ސިނަމާލެ ބުރިޖުން ދަތުރު ކުރި ސައިކަލެއް، ޓްރެފިކް ލައިޓަށް މަޑުކޮށް ދިޔަ ސައިކަލެއްގައި ޖެހި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ވިދާޅުވީ ބުރިޖުގެ ހުޅުލޭ ޓްރެފިކް ލައިޓް ކައިރީގައި ދެސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް ރޭ 00:45 ކަންހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
މިއެކްސިޑެންޓްގައި ސައިކަލް ދުއްވި ދެމީހުންނަށް އަނިޔާވެފައިވެއެވެ. އަނިޔާވި އެކަކަށް ޓްރީޓޮޕް ހޮސްޕިޓަލަށް އަދި އަނެއް މީހާ ހުޅުމާލެ ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ. އެމީހުންގެ ހާލަތާއި ގުޅޭ އިތުރު ތަފްސީލެއް އަދި ނުލިބެއެވެ.
އެކްސިޑެންޓްވި އެއްސައިކަލް ދުއްވީ 31 އަަހރުގެ މީހެކެވެ. އޭނާ އަކީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ މީހެއް ނޫނެވެ. ދެވަނަ މީހަކީ 24 އަހަރުގެ މީހެކެވެ. އޭނާގެ އަތުގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮވެއެވެ.
އެކްސިޑެންޓް ހިނގާފައި ވަނީ ޓްރެފިކް ލައިޓް ރަތްވެފައި ހުއްޓާ އެތަނުން އެއްސައިކަލް ލައިޓަށް މަޑުނުކޮށް ދިއުމުން ހުޅުމާލެ އިން އެއާޕޯޓަށް ދިޔަ ސައިކަލެއްގައި ޖެހިގެންކަން ފުލުހުން މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
އެކްސިޑެންޓްވި ދެސައިކަލް ވެސް ފުލުހުން މިހާރު ވަނީ ޓޯ ކޮށްފައެވެ.
ފުލުހުން ވިދާޅުވީ މިމައްސަލަ ފުލުހުން އިތުރަށް ތަހްގީގު ކުރަމުން ގެންދާ ކަމަށެވެ.
ކޮންމެ ފަހަރަކުވެސް މިފަދަ އަނިޔާވެރި ކަންތައްތައް ހިނގަނީ ކޮންމެވެސް އެއްފަރާތަކުން ޤަވާޢިދާ ޚިލާފް ވެގެންނެވެ. އާދޭސްކޮށްފައި ބުނަމެވެ. ޤަވާޢިދަށް ޙުރުމަތްތެރިކޮށް ހިތަން އާދަކުރާށެވެ.