުން ތިބެ ޒާތީވެ އެހެން މީހުނަށް ފުރައްސާރަކޮށް ބުހުތާން ދޮގު އެކި ރާގުރާގަށް ހަދާނެ، މިވެސް ޝޭހުންނޯ
މި ދެމީހުންނަކީ ފައްކާ ދެފުއްކެހެ ރިންނެވެ. މިހާ ރު ދިވެހި މުޖުތަމައު ފިތުނަ ކު ރާ މީހުންގެ ތެ ރޭގައި މިދެމީހުން ހިމެނެއެވެ.
ޝައިޚުން ކޮބާ ނަޒާހަތްތެރިކަން. ކަލޭމެންނަކީ ދީން ވިއްކައިގެން ރައްޔިތުންނަށް ކަންކަން އޮޅުވާލައިގެން ދުނިޔަވީ ފައިދާއަށް އުޅޭ ބައެއްކަން މިހާރު އެނގިއްޖެ. ތަންތަނަށް އަރާ ރައްޔިތުން އިސްލާހުވާން ގޮވާ އިރު ފުރަތަމަ ތިމާމެން އިސްލާހުވެބަލަ. ދީން ވިއްކައިގެން ކައިބޮއި އުޅޭ މުނާފިގުންތަކެއް ތީ. ދިވެހިން ބައިބައިކޮށް ފިތުނަ އުފެއްދުމުގެ އެންމެ ކުރީ ސަފުގައި ތިބީ ކަލޭމެން
ދުނިޔަވީ ފައިދާއަށް މިމީހުން ނުކުރާނެ ކަމެއް ނޯންނާނެ. ބޭރުފުށުން ދީންވެރިން ދެއްކިޔަސް މިތަނުގައި އޮތް ފިތުނަވެރިކަމުގެ އެންމެ ކުރީގައި ތިބީ ދީން ހަތިޔާރަކަށް ނަގައިގެން ދުނިޔަވީ މަންފާއަށް މަސައްކަތްކުރާ މި މުނާފިގު ބައިގަނޑު
ވަގުން ވަގުން ދިފާއު ކުރާނެ
ސޭކު ޒައިދަކީ ޣައިބުގައިވާ ކަންތައްތަކާ އަލީޒާހިރު ކުރާނެ ، ނުކުރާނެ ހުރިހާކަމެއް ދަންނަން ކަލާންގެއެއްތޯ؟ އެއްކައުވަންތަކަމަށް ދައުވާކުރަނީތޯ؟
މީގެންވެސް މިއެނގެނީ މިމީހުން މިއުޅެނީ ދީނުގެ ދިފާއުގަނޫންކަން، މިމީހުންގެ ކަމަކީ ދީނުގެ ނަމުގަ ގައުމު ފަސާދަ ކުރަނީ.
މީ ސޭހުންގެ ނަމުގަ ގައުމު ފިތުނަ ފަސާގަކޮއް ދީންވިއްކަން މަސައްކަތް ކުރާބައެއް އެއްވެސް އިތުބާރެއް ނެތްބައެްް
މީހުންގެ މާތް އުޅުވާ ކުރާ ހެޔޮ ޢަމަލުތަކުގައި އެކުވެގެން
ޝޭޚުން އަޅާފަދަ ހެދުމުގައި މިނިކާވަގުން އުޅެފާނެޔޭ.
100 ނަމްބަރުގެ ދެ ޝައިޠާނުން.
މިއީ މިގައުމުގައި އުޅޭ ލޯރަލް ޢެންޑް ހާރޑީ
ކަންނެލި އޮޑީގެ ބަހެއް ނެއްތޯ
ދީނީ ގޮތުން އިލްމް ވެރިން ހުކުމް ނެރުނީމަ ދެން ތިޔަބައި މީހުން އެކަން ތެދު ކުރާށެވެ. ދޮގުހަދާ މީހުންނާ ނުހަދާ މީހުން ކަނޑަ އެޅުމުގެ ޤާބިލްކަން ވަނީ 2 ދީނީ އިލްމް ވެރިޔަކަށެވެ. އެމީހުން ކަނޑަ އަޅާ އެ ނިންމީ މިބައި މީހުން އެހަދަނީ ދޮގު ކަމަށެވެ. އެހެން ކަމުން އެ މައްސަލާގައި ދެން އިތުރަށް ކޮމެންޓް ކޮށްފި މީހާ ޤާނޫނާ ޚިލާފުވީ އެވެ.
ދިފާއުކުރެވޭނެތަ ވަގުންނާ ރިށްވަތު ދޭމީހުންނާ ރިށްވަތު ކާމީހުންނާ މަގާމުގެ ބޭނުން ނަހަމަގޮތުގަ ހިފާމީހުންގެ ދިފާއުގައޭ ކިއާފަ އެފަދަމީހުން ހިނގާ ޖަރީމާތައް ފޮރުވަން ވާހަކަ ދައްކާ ށޭހުންވެސް މިފަސްގަނޑުގަ ލެއްވީތީ ހިތާމަ ކުރަން ދުއާ އަކީ މިފަދަމީހުންނައް މިދުނިޔެއިންނާ ގިޔާމައްދުވަހުން ވޭންދެނިވި އަޒާދެއްވުން އާމީން